ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަތިވެރީގެ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއަށް!

ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އއ. މަތިވެރީގެ ބިން ހިއްކުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ) އަށް ހަވާލު ކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު އެމްޓީސީސީ އަށް ހަވާލުކުރީ 143 މިލިއަން ރުފިޔާ އަށް 1 އަހަރާއި 3 މަސް ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން މަތިވެރީގެ އުތުރު ފަރާތުން ފެށިގެން ހުޅަނގު އުތުރު ސަރަހައްދެއް ހިމެނޭހެން 26.5 ހެކްޓަރުގެ ބިން އިތުރު ވެގެން ދާނެއެވެ.

މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު ސޮއިކުރައްވާފައިވާއިރު އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

މިދިޔަ މާޗު މަހު ޕްލޭނިން މިނިސްޓްރީން ވަނީ މަތިވެރީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއެއް ވެސް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެ މަޝްރޫއު ގެ ދަށުން ރަށުގެ ހުޅަނގު ފަރާތުގައި 54 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓާއި، 63 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންއާއި، ދެކުނު ފަރާތުގައި 70 މީޓަރުގެ 5 ވައިގްރޮއިންއާއި، އިރުމަތީ ފަރާތުގައި 110 މީޓަރުގެ ބޮޑުހިލަ ބޭރުތޮށްޓާއި، އަދި އިރުމަތީފަރާތުން 5 މީޓަރު ފުޅާމިނަށް ގޮނޑުދޮށް ވެލިއެޅުމަށް ހަމަޖެހިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: