މެނިފެސްޓޯ އެކުލަވާލަނީ އެއްވެސް ރައްޔިތަކާއި، ރަށެއް އިސްތިސްނާ ވާގޮތަށް ނޫންކަމަށާއި އެންމެނަށް ވެސް ހަމަހަމަކޮށް ހިދުމަތް ލިބެން ޖެހޭކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ކެމްޕެއިނަށް މިވަގުތު އަތޮޅުތޭގައި ހުންނެވި ޑރ. މުއިއްޒު ށ. ކަނޑިތީމަށް ވަޑައިގެން އެ ރަށުގެ ރައްތުންނަށް ދެއްވީ ޝަކުވާތަކާއި، ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދެއްވާނެކަމުގެ ޔަގީންކަމެވެ. އެގޮތުން ބަހުގެ ހިދުމަތާއި، ސްކޫލައި ދަރިވަރުން ތައުލީމު ހާސިލު ކުރުމަށް ބޭނުންވާ ވަސީލަތްތައް ހަރުދަނާކޮށް ޒަމާނީ ފެންވަރަށް ބަދަލު ގެނައުން ހިމެނެ އެވެ.
އިންތިހާބުގެ ވޯޓާއި ދެމެދު ބާކީ އޮތީ ދެ ހަފްތާއެއްހާ ދުވަސްކަމަށްވުމާއި އެކު، މުއިއްޒު ވިދާޅުވީ ހުރިހާ ރަށަކަށް ދަތުރުކޮށް ރައްޔިތުންނާއި ބައްދަލު ނުކުރެވިދާނެކަމަށެވެ. އެހެންވެ ރަށްތަކުގެ ބައްދަލުވުމުގައި ވެސް މުޅި ރާއްޖެއަށް އެކުލަވާލާފައިވާ މެނިފެސްޓޯއަށް ވެސް ކޮންމެވެސް ވަރަކަށް އަލިއަޅުއްވަން ޖެހޭކަން މުއިއްޒު ފާހާގަ ކުރި އެވެ.
މިވަގުތު ރައްޔިތުންގެ ތެރޭގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަންވުމާއި އެކު، އެކަމަށް ހާއްސަކޮށް ވަކި ސިޔާސަތުތަކެއް އެކުލަވާލައި މެނިފެސްޓޯގައި ހިމަނާފައިވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ. އެ މަސައްކަތް ކުރިޔަށް ގެންދާނީ، އެއްވެސް ގޮތަކަށް ވަކި ރަށެއް ބާކީކޮށް އިސްތިސްނާ ވާގޮތަށް ނޫންކަމަށާއި ހުރިހާ ރަށަކަށް ވެސް ތަރައްގީ ގެންނާނީ އެއް ހަމައަކުންކަމަށް މުއިއްޒު ވިދާޅުވި އެވެ.
މީގެއިތުރުން
ިރޭ ފުނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އުންމީދަކީ ރިޔާސީ އިންތިހާބުގައި ބޮޑު އަޣުލަބިއްޔަތަކާއި އެކު ކާމިޔާބު ލިބި ރައީށް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެކު މަސައްކަތް ކުރެވޭނެ ދުވަހެއް އައުން ކަމަށެވެ،
މިރޭގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ރަންވޭ ބޮޑުކޮށް، ފަސިންޖަރުންނަށް ދޭން ޖެހޭ ހަރުދަނާ ކުރުމާއި އެކު ރޭގަނޑު ވެސް ހިދުމަތް ދެވޭ ގޮތަށް އެއާޕޯޓަށް ބަދަލު ގެންނާނެ ކަމަށެވެ،
ފަތުރުވެރިކަން ކުރިއަރުވައި ފުޅާވާން ޖެހޭކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ، ރަށުގައި އެކޯ ޓޫރިޒަމްގެ ސިފަތަކާއި އެކު ނޭޗާ ޕާކު ތަރައްގީ ކުރެވެން އެބައޮތް ކަމަށެވެ، އަދި ޕްރޮޖެކްޓުގެ ދަށުން ރައްޔިތުންނަށް ލިބިގެންދާ މި ފައިދާތަކާއި އެކު ކުރިޔަށް ދާނީ ރައްޔިތުން އެދޭ ގޮތަށް ހިޔާލާއި މަޝްވަރާ ހޯދައިގެންކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ރައްޔިތުންގެ އިތުބާރު ލިބިވަޑައިގެންފި ނަމަ، އެ އިތުބާރު ދަމަހައްޓާނެ ކަމަށެވެ.

