ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަސާސީ ހިދުމަތަށް އެދި އާދޭސް ކުރާ ހިސާބަށް ކަންކަން ގެންދަން ނުޖެހޭ: މުއިއްޒު

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަސާސީ ހިދުމަތްތައް ހޯދުމުގައި ރައްޔިތުން އާދޭސް ކުރަން ޖެހޭ ހިސާބަށް ކަންކަން ނުގެންދިއުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 09 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ އިދިކޮޅު ކެންޑިޑޭޓު މުއިއްޒުގެ ކެމްޕެއިނަށް މިވަގުތު ވަޑައިގެން ހުންނެވީ ދ. އަތޮޅުގަ އެވެ. ކުޑަހުވަދޫ ޖަލްސާގައި މުއިއްޒު ވަނީ ރައްޔިތުންނަށް ދިމާވާ ދަތިތަކާއި، އެ ކަންބޮޑުވުންތައް ހައްލު ކުރެވެން އޮތް މަގު ފާހަގަކުރައްވާފަ އެވެ. އެހެން ބައްދަލުވުންތަކާ އެއްގޮތަށް، ވާހަކަފުޅު ފައްޓަވަމުން މިރޭގެ ޖަލްސާގައި ވެސް މުއިއްޒު ވިދާޅުވީ މިއީ ނުހައްގުން ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުން އެމަނިކުފާނު މިނިވަން ކުރުމަށް ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި 2012 ގައި އެންމެ ފުރަތަމަ ހައުސިން މިނިސްޓަރުކަމާއި އޭރު ހަވާލުވުމަށް ފަހު ދާއިރާގެ މެމްބަރު އަހުމަދު އާމިރުގެ ފަރާތުން އައި ޝަކުވާއަކީ ބަނދަރާއި ގުޅުން ހުރި މައްސަލައެއް ކަމަށެވެ. އޭރުން ފެށިގެން އާމިރުއާއި އެކު މަސައްކަތްތައް ކުރެވުނުކަމަށާއި، ދާއިރާއަށް އައުމަށް ފަހު ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު ކަންބޮޑުވުންތަކާއި، އާމިރު ހިއްސާ ކުރައްވާފައި ވަނީ ދާދި އެއް ވާހަކަތަކެއްކަމަށް މުއިއްޒު ވިދާޅުވި އެވެ.

ޕްރޮޖެކްޓުތައް ހިންގާއިރު އެންމެ މުހިންމީ ރައްޔިތުން އެދޭ ގޮތަށް، އަދި ހުށަހަޅާ ގޮތަށް ކުރިޔަށް ގެންދިއުންކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ މިހާރު އެ މަސައްކަތް ކުރިޔަށް ގެންދަނީ ކަންބޮޑުވުންތައް އިތުރުވާ ގޮތަށް ކަމަށެވެ. އެހެންވެ މުއިއްޒު ފާހަގަކުރެއްވީ، ވެރިކަން ލިބިވަޑައިގެންފި ނަމަ ދެން އެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތެވެ. މުއިއްޒު ވިދާޅުވީ އިދިކޮޅުގެ ސަރުކާރެއް އެކުލަވާލެވިއްޖެ ނަމަ، މަސައްކަތް ކުރިޔަށް ގެންދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ހިޔާލު ހޯދައިގެން ކަމަށެވެ.

ތަރައްގީ އާއި ގުޅުން ހުރި މަސައްކަތް ކުރިޔަށް ގެންދާއިރު، އޭގެއިން ނިކުންނަ މަންފާގެ ފައިދާ ރައްޔިތުންނަށް ކުރަން ޖެހޭކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭގެ ތެރޭގައި ފަހި ވަޒީފާގެ ފުރުސަތުތައް ހިމެނެ އެވެ.

ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތްތަކުގެ ތެރޭގައި ބޯހިޔާވަހިކަން ހިމެނޭއިރު، މިކަންކަމަށް ރައްޔިތުން އާދޭސް ކުރަން ޖެހޭ ހިސާބަށް ކަންކަން ނުގެންދިއުމަށް މުއިއްޒު ގޮވާލި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބިން ހިއްކި ނަމަވެސް މުއިއްޒު ވިދާޅުވީ ތަނުގައި ކަރަންޓާއި، ފެން އަދި ނަރުދަމާ ލިބޭނެ ގޮތް ހަދައިދެވިފައި ނެތް ކަމަށެވެ. އެހެންކަމުން ވެރިކަމަށް އާދެވިއްޖެ ނަމަ ގެދޮރު ބިނާ ކުރުމަށް ހިއްކި ބިމުން އެ ހިދުމަތްތައް ލިބޭނެ ގޮތަށް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ކަމެއް ކުރާއިރު ބަލަން ޖެހޭނީ ދެތިން އަހަރަކަށް ނޫން،.. 15 އަހަރަށް 20 ވަރަކަށް އަހަރަށް ވިސްނަން ޖެހޭނެ

ޒުވާނުންނަށް ދެއްވާ މެސެޖެއްގެ ގޮތުގައި މުއިއްޒު ވިދާޅުވީ، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ހުރިހާ ދާއިރާތަކަށް އިސްކަން ދިނުމެވެ. އެއީ ޖުމްލަކޮށް ހުރިހާ ކުޅިވަރެއް ކުޅެވޭ ގޮތަށް ކޮމްޕްލެކްސްއެއް ގާއިމު ކުރުމެވެ. އަދި ވަޒީފާގެ ފުރުސަތައް ލިބޭ ގޮތަށް ފަތުރުވެރިކަން ކުރިއެރުވުން ފާހަގަކުރެއްވި އެވެ.

މީގެއިތުރުން މުއިއްޒު ވިދާޅުވީ ރައްޔިތުންގެ އިހުސާސްތަކާއި، އެ ރައްޔިތުންގެ ކަންބޮޑުވުން އަޑުއެހުމަށް މަސައްކަތް ކުރާތަން މި ސަރުކާރުގެ ކިބައިން ނުފެންނަ ކަމަށެވެ. ސަރުކާރުން ގިނަ ފަހަރަށް ނިންމާ ނިންމުންތާއި އެކު އޭގެ ފަހުން ނިކުންނަނެ ނަތީޖާ ދެނެގަތުމަށް ކުރާ މަސައްކަތެއް ފެންނަން ނެތްކަމަށް މުއިއްޒު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: