ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިބޭ މާބޮޑު ފައިދާއެއް ނެތް؛ މުއިއްޒުގެ ވެރިކަމެއްގައި ބޮޑު ޗުއްޓީ ޑިސެމްބަރަށް

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާސީ އަހަރު ނިމި ބޮޑު ޗުއްޓީގައި އާއިލާތަކަށް އެކުގައި ވަގުތު ހޭދަ ކުރުމަށް އެންމެ ބޮޑަށް ދަތިވަނީ ފަތުރުވެރިކަމުގެ އެންމެ ހައި ސީޒަނަކީ އަހަރު ފަހުކޮޅަށް ވާތީކަމަށް ބުނެ އެކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރީ 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އެމްޑީޕީންނެވެ. އެގޮތުން ދަރިންނާއި އެކު އެ ކުދިންގެ ބައްޕަށް ވަގުތު ހޭދަ ނުކުރެވޭތީ، ބޭރުގެ އެހެން ގައުމުތަކުގައި އޮންނަ އުސޫލާއި އެއްގޮތަށް ދިރާސީ އަހަރު ބަދަލު ކުރުމަށް އެމްޑީޕީން ބާރު އެޅީ އެވެ.

އެއަފަށް 2020 ވަނަ އަހަރު ކުރިމަތިލާން ޖެހުނު ކޮވިޑު-19 ގެ ބަލިމަޑުކަމުގައި ސްކޫލުތަކުގެ ކިޔެވުން ހުއްޓި ދަރިވަރުންގެ އެއް އަހަރު ގެއްލިފައި ވަނިކޮށް އަލުން ސްކޫލުތަކަށް ހާޒިރުވެ ކިޔަވައިދޭން ފެށީ ދިރާސީ އަހަރު އޮގަސްޓު މަހަށް ބަދަލުކޮށްގެން 2021 ގެ އޮގަސްޓު މަހު އެވެ. އެހެންވެ މީގެ ކުރިން ނޮވެމްބަރު/ޑިސެމްބަރުގައި ލިބެމުން އައި ބޮޑު ޗުއްޓީ މިހާރު ކަލަންޑުރުގައި ވާގޮތުން ރިޕޯޓު ކާޑު ދީ ބަންދު ވާނޫ ޖޫން/ޖުލައިގަ އެވެ.

އެކަމަކު މިއީ ރާއްޖެއަށް އެންމެ ވިއްސާރަ ދުވަސްވަރުވުމާއި އެކު، ޗުއްޓީ ހޭދަ ކުރުމަށް ދަތިތަކާއި ދިމާވެ އެވެ. އެކަމަށް ގިނަ ބައެއްގެ ފާޑުކިއުން ވެސް އަމާޒުވި އެވެ. ސްކޫލުގެ ބޮޑު ބަންދަށް ފަހު މިދިޔަ މަހު ދިރާސީ އަހަރު ފަށާފައިވާކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ސްކޫލު ބޮޑު ޗުއްޓީ ހަމަޖައްސާފައި ވަނީ އެންމެ ނުބައި ދުވަސްވަރަށް ކަމަށެވެ. މި ބަދަލުގެ ސަބަބުން، ޗުއްޓީގެ ބޭނުން ޗުއްޓީއެއްގެ ގޮތުގައި ބޭނުން ނުކުރެވޭކަމަށް މުއިއްޒު ވިދާޅުވި އެވެ.

މި ބަދަލުގެ ސަބަބުމ ބޮޑު ބަންދުގެ ބޭނުމެއް ނުހިފޭ.. އާއިލާތަކަށް އޭގެ ބޭނުމެއް ނުހިފޭ…. އޭގެ ސަބަބުން ބަންދުގެ ބޮޑު ބައެއް އެބަ ގެއްލޭ. މިނިވަން ދުވަހުގެ ކުޅިވަރުގައި ބައިވެރިވާ ހުރިހާ ކުދިން މަޑު ކުރަން ޖެހޭ

އަހަރުގެ ބައެއް ގެއްލުވާލައި ދިރާސީ އަހަރު ޖެނުއަރީއަށް ބަދަލު ކުރުމަކީ ފަސޭހަ ކަަމަކަށް ނުވީ ނަމަވެސް މުއިއްޒު ވިދާޅުވި ގޮތުގައި 2025 ގައި އެ ބަދަލު ގެނެވިދާނެ އެވެ. ސަބަބެއްކަމަށް މުއިއްޒު ވިދާޅުވީ، އުސޫލުތައް އެކުލަވާލުމަށް ވަގުތު ބޭނުންވުމާއި އެކު، ދަރިވަރުންގެ ކަރިކިއުލަމް ހުއްޓުމަކަށް ގެނައުމަށް ބޭނުން ނުވުމެވެ. މުއިއްޒު ވިދާޅުވީ 2025 ގެ ޖެނުއަރީން ދިރާސީ އަހަރު ފެށޭ ގޮތަށް ބަދަލު ކުރުމުން ރައްޔިތުންނަށް ފައިދާވާނެ ކަމަށެވެ.

މި އުސޫލު ބަދަލު ކުރަން ޖެހޭ ސަބަބުތައް އިތުރަށް ތަފްސީލުކޮށް މުއިއްޒު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ހައްގުގައި ގެނައި ބަދަލެއްގެ ސަބަބުން ވެސް ލިބޭ ވަކި ހާއްސަ ފައިދާއެއް ނެތުމެވެ. އެހެންކަމުން މިއީ ސީދާ ރައްޔިތުން ބޭނުންވެގެން ގެނައި ބަދަލެއް ތޯ މުއިއްޒު ސުވާލު އުފެއްދި އެވެ. ހައްލު ގެނެވޭނީ މަޝްވަރާއި އެކު ކަމަށް ވާތީ ވާހަކަ ދައްކައިގެން ދެން ކުރިޔަށް ދެވެން އޮތް ގޮތަކީ ކޮބައިތޯ ބައްލަވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ދިރާސީ އަހަރު ބަދަލުވުމަށް ފަހު މިދިޔަ ދެ އަހަރެއްގެ ތެރޭގައި އެ އުސޫލަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި އެވެ. މިއީ ޖޫން/ޖުލައިގެ ގަދަ ވިއްސާރައިގެ ދުވަސްވަރުކަން މީޑީއާތަކުން ވެސް އޭރު ރިޕޯޓު ކުރި އެވެ. އެކަމަކު ސަރުކާރުން ބުނެފައި ވަނީ، ދިރާސާތައް ހަދާފައިވާނެކަމަށާއި، އެ ދުވަސްވަރު ވިއްސާރައިގެ އަސަރު މާބޮޑަށް ނުކުރާނެ ކަމަށެވެ. އެކަމަކު 2022، 2023 ގެ ވެސް ގަދަ ވިއްސާރަ އެ ދުވަސްވަރާއި ދިމާވެ، ބޮޑު ޗުއްޓީ ބަދަލު ކުރުމަށް ގިނަ ބަޔަކު ގޮވާލި އެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 60%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: