ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މ. ދިއްގަރުން ވެސް މުއިއްޒަށް ހޫނު މަރުހަބާއެއް!

ކެމްޕެއިނަށް ވަޑައިގަތުމުން މ. ދިއްގަރުން މުއިއްޒަށް ހޫނު މަރުހަބާއް/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިދިކޮޅު ޕީޕިއެމް/ޕީއެންސީގެ ކެންޑިޑޭޓު މ. ދިއްގަރަށް ވަޑައިގަތުމުން އެ ރަށުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓަށް ބާކީ 20 ވަރަކަށް ދުވަސް އޮތް އިރު، އިދިކޮޅުގެ ކެމްޕެއިންތައް ފޯރިއާއި އެކު ދަނީ ކުރިޔަށެވެ. އަދި ރަށްތަކަށް ދަތުރު ކުރަމުން ދަނީ މުއިއްޒާއި ލީޑާޝިޕްގެ ޓީމެއްގެ އިތުރުން ރަނިންމޭޓު ހުސެއިިން މުހައްމަދު ލަތީފް (ސެމްބެ) ވެސް ހުންނެވީ އަތޮޅުތެރޭގަ އެވެ.

ދުވާލުގެ އެންމެ ހޫނު ވަގުތު ގައި ވެސް މުއިއްޒު ދިއްގަރަށް ވަޑައިގަތުމުން ރަށުން ހޫނު މަރުހަބާއެއް ކީއިރު، އެއް އަޑަކުން އެންމެން ގޮވާލަމުން ދިޔައީ އެއްބުރުން މުއިއްޒު ހޮވުމަށެވެ. އަދި ގައުމަށް މިވަގުތު އޮތް ހަމައެކަނި ޗޮއިސަކީ އެއީކަމަށް ވެސް ބުންޏެވެ.

މިއަދު ރަށުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިއްގަރު ދާއިރާގެ ރައީސް، އިމްރާން ވިދާޅުވީ ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ތަރައްގީ ގެންނާނެކަމަށް ބުނާއިރު ދިއްގަރުން ފެންނަނީ އެ މަންޒަރެއް ނޫން ކަމަށެވެ. ގައުމަށާއި ރަށަށް ބޭނުންވާ ތަރައްގީއަށް މުއިއްޒަށް ވޯޓު ދިނުމަށް ގޮވާލައި އިމްރާން ވިދާޅުވީ އެ މަސައްކަތް ކުރުމުގައި ފަހަތަށް ޖެހުމެއް ނެތް ކަމަށެވެ.

މ. އަތޮޅު ފާހަަގަކުރެވެނީ އަބަދުވެސް ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާ އާންމު ރައްޔިތުން ތިބި ޕާޓީއަށް ވެސް ސަޕޯޓު ުކުރާ މެމްބަރުން ވެސް ތިބި ރަށެއްގެ ގޮތުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: