ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

18 އަހަރުވުމުން ކޮންމެ ފަރާތަކަށްވެސް ބޯހިޔާވަހިކަން ލިބޭނެ: އެމްއެންޕީގެ ނައިބުރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެންޕީގެ ސަރުކާރެއްގައި 18 އަހަރުވުމުން ކޮންމެ ފަރާތަކަށްވެސް ބޯހިޔާވަހިކަން ލިބޭނެ ކަމަށް އެމްއެންޕީގެ ނައިބުރައިސް ހުސެއިން އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ހަބަރަށް ފަހު ޕްރޮގްރާމުގައި އޭނާ ވިދާޅުވީ ފޯމު ފުރައިގެން ބޯހިޔާވަހިކަން ހޯދަން ޖެހުން އެމްއެންޕީގެ ސަރުކާރެއްގައި ނިމުމަކަށް އަންނާނެ ކަމަށެވެ. ހުސެއިން ވިދާޅުވީ ކޮންމެ ކުއްޖަކަށްވެސް 18 އަހަރު ފުރުމާއެކު ދަފްތަރުގައި ޖެހޭނެ ކަމަށާއި އޭގައިވާ ތަރުތީބުން އެކުދިން ނަށް ބޯހިޔާވަހިކަން ލިބޭނެ ކަމަށެވެ.

ބޯހިޔާވަހިކަން ނުވަތަ ގެދޮރު ހުރެ ގިނަ ބަޔަކު އެތަންތަން ނުހެދިފައި ތިބިކަމަށް ހުސެއިން ވިދާޅުވިއެވެ. އެނާ ވިދާޅުވީ ގިނަ ރައްޔިތުންގެ މާލީ ހާލަތު އެކަމަށް ތަން ނުދޭތީ ގެދޮރު ނުހެދިފައި ތިބިކަމަށެވެ. ނަމަވެސް އެކަން ނިމުމަކަށް ގެނައުމަށްޓަކައި އެމްއެންޕީގެ ވެރިކަމެއްގައި ގޭގެ ރަޖިސްޓްރި ހިފައިގެން ބޭންކަށް ދިޔުމުން ސަރުކާރުން ބޭންކަށް ދޭންޖެހޭ 30 ޕަސެންޓުގެ ގެރެންޓީ ދައްކައިދެއްވާނެކަމަށް ހުސެއިން ވިދާޅުވިއެވެ. ރައްޔިތުންނަށް ފަސޭހަ ގޮތެއްގައި ލޯނު ބޭންކުން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުސެއިން ވިދާޅުވީ ބިން ދިނުމުން ގެސްޓު ހައުސް ނޭޅޭކަމަށެވެ. އޭގެ އެއްސަބަބެއް ކަމަށް ވިދާޅުވީ ރާއްޖޭގެ މަލީ ހާލަތު އޮންނަގޮތުން ލޯނުގެ އިންޓްރެސްޓް ރޭޓު މަތިންވުންކަމުގައެވެ. އެހެން ކަމުން އެމްއެންޕީގެ ވެރިކަމެއްގައި ގެސްޓް ހައުސް ޒުވާނުންނަށް ހިލޭ އަޅާދެއްވާނެ ކަމަށް ވިދާޅުވިއެވެ. ހުސެއިން ވިދާޅުވީ ޒުވާނުންނަކީ ހަމައެކަނި ކުޅިވަރު ކުޅޭ ބައެއްގޮތުގައި ބެހެއްޓުމުގެ ބަދަލުގައި އެމީހުންނަށް ”އިނޮވޭޓިވް“ ގޮތް ތަކެއް ހޯދައިދޭން ޖެހޭ ކަމަށެވެ.

ހެލްތު އިންޑަސްޓްރީގެ ވާހަކަ ދައްކަވަމުން ވިދާޅުވީ ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ޑޮކްޓަރަށް ދެއްކުން ފަދަ ކަންކަން ފަސޭހަކަމާއިއެކު ވި ނަމަވެސް އާންމު ރައްޔިތުންނަށް އެކަން އެގޮތަށް ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ މިކަން ނިމުމަކަށް ގެންނަށް ޖެހޭ ކަމަށާއި އެންމެންގެ މެދުގައިވެސް ހަމަހަމަކަން ގާއިމް ވެފައި އޮންނަށް ޖެހޭނެ ކަމަށެވެ. އެހެންކަމުން އެމްއެންޕީގެ ވެރިކަމެއްގައި އިންޝުއަރެންސް ކާޑެއް ތައާރަފު ކުރާނެ ކަމަށެވެ. އެމީހެއްގެ ސިއްހީ ހާލު ދެނެގަނެ އެ ކާޑުގެ ޕެކޭޖުތަށް އެހާލަތާކާ ގުޅޭ ގޮތުން ބޮޑު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން އެނާ ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއަށް ގެނެސްދޭނެ ބަދަލަކީ ލޭނުގެ މަސްވެރިކަމާއި މިޔަރުގެ މަސްވެރިކަން ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުން ކަމުގައެވެ. އަދި ބޭރުގެ މޮޅެތި ގޮތްތަށް ހޯދައި އެ ކަންކަން ރާއްޖޭގެ މަސްވެރިކަމަށްވެސް ގެނެސްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: