ބޮޑެތި ރަށްތަކާއި އަދި ފަޅުތަށް ކުއްޔަށް ދީގެން ދައުލަތުގެ އާމްދަނީގެ ބަޖެޓުގެ ތެރެއަށް ވަންނަން ޖެހޭ ފައިސާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިންގެ ތެރެއިން ބ. ދަރަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައިސް ވިދާޅުވީ ދައުލަތަށް ލިބޭ ފައިސާ ހަރަދު ކުރަންޖެހޭނީ ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތަށް ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް ޔާމީން އަށް 5 އަަހަރުގެ ދައުރެއް ލިބިފައިވާިއރު އެކަން އެހެން ނުކުރެވުނު ސަބަބެއް ކަމަށް ވިދާޅުވީ އެ ފައިސާއަށް ހިޔާނަތްތެރި ވުންކަމުގައެވެ.
ދައުލަތުގައި އޭރު ހަރަދުކުރާނެ ފައިސާއެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. ލިބުނު ފައިސާ ހަރަދު ކުރީ ޕެޕަރ ސްޕްރޭ އަށާއި މުގުރަށް ކަމަށް ރައީސް ވިދާޅުވިއެވެ. ޔާމީން ގެ ވެރިކަމުގައި އެމަނިކުފާނު ވެރިކަން ކުރައްވަން އުޅުއްވީ ގަދަބާރުން ކަމަށާއި އަދި އަމާން ކަން ގެއްލިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޚޅުވީ އެމަނިކުފާންގެ ސަރުކާރަށް ވައުދުތަށް ފުއްދުނީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ނުގޮސް ސިޔާސީ ވާދަވެރިންނަށް ބަސް ބުނުމުގެ ޖާގަދީ ފާޑުކިޔަން ފުރުސަތު ދިނުމުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް އޮންނަނަމަ އެފުރުސަތު ދޭނެ ޖެހޭނެ ކަމަށެވެ. ރައީސް ވިދާޅުވީ ލިބުނު ހުރިހާ ވަގުތެއް ހޭދަކުރެއްވީ ރައްޔިތުނަށް ވެފައިވާ ވައުދުތަށް ފުއްދަދެއްވުމުގައި ކަމަށެވެ.
2013 ވަނަ އަހަރުން ފެށިގެން ބޭއްވި އިންތިހާބުތަކުގައި ގަދަބާރާއި ނުފޫޒު ބޭނުންކޮށްފައިފާ މިންވަރު ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ދަންނަ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ 2017 ވަނަ އަހަރު ބޭއްވި ބައި އިލެކްޝަންގައި ނިކުންނެވީ ”ޖަލައްލާ“ ބަންދުކުރިޔަސް ހެޔޮކަމަށެވެ. ނަމަވެސް އެދުވަހު ކުރިމަސައްކަތް މެދު ނުކެނޑި ކުރިއަށް ގެންދިއުމުގެ ނަތީޖާއަކަށްވީ 2018 ގެ އިންތިހާބު ކާމިޔާބުކުރުން ކަމުގައި ވިދާޅީވުއެވެ.

