ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަލަންވީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކު މަޝްރޫއުތައް ކުރިޔަށް ގެންދެވޭނެ ބައެއް: މުއިއްޒު

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޝްރޫއުތައް ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކު ހިންގައި، ނަތީޖާ ނެރެވޭނީ ކޮން ބަޔަކަށްކަން ރައްޔިތުން ވިސްނެވުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.

2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ދ. މީދޫއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ، އިދިކޮޅުގެ ސިޔާސީ މަސައްކަތްތައް ބިނާވެފައި ވަނީ ރައީސް ޔާމީންގެ ހައްގުގައި ކަމަށެވެ. މިއީ އެމަނިކުފާނަށް ސަރުކާރުން ދެމުން ގެންދާ ނުހައްގު އަނިޔާ ހުއްޓުވުމަކަށް ގެނަައުމަށް ކުރާ މަސައްކަތެއްކަމަށް މުއިއްޒު ވިދާޅުވި އެވެ.

މީދޫގެ ހާލަތަށް އިޝާރާތްކޮށް ބައްދަލުވުން ފައްޓަވަމުން މުއިއްޒު ވިދާޅުވީ، ރަށެއްގެ ތަރައްގީ ބިނާވާން ޖެހެނީ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ. މަޝްރޫއުތައް ކުރިޔަށް ގެންދާއިރު، ރައްޔިތުންގެ އަޑުއަހައި ހިޔާލު ހޯދަން ޖެހެނީ އެ ސަބަބާއި ހުރެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރަށުގެ ރައްޔިތުންގެ ގިނަ ޝަކުވާތައް ލިބިފައިވާކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ، މަސްވެރިކަމަށް ރަނގަޅު ރަށެއްގައި ރަނގަޅު އައިސްޕްލާންޓެއް ނެތުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އެހެންވެ ވެެރިކަމަށް އައުމުގެ ފުރުސަތު ރައްޔިތުން ދެއްވައިފި ނަމަ، އެ ސިޔާސަތު ތަންފީޒު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މީދޫގެ މަގުތަކުގެ ހާލަތު ގޯސްވެފައިވާ މިންވަރަކީ ސަރުކާރުން ރަށަށް އެއްވެސް އަޅާލުމެއް ނުދޭކަމުގެ ހެއްކެއްކަމަށެވެ. އަދި ބޭސްފަރުވާ ކުރުމަށް އެހެން ރަށްތަކަށް ފުރައިގެން ދާން ޖެހުން އެއީ ހައްލެއް ނޫންކަމަށް ވިދާޅުވި އެވެ. މި ހުރިހާ މައްސަލައެއް މިއީ ހައްލު ކުރަން ޖެހޭ މައްސަަލަތައްކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ އެބޭފުޅުން ޕްލޭންތައް އެކުލަވާލަނީ ނަތީޖާ ނެރުމުގެ އަޒުމާއި އެކު ދިރާސާތަކުގެ ދަށުން ކަމަށެވެ.

ޒުވާނުންނަށް އޮތް ފަހި ފުރުސަތުތައް ފާހަގަކޮށް، މުއިއްޒު ވިދާޅުވީ އިދިކޮޅުގެ މެނިފެސްޓޯގައި ޒުވާނުންނަށް ހާއްސަ ދާއިރާތައް ހިމެނޭ ކަމަށެވެ. އެގޮތުން ކުޅިވަރުގެ ދާއިރާއަށް ބަލާއިރު، ހުރިހާ ކުޅިވަރެއް ވެސް ކުޅެވޭ ގޮތަށް ކޮމްޕްލެކްސްއެއް ގާއިމު ކުރުމަށް ވައުދުވެވަޑައިގަތެވެ.

މުއިއްޒު ވިދާޅުވީ ބޯހިޔަވާހިކަމަކީ ކޮންމެ ރައްޔިތެއް ވެސް އަސާސީ ހައްގެއް ކަމަށެވެ. އަދި ގެދޮރު ބިނާ ކުރަން ޖެހޭނީ އެއްވެސް ތަފާތު ކުރުމެއް ނެތި، ހަމަހަމަ އުސޫލުންކަމަށް ވިދާޅުވި އެވެ. ހައުސިން މަޝްރޫއުތައް ހިންގުމަށްޓަކައި، މުއިއްޒު ވިދާޅުވީ ފަސް އިންސައްތައަށް ވުރެ ބޮޑު ނޫން ލޯނުތައް ދޫކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔަވާހިކަން ވީހާވެސް ފުރިހަމަ ގޮތެއްގައި ހަމަޖެހިގެންދާނެ ކަމަށެވެ.

މަޝްރޫއުތައް ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކު ހިންގައި، ނަތީޖާ ނެރެވޭނީ ކޮން ބަޔަކަށްކަން ރައްޔިތުން ދެނެގަތުމަށް މުއިއްޒު އިލްތިމާސް ކުރެއްވި އެވެ. ރާއްޖޭގެ އިގްތިސާދާއި، މިނިވަންކަމާއި މި ހުރިހާކަމަކާއި މެދު ރައްޔިތުން ފުންކޮށް ވިސްނައި ބައެއްގެ އަތް މައްޗަށް ބޭނުންހާ ގޮތަކަށް ގައުމު ހިންގަން ދޫކޮށް ނުލުމަށް މުއިއްޒު ގޮވާލެއްވި އެވެ.

މުއިއްޒު ވިދާޅުވީ އުންމީދަކީ، ގައުމާއި މެދު ވިސްނާ، ގައުމުގެ މާދަމާގެ ދަރިންނާއި މެދު ރައްޔިތުން ސެޕްޓެމްބަރު 09 ގައި ވިސްނުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: