ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އެމަނިކުފާނުގެ ކެމްޕެއިން ދަތުރު ކުރުކޮށްލައްވާފައި މާލެ ވަޑައިގެންފިއެވެ.
2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅު ކުރުކޮށްލައްވައި މާލެ ވަޑައިގެންނެވީ އެމަނިކުފާނު އާލަސްކަންފުޅައިގެން އުޅުއްވުމުގެ ސަބަބުންނެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް ދެވަނަ ބުރަކަށް ވާދަ ކުރައްވަން ވަނީ ނިންމަވާފައެވެ.
ރައީސް ވަނީ 11 އަތޮޅަކަށް ވަނީ ވަޑައިގެންފައެވެ. ރައީސް ވަނީ އއ. އަދި އދ. އަތޮޅަށް ދަތުރު ފައްޓަވާފައެވެ. އިއްޔެ ރައީސް އއ. ގެ ހަތް ރަށަކަށް ދަތުރު ވަޑައިގަންނަވާފައި ވާއިރު މިއަދުގެ އދ. ގެ އަށް ރަށަކަށް ދަތުރު ކުރުމަށަ ތާވަލުކޮށްފައިވެއެވެ.
މިއަދު ދަތުރު ކުރުމަށް ތާވަލު ކޮށްފައިވާ ރަށް ތަކުގެ ތެރޭގައި ހިމަންދޫއާއި، ހަންޏާމީދޫއާއި، ދިއްދޫއާއި، ދަނގެއްޗާއި، ދިގުރަށާއި، ކުނބުރުދޫއާއި، އޮމަދޫ އަދި މަހިބަދު ހިމެނެއެވެ.
ރައީސްގެ ދަތުރުފުޅުގައި އިއްޔެ ތޮއްޑޫއާއި، ރަސްދޫއާއި، ބޮޑުފުޅަދޫ އަދި މަތިވެރިއަށް ވަޑައިގެންއިރު އެރަށްތަކުން ހޫނު މަރުހަބާއެއް ރައީސްއަށް ވިދާޅުވެފައިއެވެވެ.

