ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައުދު ވަނީ ތަންފީޒު ކުރާނެ ޕްލޭނެއް އޮވެގެން: މުއިއްޒު

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ މަހުގެ 09 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ވައުދުވަނީ އެ ސިޔާސަތުތައް ތަންފީޒު ކުރެވޭނެ ވަރުގެ ރަނގަޅު ޕްލޭނަކާއި އެކުކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިވަގުތު އައްޑޫ ސިޓީގައި ހުންނެވި މުއިއްޒު ވަނީ އިއްޔެ ވެސް ރައްޔިތުންނާއި ބައްދަލު ކުރައްވާފަ އެވެ.

ފޭދޫގެ މަގުއްދޫ ޖަގަހަ ހުޅުވުން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ރައްޔިތުންނަށް ވަމުން ދަނީ ތަންފީޒު ކުރެވޭނެ ވައުދުތައް ކަމަށެވެ. އަދި ރައްޔިތުންނާއި ހަމައަށް ގެނެސްދެމުން ދަނީ ފަސޭހައިން ފަހުމުވާނެ ވާހަކަތައްކަމުގައި މުއިއްޒު ވިދާޅުވި އެވެ. އެހެންކަމުން އެ ވައުދުތަކުގައި އޮޅުން އަރާ އެއްވެސް ކަމެއް ނޯންނާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އިހުލާސްތެރިކަމާއި އެކު ތަރައްގީ ގެނައުމަށް ދައްކަމުން ގެންދާ އެ ވާހަކަތަކަށް ދެކޮޅު ހެދިދާނެކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އޭގެ ސަބަބެއްކަމަށް މުއިއްޒު ވިދާޅުވީ ސިޔާސަތުތުތަކުގެ ވާހަކަ ދައްކަނީ އެކަމުގެ ތަޖުރިބާ ހުރެ، ކަންކަން ކުރިޔަށް ގެންދާނެ ގޮތުގެ ފުރިހަމަ ޕްލޭނެއް އޮތުމެވެ.

އައްޑޫއަކީ ބޮޑު އާބާދީއެއް އޮތް ރަށަކަށްވާއިރު މުއިއްޒު ވިދާޅުވީ، ރައްޔިތުން ވިސްނަން ވީ ބޭނުންވާ ބަދަލު ގެނެސްދެވޭނެ ބަޔަކާއި މެދު ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގެނައި ތަރައްގީ ބޭނުންވެ އެކަމަށް އެދޭ އެތައް ބަޔަކު އެބަތިބިކަމަށާއި ކެމްޕެއިން ކުރުމުގައިވެސް ރަނގަޅު މަސައްކަތެއް ކުރުމަށް އެދޭކަމަށް މުއިއްޒު ވިދާޅުވި އެވެ. އެކަމަށް މުއިއްޒު ގޮވާލީ އެންމެން އެކުގައި ގުޅުގެން ހަރަކާތްތައް ކުރިޔަށް ގެންދިއުމަށެވެ.

މީގެއިތުރުން ރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ، އައްޑޫގެ ގުޅިފައިވާ ރަށްތަކާއި، ހުޅުދޫ – މީދޫ ގުޅުވާލުމުގެ ބްރިޖު މަޝްރޫއާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. މުއިއްޒު ވިދާޅުވީ ރައްޔިތުން ބްރިޖު އަޅައި ތަފާތު ދެއްކި ބަޔަކާއި ފަސް އަހަރުވީއިރު ވެސް ބްރިޖުގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިޔަށް ނުގެންދެވުނު ސަރުކާރެއްގެ ތަފާތު ދެނެގަތުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: