ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުއާވެއި ޓެކްނޮލޮޖީސްއާއި މެކްސްކޮމްއިން ބޭއްވި އިވެންޓުގައި 80 އަށްވުރެ ގިނަ ކުންފުނި ބައިވެރިވެއްޖެ

ފޮޓޯ: މެކްސްކޮމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުއާވެއި ޓެކްނޮލޮޖީސްއާއި މެކްސްކޮމްއިން ބޭއްވި އިވެންޓުގައި 80 އަށްވުރެ ގިނަ ކުންފުނި ބައިވެރިވެއްޖެއެވެ.

ހޮޓެލް ޖެންގައި ބޭއްވި މި އިވެންޓުގައި ޗީފް ޓެކްނޮލިޖީ އޮފިސަރު، އަހުމަދު ސިބާހު ވިދާޅުވީ މެކްސްކޮމް ޓެކްނޮލޮޖީ ސިސްޓަމް އިންޓަރގްރޭޓް އެއްގޮތުގައި މަސައްކަތް ކުރާތާ 18 އަހަރުވެފައި ވާކަމަށާއި އެކުންފުނީގެ ގިނަ ވެންޑާރސް ތަކެއް ތިބިކަމަށެވެ. މެކްސްކޮމް ގެ މި އިވެންޓަކީ އެކުންފުނީގެ ޕާރޓްނަރ އެއްކަމަށްވާ ހުއާވެއި ޓެކްނޮލޮޖީސްގެ ވާރޓިކަލްތަށް ކްލައިންޓުންނަށް ކިޔައި ދިނުމަށް ބާއްވި އިވެންޓެއް ކަމަށް ސިބާހު ވިދާޅުވިއެވެ.

އިވެންޓުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ޑޭޓާ ސެންޓަރ ފެސިލިޓީ އާއި ސޯލާރ ޕަވަރ އަށް ކަމަށް ސިބާހު ވިދާޅުވިއެވެ. އަދި އޭގެ އިތުރުން ހުއާވެއި އެންޓަރޕްރައިސްގެ ސެކްޓަރ އެއްވެސް ހިމެނޭ ކަމަށް ސިބާހު ވިދާޅުވިއެވެ.

ހުއާވެއި އެންޓަޕްރައިޒް ނެޓްވޯކިންގ އަކީ މިހާރު ރާއްޖޭގައި އެންމެ ހަލުވިކަމާއެކު ކުރިއަށްދާ އެއް ޓެކްނޮލޮޖީ ކަމަށް ސިބާހު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުރީގެ ނެޓްވޯރކްތަށް ދޫކޮށްލައިފައި ގިނަ ވެންޑާރސް ހުއާވެއިގެ ނެޓްވޯކަށް ބަދަލުވެފައިވާ ކަމަށެވެ. އެ އިވެންޓުގައި ހުއާވެއިގެ ނެޓްވޯކް ޕޯރޓްފޯލިއޯ އެއްވެސް ވަނީ ދައްކާލައިފައެވެ. ޑޭޓާ ސެންޓަރ ފެސިލިޓީއަކީ ރާއްޖޭގެ ހުރިހާ މުވައްސަސާ ތަކެއްގައި ބޭނުންކުރާ ފެސިލިޓޭޝަންއެއް ކަމަށް ސިބާހު ވިދާޅުވިއެވެ.

ރާއްޖޭގައި ހުއާވެއި ޑޭޓާ ސެންޓަރ ފެސިލިޓީގެ އެންމެ މީޑިއަމް ސައިޒް ކަމަށްވާ އެފްއެމް 2000 ގެ 4 ސޮލިއުޝަން ޑިޕްލޮއި ކޮށްފައި ވާނެ ކަމަށް ސިބާހު ވިދާޅުވިއެވެ. އެފްއެމް 800 ގެ 12 ސޮލިއުޝަންއާއި އަދި އޭގެ އިތުރުން ހުއާވެއިގެ ޔޫޕީއެސް 5000 ގެ ދެ ސޮލިއުޝަންއެއް ޑިޕްލޮއި ކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: