ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިއްދޫ ސިޓީއަކަށް ހަދައިދިނުން: އިލްޔާސްގެ ވައުދު

"ޑިމޮކްރެޓްސް" އިން އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. ދިއްދޫ ސިޓީ އަކަށް ބަދަލު ކޮށްދޭނެ ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވައުދުވެވަޑައިގެންފިއެވެ.

2023 ގެ ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިން ދަތުރުގައި ހއ. ދިއްދޫއަށް ވަޑައިގެން އިލްޔާސް ވިދާޅުވީ ބޮޑު އާބާދީއެއް އޮތް ރަށެއް ކަމަށާއި ދިއްދޫގެ ބިމުގެ ޖާގަ އިތުރުކޮށް، މީހުން އިތުރުކޮށް ”އެޓްރެކްޓް“ ކުރުމަށް އާބަން ސެންޓަރެއް އަޅައި ދެއްވާނެ ކަމަށް އިލްޔާސް ވައުދުވެ ވަޑައިގެންފައި ވެއެވެ. އޭނާ ވިދާޅުވީ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ދިއްދޫ ސިޓީ އަކަށް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެކަމަށެވެ.

އިލްޔާސް ވިދާޅުވީ މި މަަސައްކަތް ކުރިއަށް ގެންދިއުމުގައި ގިނަ ގޮންޖެހުންތައް ދިމާވާނެ ކަމަށެވެ. ނަމަވެސް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކުން އަރައިގަނެ މަންޒިލަށް ވާސިލުވާނެ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

މީގެ އިތުރުން މާލޭގައި ދިރިއުޅޭ މީހުން އެހެން ރަށް ރަށަށް ބަދަލު ކުރުމަކީ އެނާގެ ސިޔާސަތެއް ކަމަށް ވިދާޅުވިއެވެ. ބޮޑުތިލަދުންމަތީގައި އާބަން ސެންޓަރުތަކެއް ހެދުމަށް ކުރަންޖެހޭ މަސައްކަތްތަށް ފަށައިފާ ވާކަމަށާއި ދިއްދޫގައި ވެސް މި މަސައްކަތުގެ ޕްރޮގްރާމުތައް ހިންގާނެކަމަށް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ ދިއްދޫގައި ވަޒީފާތައް އިތުރުކުރުމަށްތަކައި ގެންނަން ޖެހޭ ބަދަލުތައް ގެނެސްދެއްވާނެ ކަމަށެވެ. އަދި އެނާ ވިދާޅުވީ މާލޭގެ މިނިސްޓްރީ ތަކުގައި ހުރި ވަޒީފާތައް އެ ސަރަހައްދަށް ވަދަލުވާން ޖެހޭ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް ދިއްދޫއާއި އެހެން ރަށް ރަށުގެ އާމްދަނީ އެރަށް ތަކަށް ލިބޭނެ ގޮތް ހައްދަވާދެއްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: