މ. ދިއްގަރު ބިން ހިއްކުން ސަރުކާރުން މިހާރު ކުރިޔަށް ގެންދަނީ ރައްޔިތުންނާއި އެއްވެސް މަޝްވަރާ ކުުރުމެއް ނެތިކަމަށް ވާތީ، އެ ރައްޔިތުން ހުށަހަޅާ ގޮތަށް މަޝްވަރާކޮށްގެން މަޝްރޫއު ފުރިހަމަ ކުރައްވާނެކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ 09 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އިދިކޮޅުން ދަނީ ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން މުއިއްޒާއި ޕާޓީގެ ލީޑާޝިޕް އަދި، ރަނިންމޭޓު ހުސެއިން މުހައްމަދު ލަތީފް މިވަގުތު ހުންނެވީ އަތޮޅުތެރޭގަ އެވެ.
ދިއްގަރުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގައި މުއިއްޒު ވިދާޅުވީ، އާންމުންގެ އެންމެ ބޮޑު ހުށަހެޅުމަކީ ބިން ހިއްކުން ކަމަށެވެ. އެހެންވެ ރައްޔިތުން އެދޭގޮތަށް މަޝްވަރާ ހޯދައި އެ މަސައްކަތް ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ. މި ސަރުކާރުން ރަށުގެ މަޝްރޫއު ކުރިޔަށް ގެންދަނީ، އެއްވެސް ގޮތަކަށް ރައްޔިތުންގެ ހިޔާލު ހޯދައިގެން ނޫންކަމަށް މުއިއްޒު ފާ
އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މ. ދިއްގަރަށް ވަޑައިގެން އެ ރަށުގައި ތިބި ޕީޕީއެމް/ޕީއެންސީ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ މި ސަރުކާރުން ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި ވަނީ ރައްޔިތުންގެ އަޑު އަހައިގެން ނޫން ކަމަށެވެ.
އެހެންވެ، އޭނާގެ ވެރިކަމެއްގައި ރައްޔިތުންގެ އަޑު އަހައިގެން، އެ ރައްޔިތުން ބޭނުންވާ ގޮތަށް މަޝްރޫއު ގެންގޮސް ނިންމާލައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ ސަރުކާރަށް ފަސް އަހަރު ވެގެން ދިޔައީ، ދިއްގަރުގެ ކުނި މެނޭޖު ކުރުމަށް އެއްވެސް މަސައްކަތަކެއް ނުކުރެވި ކަމަށެވެ. ސަރުކާރުން އެ ކަންކަމަށް އިހުމާލުވުމަކީ ވަރަށް ބޮޑު ގޯހެއްކަމަށާއި، އެއީ އިހުމާލެއްކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒުގެ ކުރިން ވާހަކަ ދެއްކެވި ޕީޕީއެމްގެ ދާއިރަގެ މެމްބަރު ވެސް ވަނީ، ސްކޫލަށް ދިމާވެފައިވާ ދަތިތައް ފާހަގަކޮށް ދަރިވަރުން އިމްތިހާން ހަދަން ޖެހިފައި ވަނީ ޓީޗަރެއްގެ އެހީއާއި ނުލައިކަމަށް ވިދާޅުވެފަ އެވެ. އެހެންވެ އެކަމަށް އިޝާރާތްކޮށް މުއިއްޒު ވިދާޅުވީ އެގޮތަށް ދިމާވަނީ ސަރުކާރުގެ ދޯހަޅި ނިޒާމުގެ ސަބަބުން ކަމަށެވެ.
ސްކޫލަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، އިންސާނީ ވަސީލަތްތައް ހޯދައިދިނުން އެއީ މުއިއްޒު ވިދާޅުވި ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޒިންމާއެކެވެ. ހާއްސަ ސަމާލުކަމެއް ދީގެން، ދިވެހި އިސްލާމް މާއްދާ ކިޔަވައިދޭނެ ދާއިމީ ޓީޗަރުން ހަމަޖައްސަން ޖެހޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

