ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސާ އާއި ވަޒީފާ ދީގެން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ބޭފުޅަކަށް ޒިންމާ އަދާނުކުރެވޭނެ: ފާރިސް

އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެމްޑިޑޭޓް އަހުމަދު ފާރިސް މައުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

ފައިސާ އާއި ވަޒީފާ ދީގެން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ބޭފުޅަކަށް ޒިންމާ އަދާނުކުރެވޭނެ ކަމަށް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

އެމްއާރުއެމްގެ ރައީސް ކަން ވެސް ކުރައްވާ ފާރިސް މައުމޫން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފާރިސް ވިދާޅުވީ ފައިސާއާއި ވަޒީފާ ދީގެން އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރާ ކެންޑިޑޭޓުން ހުއްޓުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ފާރިސް ވިދާޅުވި ގޮތުގައި ވަކި ގޮތަކަށް ރައްޔިތުންގެ ވޯޓް ބައްޓަން ކުރުމުގެ ބޭނުމުގައި، ރައްޔިތުން ސިޔާސީ ފިކުރަކަށް ގެނައުމުގެ ބޭނުމުގައި ވަޒީފާގެ ފުރުސަތުތައް ބޭނުން ކޮށްގެން ވަޒީފާތައް ރައްޔިތުންނަށް ދޭން ހުށައަޅައި، ވަޒީފާގެ ބިރު ދެއްކުން ފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.

އަދި ރައްޔިތުންނަށް ވަޒީފާ ދޭ އިރު ރައްޔިތުން އުޅެނީ ކޮން ޕާޓީއެއްގައިތޯ ނުވަތަ ވޯޓް ދެއްވަނީ ކޮން ބޭފުޅަކަށްތޯ އަދި އާއިލާ މީހުންގެ ވޯޓް ހުރީ ކޮން ގޮތަކަށް ކަން ބަލާކަށް ނުޖެހޭނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވާ ގޮތުގައި ރިޔާސީ އިންތިހާބުގެ ކެންޕެއިން ހަރަކާތްތަކުގެ ނަމުގައި މި ސަރުކާރުންނާއި ކުރީގެ ސަރުކާރުތަކުންވެސް ދައުލަތުގެ ބާރުތަކާއި ވަސީލަތްތައް ބޭނުން ކޮށްގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވަން މަސައްކަތް ކުރައްވާ ކަމަށެވެ. މިފަދަ އަމަލުތައް ހުއްޓުވުމަށް ރައްޔިތުންގެ ވެސް އެއްބާރުލުން ބޭނުންވާ ކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސްގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ ރައްޔިތުން މިފަދަ ކަންކަމުން އަރައިގަންނަން ބޭނުުންވާނަމަ، އެ ބޭފުޅުން އެ ހުންނެވީ ރައްޔިތުންނަށް އެ ބޭނުންވާ ހެޔޮ ބަދަލު އަދި ގައުމަށް ބޭނުންވާ ތަރައްގީ ގެނައުމަށް ތައްޔާރުވެގެން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: