ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަތީޖާ ނެރޭނީ އިހުލާސްތެރި މަސައްކަތުން، ތިބޭނީ ގާބިލު ވެރިން: މުއިއްޒު

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކޮށް، ނަތީޖާ ނެރޭނީ ރެެއާއި ދުވާލު އިހުލާސްތެރިކަމާއި އެކު ކުރާ މަސައްކަތުންކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 09 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެންމެ ބޮޑަށް ފާހަގަ ކުރައްވަނީ ރައްޔިތުންނަށް ދިމާވެފައިވާ އިޖްތިމާއީ އަދި އިގްތިސާދީ ދަތިތަކުގެ ހައްލާއި ގުޅޭގޮތުންނެވެ.

ހޮޅުދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި މިއަދު މުއިއްޒު ވިދާޅުވީ، އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކޮށް ގައުމު ސަލާމަތް ކުރުމަށް ކުރާ މަސައްކަތުގައި ރައްޔިތުންގެ ތާއީދާއި އެއްބާރުލުން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ރައީސް ޔާމީންގެ ސަރުކާރުގައި އެތައް ތަރައްގީއެއް ލިބުނު ރަށެއް އޭގެ ޖެހިގެން އައި ސަރުކާރުގައި އެއްކޮށް ބާކީވެގެން ދިއުންކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރަށެއްގެ ތަރައްގީއަށް ބަލާއިރު މުއިއްޒު ވިދާޅުވި ގޮތުގައި، ފަސް އަހަރަކީ އެއީ ބާކީވެފައި އޮތުމަށް ގަބޫލު ކުރެވޭނެ މުއްދަތެއް ނޫނެވެ. ހޮޅުދޫގެ މަގުތައް ހެދުމުގެ މަސައްކަތް ލަސްވެ ހުއްޓިފައި އޮތުމާއި މެދު ހައިރާންނުވާކަމަށާއި، މާލޭގެ އަމީނީ މަގު ވެސް އޮތީ ހަމަ އެފަދަ ހާލަތެއްގައިކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރަށެއްގެ އިގްތިސާދީ ޕްލޭން އެކުލަވާލާއިރު މަގު ހެދުމާއި އަސާސީ އެހެނިހެން ހިދުމަތްތައް ލިބޭނެ މަގު ހަމަޖެއްސުމަކީ އެއީ ސަރުކާރުގެ ޒިންމާއެއްކަމަށް މުއިއްޒު ވިދާޅުވި އެވެ.

މީދޫގެ ލޭންޑް ޔޫޒް ޕްލޭން ވެސް ހަގީގަތަކަށް ނުވެ އޮތުމާއި މެދު ކަންބޮޑުވުންފާޅު ކުރައްވައި މުއިއްޒު ވިދާޅުވީ ސަރުކާރުގެ އިހުމާލުތައް ހުރީ އިންތިހާގައި ކަމަށެވެ. އެއީ ރަށުގެ ރައްޔިތުންގެ އުންމީދުގައި ކުލަ ޖެހޭ ރަށަކަށް ހަދައި ސިޔާސަތުތައް ތަންފީޒު ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ވަނީ ރައްޔިތުންނަށް ދެއްވާފަ އެވެ.

ހޮޅުދޫގެ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކުގެ ޝަކުވާތައް ލިބިފައިވާއިރު މުއިއްޒު ވިދާޅުވީ އެ ހުރިހާކަމެއް މެނިފެސްޓޯގައި ހިމެނިފައިވާނެ ކަމަށެވެ. އެއީ ރެއާއި ދުވާލު ކުރާ މަސައްކަތުން ނެރޭނެ ނަތީޖާކަމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ތަރައްގީ ގެންނާނެ ގޮތަކީ އެއީކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ރަށްތަކުގެ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭން، މަގާމުތަކުގައި ތިބޭނީ ކަމަށް ގާބިލު، މައްސަލައެއް ދިމާވުމާއި އެކު އެއީ ކޮންމެ ވަގުތަކަށް ވިޔަސް އެކަން ހައްލު ކުރާނެ ބައެއްކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ ކެމެޕެއިންގެ ޖަލްސާގައި މުއިއްޒު ވަނީ ރާއްޖޭގެ ރަށްތަކަށް ސަރުކާރުންވެފައިވާ އިހުމާލުތައް ފާހަގަކުރައްވައި، އެކަމަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ވައުދުތައް ވެފައި ވަނީ، އެ ތަންފީޒު ކުރާނެ ގޮތެއް ނޭނގި ތިބެކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން ރަށްތަކަށް ތަރައްގީ ގެނައުމުގައި، ބައެއް ރަށްތައް ބާކިކޮށް އެ އަތޮޅުގެ އެހެން ރަށްތަކަށް ސަމާލުކަން ދޭތީ އެއީ ގޯހެއްކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވެފައި ވަނީ އެއީ ތަރައްގީ ގެނައުމުގައި، ތަރުތީބު އޮޅުވާލުންކަމަށް ވާތީ އެވެ. ހުރިހާ ރަށްތަކަށް ވެސް ހަމަހަމަ އުސޫލުން ޕްރޮޖެކްޓުތައް ގެންނައިރު، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އެކަމުގައި ހޯދައި އެއާއި އެއްގޮތަށް އަމަލު ކުރަން ޖެހޭނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: