ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކިގޮތަކަށް ހެދުން އަޅާތީ ވަޒީފާގެ ބިރު އޮވެގެން ނުވާނެ: މުއިއްޒު

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަކި ގޮތަކަށް ހެދުން އެޅުމުގެ ސަބަބުން ވަޒީފާގެ ބިރު ދައްކައި، ތަފާތުކުރުމަށް އުފެދިފައިވާ ސަގާފަތް ނައްތާލާނެކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 09 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި މުއިއްޒު ވަނީ، ސިވިލް ސާވިސް މުވައްޒަފުންނަށް ވަޒީފާގެ މާހައުލުގައި ދިމާވެފައިވާ ދަތިތައް ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ސިޔާސީ ގޮތުން ގެންގުޅޭ ހިޔާލެއްގެ ސަބަބުން، ނުވަތަ އާއިލާގެ ބަޔަކު ވަކި ސިޔާސީ ޕާޓީއަކަށް ތާއީދު ކުރާތީ އަދާކުރާ ވަޒީފާ ގެއްލިދާނެކަމަށް ބުނެ ދައްކާ ބިރު އިންތިހާބާއި ގާތްކޮށް އިތުރުވެފައިވާކަމަށް މުއިއްޒު ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ވަޒީފާގެ ދަތިކަމާއި ފުރައްސާރަ އެކި ގޮތްގޮތަށް ފޯރާ މީހުންގެ ތެރޭގައި، ވަކި ގޮތަކަށް ހެދުން އެޅުމުގެ ސަބަބުން ދިމާވާއިރު މުއިއްޒު ސިފަ ކުރެއްވީ މިއީ ބަޔަކު އުފެއްދި ސަގާފަތެއްގެ ގޮތުގަ އެވެ. އެގޮތުން މޫނު ބުރާގެ މައްސަލައާއި، އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް ދިމާވަމުން ދާ ދަތިތައް މުއިއްޒު ފާހަގަ ކުރި އެވެ.

ކެމްޕެއިނަށް ނ. މަނަދޫއަށް ވަޑައިގެން މުއިއްޒު މިއަދު ވިދާޅުވީ، ސައްތައިން ސައްތަ ދިވެހި ގައުމަކަށް ރާއްޖެވާއިރު މި ގައުމުގައި ތިބި ފަހުރުވެރި މުސްލިމުން ކަމަށެވެ. އެކަމަކު ރާއްޖޭގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވުމަށް ފަހު އެންމެ ފަހުން އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރެވެން ޖެހޭ ކަންކަމުގެ ތެރެއަށް ބަސް ބުނެ އެ ބަޔަކު ބޭނުންވާ ގޮތަކަށް ކަންކަން ބަދަލު ކުރުމަކީ ކަންބޮޑުވުމެއްކަމުގައި މުއިއްޒު ވިދާޅުވި އެވެ. އަދި މިފަދަ ނުފޫޒުތަކަށް ދިވެހިން ތިބެން ޖެހޭނީ، ލޯ ހުޅުވި ހުށިޔާރުވެގެންކަމަށް މުއިއްޒު ވިދާޅުވި އެވެ.

ވަޒީފާތައް ދިނުގައި އެއްވެސް ތަފާތު ކުރުމެއް އޮވެގެން ނުވާނެކަމަށާއި، ހެދުން އަޅަނީ ދީނީ މިންގަނޑަށް ފެތޭ ގޮތަށް ނަމަ އެ ނޫންކަމަށް އޮފީހެއްގެ ތެރެއިން މަޖުބޫރު ކުރުވައިގެން ނުވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

މި ނުކުތާތަކަށް ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ވަޒީފާ ދިނުމުގައި ތަފާތު ކުރުން ނުގެންގުޅުއްވާނެ ކަމަށެވެ. އަދި ގޮވާލީ ހެދުން އަޅާ ގޮތެއްގެ ސަބަބުން ވަޒީފާއިން ވަކި ކުރުން ނުވަތަ ކިތަންމެ ގާބިލު މީހަކަސް ވަޒީފާ ނުދިނުން ފަދަ ކަންކަން ހުއްޓާލުމަށެވެ.

އެހެންވީމަ ހެދުން އަޅާގޮތަކުން ވަޒީފާއިން ވަކިވުން، ވަޒީފާގެ މާހައުލުގައި ތަފާތު ކުރުން.. އެއީ ކުރެވިގެންވާނެ ކަންކަމެއް ނޫން

ހެދުން އަޅާގޮތެއްގެ ސަބަބުން ވަޒީފާއަށް އޭގެ އަސަރު ކުރާކަމަށް މުއިއްޒު ވިދާޅުވި އިރު، މޫނު ބުރުގާ އަޅާ މީހުންނަށް ވަޒީފާތައް ނުލިބޭ މައްސަލަ ނުވަތަ ވަޒީފާތަކުން ވަކި ކުރުން ވަނީ ފެންމަތިވެފަ އެވެ. އަދި އެންމެ ފަހުން މީޑިއާތަކުގައި ދެކެވުނީ ސްކޫލުތަކުގައި ކިޔަވަދޭ ޓީޗަރުންނަށް މޫނު ބުރުގާ ނޭޅޭ މައްސަލަ އެވެ. އެ ޝަކުވާތައް ގޯސްވެ، ސޯޝަލް މީޑއާގައި ވަރަށް ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރި އެވެ. އެކަމަކު އެ ވިސްނުމުގެ ދިފާއުގައި ސަރުކާރުގެ އިސްބައެއް ބޭފުޅުން ވިދާޅުވީ ދަރިވަރުންނަށް ކިޔަވަދޭ ޓީޗަރުންގެ މޫނު ފެންނަން ޖެހޭ ކަމަށެވެ.

އެއީ ސަރުކާރުން މީގެ ކުރިން ނެރުނު ޓީޗަރުންގެ ސުލޫކީ މިންގަނޑުގައި އޮތް، ހުރިހާ މުދައްރިސުންގެ މޫނު ފެންނަން ޖެހޭނެކަމަށް ބުނެފައިވާ ސިޔާސަތެވެ. އެކަމަކު ރިޔާސީ އިންތިހާބުގެ ވޯޓަށް ދެ ހަފްތާއަށް ވެފައި ވަނިކޮށް އެ މިންގަނޑަށް ވަނީ ބަދަލު ގެނެސްފަ އެވެ.

ނަމަވެސް، މީގެ ދެ ދުވަސް ކުރިން އެ މިންގަނޑަށް ވަނީ ބަދަލު ގެނެސްފައެވެ. އެހެންނަމަވެސް، އެ އުސޫލުގައި ވެސް ބައެއް އެހެން ޝަރުތުތައް ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: