ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމަށް އައީ ގޭންގުތަކުގެ އެހީގައި ނޫންކަމަށް ވިދާޅުވެ، ގޭންގު ކުށުގައި ބައިވެރިވުމުގެ ނުރައްކާ އޮތް ފަރާތްތައް ހޯދުމަށް ވައުދު!

ރައީސް ސާލިހު ގއ މާމެންދޫގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއިން މިއަހަރުގެ ރިޔާސީ އިންތިހާބަށް ހުށައަޅާ މެނިފެސްޓޯގެ ތިން ވަނަ ބައި ”އަމާން މުޖުތަމައު“ ގެ ދަށުން ގޭންގު ކުށުގައި ބައިވެރިވުމުގެ ނުރައްކާ އޮތް ފަރާތްތައް ދެނެގަތުމަށް އެމްޑީޕީއިން ވައުދުވެއްޖެއެވެ.

”އަމާން މުޖުތަމައު“ އެއް ގާއިމްކުރުމަށް އެމްޑީޕީއިން ވަނީ ކުށުން އެކަހެރިވެފައިވާ ރައްޔިތުން ދިރިއުޅޭ މުޖުތަމައުއަކަށް ރާއްޖެ ހެދުމަށް ގިނަ ވައުދުތަކެއް ވެފައެވެ.

އެގޮތުން:

  • ގުޅުން ހުރި އިދާރާތައް އެކުލެވޭހެން އިންޓަރ-އޭޖެންސީ ކޯޑިނޭޝަން ނިޒާމު ހަރުދަނާކުރުމަށް ކްރައިމް ޕްރިވެންޝަން ކައުންސިލެއް އެކުލަވާލާ، ކުށުގެ ވެށިން ދުރުކުރުމަށާއި، ކުށުގެ ވެއްޓަށް ފާރަވެރިވުމަށް ހަރަކާތްތެރިވާ އިދާރާތަކުގެ މެދުގައި ގުޅުން ވަރުގަދަކޮށް، ޕްރޮގްރާމްތައް ސްޓްރީމްލައިންކޮށް، ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ކުށް މަދުކުރުން.
  • އިޖްތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) އަށް ބޭނުންވާނެ ވަސީލަތްތައް ފުރިހަމަކޮށް، އިބަމަ މެދުވެރިކޮށް މުޖުތަމައުގައި ދިރިއުޅޭ އެންމެންގެ ހާލަތު ދެނެގަނެ، އޭގެ މައްޗަށް އިދާރާތައް ގުޅިގެން ވިޔަނުދިނުމާ (ޕްރިވެންޓިވް) އަދި އިޖާބަދިނުމުގެ (ރެސްޕޮންސް) ގެ މަސައްކަތްތައް ފުޅާކުރުމާއި، އިބަމައާއި އަވައްޓެރި ފުލުހުންގެ ޚިދުމަތްފަދަ އިންތިޒާމުތައް ގުޅުވާލާ، އިޖްތިމާއީ ފެންވަރުގައި މައްސަލަތަކަށް ހައްލުހޯދޭނެ އެކްޝަން ޕްލޭނެއް އެކުލަވާލާ ތަންފީޒުކުރުން.
  • ސްކޫލް ދައުރުން ފެށިގެން ކުށުގެ ވެއްޓާއި ދުރުކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން.
  • ޔޫތް ވަޔަލަންސް، ފައިނޭންޝަލް ކްރައިމްސް، އިންޓަރނެޓް-ބޭސްޑް ކްރައިމްސް، ސްކޭމް ކޯލްސް ފަދަ އިމަރޖިންގް ކްރައިމްސްއަށް ހައްލު ހޯދުމުގައި ހުރިހާ އިދާރާއަކުންވެސް ގުޅިގެން އަމަލުކުރާނެ ސިޔާސަތުތައް ތަންފީޒުކުރުން.
  • ކުށް މަދުކުރުމަށްޓަކައި ކުށަށް ހުށަހެޅޭ ސަބަބުތައް ދެނެގަނެ، އެ ސަބަބުތައް މެދުވެރިވާ މައްސަލައަށް އިދާރާތައް ގުޅިގެން އާއިލީ ވިސްނުމަކުން ވިސްނާ ކޭސްވޯކް ކުރެވޭނެގޮތަށް މަލްޓިސްޓޭކްހޯލްޑަރ ޑިޖިޓައިޒްޑް ނިޒާމެއް ގާއިމުކުރުން.
  • ރާއްޖޭގެ މިއަދުގެ ހާލަތާއި ގުޅޭގޮތަށް ގާނޫނީ އަދި ތަންފީޒީ އޮނިގަނޑު މުރާޖައާކުރާނެ. މީގެ ތެރޭގައި ޑްރަގް ޓްރެފިކިންގް މައްސަލަތަކަށް ހައްލު ހޯދުމަށް ހާއްސަ އިސްކަމެއްދިނުން.
  • ކުށުގެ ވެއްޓަށް ހުށަހެޅިދާނެ ނުވަތަ ހުށަހެޅޭ ފަރާތްތަކާމެދު، ހާއްސަކޮށް 16 އަހަރުން ދަށުގެ ކުދިންނަށް އަދި ޒުވާނުންނަށް އެހީތެރިވުމަށް ޗައިލްޑް-ޕްރޮޓެކްޝަން އަދި ފެމިލީ-ސެންޓަރޑް އެޕްރޯޗް ބޭނުންކުރުން.
  • ޓާގެޓެޑް އިންޓަވެންޝަން އެންޑް ސަޕޯޓް މެކޭނިޒަމްގެ ތެރެއިން ގޭންގު ކުށުގައި ބައިވެރިވުމުގެ ނުރައްކާ އޮތް ފަރާތްތައް ދެނެގަނެ، ކައުންސެލިންގ، މެންޓަރިންގ އަދި ވޮކޭޝަނަލް ޓްރެއިނިންގ ފަދަ އިންޓަވެންޝަން ޕްރޮގްރާމްތައް ހިންގުން.

ކުށުގެ ވެށިން ދުރުކުރުމަށް ސަރުކާރުގެ އިދާރާތަކުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކޮށް މެނިފެސްޓޯގައި ވާ ގޮތުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެކި އިދާރާތަކުން ގުޅިގެން ހިންގުނު ޕްރޮގްރާމްތަކުން ކުށް މަދުކުރުމާއި ގުޅޭ މައުލޫމާތު 10545 ދަރިވަރަކަށާއި، 12390 ބެލެނިވެރިޔަކަށް، 1264 ޓީޗަރަކަށް، 689 ޒުވާނުންނަށް، އަދި އެހެނިހެން ފަރާތްތަކުގެ ތެރެއިން 10698 ފަރާތަކަށްވަނީ ފޯރުކޮށްދީފައިވެއެވެ. އަދި ކުށުގެ ވެށިން ދުރުކުރުމަށްކުރެވޭ މަސައްކަތަށް އެއްބާރުލުންދޭ ކޮމިއުނިޓީ ސޯޝަލް ގްރޫޕްއަކީ އިބަމަކަން ފާހަގަކޮފައިވެއެވެ. ރާއްޖޭގެ 113 ރަށެއްގައި މިހާރުވަނީ އިބަމަ ގާއިމުކޮށްފައިވާކަންވެސް މި މެނިފެސްޓޯގައި ފާހަގަކޮށްފައިވެއެވެ.

މެނިފެސްޓޯގެ މި ބައި އިފްތިތާހުކުރުމަށް އެމްޑީޕީއިން އއ އުކުޅަހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ ވެރިކަމުގެ މި ދައުރު އަމާންކަމާއެކު ނިމުމަކަށް އައި< ސިޔާސީ ލީޑަރުންނާ ޑީލު ހަދައި ގޭންގުތަކުގެ އެހީ ވެރިކަމަށް އައުމަށް، ނުހޯދުމުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: