ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒު ގޮވާލީ ވޯޓަށް ފޯރުވާ ނުފޫޒަށް ބެލުމެއް ނެތި ގައުމު އިސްކުރުމަށް!

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވޯޓަށް ފޯރުވާ ނުފޫޒެއްގައި ނުޖެހި، އެންމެން ގުޅިގެން ގައުމާއި އެ ރައްޔިތުންގެ މުސްތަގުބަލު އިސް ކުރުމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

އަންނަ މަހުގެ 09 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ބާކީ ތިން ހަފްތާއެއްހާ ދުވަސް އޮތް އިރު، އިދިކޮޅުން އަބަދުވެސް ކުރަމުން އައި ޝަކުވާއަކީ ހަމަހަމަކަމާއި އެކު ކެމްޕެއިނަށް ޖާގަ ނެތުމެވެ. މީގެ ކުރިން ބޭއްވި ބައި-އިލެކްޝަންތަކުގައި ވެސް ސަރުކާރުން ނުފޫޒު ބޭނުންކޮށް ދައުލަތުގެ ވަސީލަތްތައް ކްމެޕެއިނަށް ބޭނުން ކުރަމުންދާކަމުގެ ޝަކުވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހެޅި އެވެ.

ވަޒީފާގެ ބިރު ދެއްކުމާއި، ވަޒީފާތައް އުފެއްދުން އަދި ކުންފުނިތަކަށް ޕްރޮޖެކްޓުތުތައް ދޫކޮށް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވިނަމަވެސް އިދިކޮޅުން ބުނީ މިފަހަރުގެ އިންތިހާބަށް އެފަދަ ފުރުސަތެއް ނުދޭނެ ކަމަށެވެ. ރިޔާސީ ކެމްޕެއިނަށް މިވަގުތު ދ. އަތޮޅުގައި ހުންނެވި މުއިއްޒު ހުޅުދެލި ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކައިގައި ވިދާޅުވީ ވޯޓާއި ގާތްވާ ވަރަަކަށް ނުފޫޒު އަންނަ މިންވަރު ގިނަ ވާނެ ކަމަށެވެ. އަދި އެ ނުފޫޒަކީ އެއީ އެކި ސިފަސިފައިގައި އަންނަ ނުފޫޒުތައްކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ ރައްޔިތުން އިސްކުރަން ވީ ނުގުޑާފަދަ އަޒުމެއް ކަމަށެވެ.

ރައްޔިތުން ގައުމު އިސްކުރުމަށް ގޮވާލައި މުއިއްޒު ވިދާޅުވީ، ގައުމުގެ މުސްތަގުބަލު އުޖާލާ ކުރެވޭނީ ހުރިހާ ރައްޔިތުން ކުރާ މަސައްކަތުން ކަމަށެވެ. އެކަމަކު ވަގުތު ފާއިތުވާފަހުން ދެން ކަންކަން ހައްލު ނުކުރެވޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ. އެހެންވެ މުއިއްޒު އެދިވަޑައިގަތީ ތަރައްގީގެ އައު މިސްރާބަކަށް އޭނާއަށް ވޯޓު ދެެއްވުމަށެވެ. އެއީ މީގެ ކުރިން ވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އެކަން ސާބިތުކޮށްދީފައިވުންކަމަށާއި، ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނެ ހަމައެކަނި ބަޔަކީ ޕީޕީއެމް/ޕީއެންސީކަމަށް އޭނާ ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ މައްސަލަތަކާއި، ސިއްހީ މައްސަލަތައް ހައްލު ކުރުމުގެ ވާހަކަ ވެސް މުއިއްޒު މި ޖަލްސާގައި ފާހަގަކުރެއްވި އެވެ. އަދި ރަށުގެ ރައްޔިތުންނަށް ދިމާވާ އިޖްތިމާއީ މައްސަލަތައް ހައްލު ކުރައްވާނެކަމަށް ވައުދުވެވަޑައިގަތެވެ.،

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: