ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރިހާ ރަށެއްގެ ސްކޫލުތަކުގައި އެއްދަންފަޅިޔަށް ބަދަލުކުރާނަން: ގާސިމް

ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުރިހާ ރަށެއްގެ ސްކޫލުތަކުގައި އެއްދަންފަޅިޔަށް ކިޔަވާދެވޭނެ ގޮޮތަށް ހަމަޖައްސައިދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހދ. ނޮޅިވަރަމްގައި ބޭއްވި ބައްދަލުވުމުގައި ގާސިމް ވިދާޅުވީ ކަންކަން ކުރެވޭނީ ގައުމަށް ލިބޭ ވަސީލަތް ތަކުގެ ތެރެއިން ކަމަށެވެ. ގާސިމް ވިދާޅުވީ ސަރުކާރުގެ ދަރަނި ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާކަމަށެވެ.

ގާސިމްގެ ވައުދުތަކުގެ ތެރޭގައި ހުރިހާ ރަށެއްގެ ސްކޫލުތަކުގައި އެއްދަންފަޅިޔަށް ކިޔަވާދެވޭނެ ގޮޮތަށް ހަމަޖައްސައިދެއްވާނެ ކަމަށެވެ. އަދި ނޮޅިވަރަމްގެ ބަނދަރު އަޕްގްރޭޑް ކުރުމާއި މަގުތަކުގައި ތާރު އަޅައިދެއްވާނެ ކަމަށް ވެސް ގާސިމް ވައުދު ވެފައިވެއެވެ. މީގެ އިތުރުން އެރަށުގެ ހުޅަނގު ފަރާތުން ފާލަމެއް އަޅައި އެރަށް ޒަމާނީ ފެންވަރުގެ ތަނަކަށް ހަދައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ދައުލަތަށް ފައިސާ ލިބެ ވަރަކަށް ދަރަނިތަށް ދައްކާނެ ކަމަށާއި އަދި ރަށްރަށަަށް އަންނަން ޖެހޭ ތަރައްގީ އަށް އެއްވެސް މަޑުޖެހުމެއް މިކަމުގެ ސަބަބުުން ނާންނާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ގާސިމް ވިދާޅުވީ މިފަހަރުގެ ރިޔާސި އިންތިހާބަށް ހުންނެވީ ކުރިމަލާން ގަސްދުކޮށްގެން ނޫން ކަމަށެވެ. ނަމަވެސް ޖޭޕީގެ ކޮންގްރެސްގައި ބައިވެރިވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ޖޭޕީއިން އިންތިހާބަށް މެންބަރަކު ނެރުމަށް ފާސްވުމުން އޭނާ ކުރިމަތިލެއްވީ ކަމަށް ވިދާޅުވިއެވެ. ދެން ފަހަތަށް ޖެހި ވަޑައިނުގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: