ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެގޮތެއް ނުވެ ޕީޕީއެމާއި އެކު އޮތް، މުލަކުން މުއިއްޒަށް ހޫނު މަރުހަބާއެއް!

އިދިކޮޅު ކެންޑިޑޭޓު މުއިއްޒަށް މުލަކުން ހޫނު މަރުހަބާއެއް/ ފޮޓޯ: މުއިއްޒު ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބަށް ބާކީ ވިހި ދުވަހަށްވެފައިވާއިރު، ކެންޑިޑޭޓުން ދަނީ ބާރު ސްޕީޑެއްގައި އަތޮޅުތަކަށް ދަތުރުކޮށް ކެމްޕެއިނު ކުރަމުންނެވެ. އިލެކްޝަންސް ކޮމިޝަނަށް އިންތިހާބުގައި ވާދަކުރުމުގެ ފޯމު ހުށަހެޅުން ކުޑަތަންވެފައި ވަނިކޮށް ޓިކެޓު ކަށަވަރު ކުރެއްވި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު، ޑރ، މުހައްމަދު މުއިއްޒާއި ޓީމުތަކަށް ދަނީ ހަރަކާތައް ހިންގަމުންނެވެ.

ރާއްޖޭގެ އެންމެ އުތުރު ހއ، ހދ އިން ފެށި ދަތުރުތައް ނިންމާލީ ވަރަށް ވެސް ބޮޑެތި އުންމީދުތަކާއި އެކު އެވެ. ދާއިރާގެ ރަށްތަކަށް ގިނަ ވައުދުތައްވުމާއި އެކު ޖުމްލަ ގޮތެއްގައި ރާއްޖޭގެ ހާލަތު ބަދަލު ކުރުމުގެ ޕްލޭން ހާމަ ކުރެއްވި އެވެ. މީގެއިން ކޮންމެ ރަށެއްގެ ބަނދަރު މަތިން މުއިއްޒަށް ކިޔާފައި ވަނީ ހޫނު މަރުހަބާއެކެވެ.

މިއަދު މުއިއްޒު މ އަތޮޅު މުލަކަށް ވަޑައިގަތުމުން އެންމެން އެއް އަޑަކުން ގޮވަމުން ދިޔައީ މި އިންތިހާބު ނަގާނީ އެއްބުރުން ކަމަށެވެ. ޕީޕީއެމަށް ބޮޑު ތާއީދެއް އޮތް، އަދި ރައީސް އަބްދުﷲ ޔާމީނަށް ލޯބި ކުރާ މި އަތޮޅާއި ރަށުން ކިޔާފައިވާ ހޫނު މަރުހަބާގައި އެއް އަޑަކުން ގޮވަމުން ދިޔައީ މިފަހަރު މުއިއްޒު ހޮވުމަށެވެ.

އެތައް ސަތޭކަ ބަޔަކު ނިކުމެ މުއިއްޒަށް މަރުހަބާ ކިއުމަށް ޖެޓީން ފެށިގެން ގޮިސް ބޮޑު މަގުގެ ބޮޑު ހިސާބެއް ފުރާލާފައި އޮތީ ފިޔާތޮށި ކުލައިންނެވެ. މުއިއްޒަށް މަރުހަބާ ކިއުމަށް، ރަށުގެ ހަރު މީހުންނާއި، ޒުވާނުން އަދި އުމުރުން ދުވަސްވީ މީހުން ތިއްބެވެ.

ކެމްޕެއިން ދަތުރުގައި އެންމެ ހޫނު މަރުހަބާއެއް ކީ ރަށަކީ ވެސް މިއީ އެވެ. މުއިއްޒާއި އެކު ހުރިހާ އެންމެން ވެސް ހިނގައިގަތީ ވަރަށް ފޯރިއާއި އެކު އެވެ.

އިދިކޮޅު ލީޑަރު ރައީސް ޔާމީން މެމްބަރުކަން ވެސް ކުރެއްވި މުލަކަކީ އެމަނިކުފާނަށް ވަރަށް ބޮޑު ތާއީދެއް އޮތް ރަށެކެވެ.

މިއަދުގެ ބައްދަލުވުމުގައި އިދިކޮޅު ލީޑަރުން ވެސް ބުނީ، ދެގޮތަށް ނުވެ އަބަދުވެސް ކުރިޔަށް އައި އެއް އަތޮޅަކީ މ އަތޮޅު ކަމަށެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: