ދެވަނަބުރަކަށް އިންތިހާބު ގެންދަވަން ނޫޅުއްވާ އެމްޑީޕީއާއި ގުޅެން ރައީސުލްޖުމަހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އިލްތިމާސް ކުރައްވައިފިއެވެ.
ދެވަނަބުރެއްގައި ކޯލިޝަނެއްހަދުމުން މަޝްވަރާ ކުރުމަށް ވަގުތު ނުލިބި ކޯލިޝަން ރޫޅިގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ސިޔާސީ ހިޔާލު ތަފާތުކުރުންތަށް ހުރި ކަމުގައި ވި ނަމަވެސް 5 އަހަރު އެކުގައި މަސައްކަތް ކުރެވުނީ މަޝްވަރާކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ގައުމެއް ހިންގާއިރު މަޝްވަރާކުރުމަކީ މުހިންމު ކަމެއް ކަމާށާއި ތިމާއަށް ފެންނަ ގޮތަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. ރައީސްގެ ވެރިކަމުގައި ކުޔަށް ގެންދިޔަ ހުރިހާ ކަމެއްވެސް ކޮށްފައިވަނީ މަޝްވަރާ ކޮށްގެން ކަމަށް ރައިސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރަނީ ވަރަށް މަދު ކެންޑިޑޭޓުން ކަމަށެވެ. ދެން ތިއްބެއްވި ކެންޑީޑޭޓުން މަސައްކަތް ކުރައްވަމުން ގެންދަނީ އިންތިހާބު ދެވަނަ ބުރަކަށް ގެންދިއުމަށް ކަމަށް ވިދާޅުވިއެވެ. އަދި ދެވަނަ ބުރަކަށް ވޯޓު ބައިބައިކޮށް އެ ކެންޑިޑޭޓަކަށް ފައިދާވާނެ ގޮތްތައް ހޯއްދަވަން މަސައްކަތް ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކުރިން އޮތް ސަރުކާރު ވެރިކަމަށް އައުމުން އަނިޔާވެރިކަމަށް ރާއްޖެ ދާނެ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ގިނަ ވައުދުތަކެއްވެސް ކެންދޫއަށް ވެވަޑައިގަންނަވާފައެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމާއި، ބަނދަރާއި، އަދި ފަތާފެންގަނޑެއްގެ މަސައްކަތްވެސް ހަދާދެއްވާނެ ކަމަށް ވައުދުވެވަޑައިގަންނަވާފައި ވެއެވެ.

