ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެން އުވާލަން ގޮވާލުމުން، ސަރުކާރުން ރައްޔިތުންނަށް ކުރީ މަލާމާތް

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމްދީނާއި، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓެއް އާއްމު ކުރި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަށް ރައްޔިތުން ގޮވާލަން ފެށުމުން ސަރުކާރުން އެކަމަށް ކުރީ މަލާމާތްކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސްގެ ނަމުގައި އެމްޑީއެންއިން ނެރުނު ރިޕޯޓުގައި އިސްލާމްދީނަށް ފާޅުގައި ފާޑުކިޔާފައިވެއެވެ. 2019 ވަނަ އަހަރުގެ ތެރޭގައި ފެންމަތިވި އެ ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން ސޯޝަލް މީޑިއާގައި އެކަމާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު ކަންކަން ފާހަގަކޮށްފައިވެ އެވެ. ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން ސޯޝަލް މީޑިއާގައި އެކަމާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އެ މައްސަލައިގައި އެމްޑީއެން އުވާލުމުން، އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލް ކޯޓަށް ވެސް ދިޔަ އެވެ.

އެމްޑީޑީއެން އުވާލުމަށް ގޮވާލައި ރައްޔިތުން އިހުތިޖާޖު ކުރުމުން، އޭގެ ބަދަލުގައި ރައްޔިތުންނަށް ކުރީ މަލާމާތްކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެ ޖަމިއްޔާގައި އެކި ގޮތްގޮތުން ހަރަކާތެރިވި މީހުންނަށް ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ދެމުން ގެންދާކަން ފާހަގަކުރި އެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި، އިސްތިގުލާލަށް އަސަރު ކުރާފަދަ އެތަކެމެއް، ސަރުކާރުގެ ތެރޭގައި ހިނގަމުންދާކަން އެއީ ފެންނާން އޮތް ހަގީގަތް ކަމަށެވެ. އެހެންވެ އޭނާ ގޮވާލީ އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުން ރައްޔިތުން އެކަމަށް ޖަވާބު ދިނުމަށެވެ. އެހެން ނޫނީ، ވަގުތުފާއިފުވާނެކަމަށާއި އެ ހާލަތުގައި ދެން ކުރެވޭނެ ކަމެއް ނޯންނާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: