ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްގީ ބޭނުންވާނަމަ ގައުމުތަކާއިއެކު އިތުބާރު ހިފޭ ގުޅުމެއް ބާއްވަން ޖެހޭނެ: ރައީސް

ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހެޔޮވެރިކަމެއް ކުރުމުގައި ހާރިޖީ ސިޔާސަތެއް ގެންގުޅުމަކީ މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވިއެވެ.

ރ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި އިނގުރައިދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކާ އެކަހެރި ވެގެން އެއްވެސް ގައުމެއް ކުރިއަށް ނުދާނެ ކަމަށެވެ. މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކަމާއި އަދި ތަރައްގީ، ބާރު ސްޕީޑެއްގައި ކުރިއަށް ގެންދަން ބޭނުންނަމަ ދުނިޔޭގެ ގައުމުތަކާއެކު އިތުބާރު ހިފޭ ގުޅުމެއް ބާއްވަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އެކަން ވިސްނައިދީ އެކަހެރިވެ ވަކިވެގަނެގެން މިއަގުއުމު ކުރިއަށް ގެންދިއުމުގެ ސިޔާސަތެއް ގެންގުޅެއްވި ކަމަށް ރައީސް ވިދާޅުވިއެވެ. ވެރިކަމުގެ އާރާއި ބާރު ހިފެހެއްޓުމައްޓަކައި ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް މިކަން ވިސްނަ ދޭން މަސައްކަތް ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް ކުރިއަރާފައިފާ ޒަމާނެއްގައި އެކަހެރިވެގެން ނުތިބެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަވައްޓެރި ގައުމުތަކާއި އަދި ބައިނަލްއަގްވާމީ ޖަމާއަތްތަކާއިއެކުވެސް ގުޅުން ބަދަހި ކުރަންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ސަރުކާރުގައި އދ ގައި ބައިވެރިވާ ގައުމުތަކުގެ ތެރެއިން 185 ގައުމަކާ އެކު ގުޅުން ބަދަހި ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިސާ ނެގުމަކާނުލާ 89 ގައުމަކަށް ދިވެހިންނަށް ދަތުރު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިސަރަހައްދުގައި އޮތް އެންމެ ވަރުގަދަ ޕާސްޕޯޓަކީވެސް ދިވެހިރާއްޖޭގެ ޕާސްޕޯޓް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދެން އޮންނަ ދައުރެއްގައިވެސް ކުރިއަށް ވަޑައިގަންނަވާނީ އެސިޔާސަތުތަކާއިއެކު ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުން ޕްލޭން ކޮށްގެން ކަންކަން ކުރިއަށް ގެންދާއިރު ދާއިރާއާއި ސަރުކާރާ އޮންނަ ގުޅުމަކީ ވަރަށް މުހިންމު ގުޅުމެއްކަމުގައެވެ. އެގޮތުން އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދަކީ ނަމޫނާ ބޭފުޅެއް ކަމުގައި ވިދާޅުވިއެވެ. އެ ދާއިރާގެ އެއްވެސް ރަށަކަށް ތަފާތު ކުރުމެއްނެތި ރަށްރަށަށް ބޭނުންވާ ކަންކަމާއި ރައްޔިތުން ބޭނުންވެފައިވާ މުހުތާދުތަށް ފުއްދުމުގައާއި ރަށްތަކުގެ ތަރައްގީއަށް މެދު ނުކެނޑި އެކިއެކި ވުޒާރާތަކަށްށާއި ރައީސް އޮފީހަށާއި އަދި ރައީސްއަށް ވެސް ގުޅުއްވާ މަސައްކަތްތަށް ހަލުވިކަމާއެކު ގެންދިއުމަށް މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: