ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒިމްބާބުއޭގެ ރައީސް އެމަރސަން މުނަންގަގުވާ ދެވަނަ ދައުރެއް ކާމިޔާބުކޮށްފި!

ޒިމްބާބުއޭގެ ރައީސް އެމަރސަން މުނަންގަގުވާ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޒިމްބާބުއޭގެ ރައީސް އެމަރސަން މުނަންގަގުވާ ދެވަނަ ދައުރެއް ކާމިޔާބުކޮށްފިއެވެ.

ރިޕޯޓުތަކުގައިވާގޮތުން، ޒިމްބާބުއޭގެ ރައީސްކަމުގައި ހުންނެވި އެމަރސަން އަށް 52.6 އިންސައްތަ ވޯޓާއިއެކު އިންތިހާބު ކާމިޔާބުކުރެވިފައިވާނަމަވެސް، އިންތިހާބީ އިންތިޒާމުތަކުގެ ތެރެއިން މައްސަލަތައް ފާހަގަކުރެވިފައިވެއެވެ. ޒިމްބާބުއޭގެ އިލެކްޓޯރަލް ކޮމިޝަނުން ހާމަކޮށްފައިވާގޮތުން، އެމަރސަން އާއި ވާދަކުރި ސިޓިޒެންސް ކޯލިޝަން ފޯރ ޗޭންގްގެ ކެންޑިޑޭޓު ނެލްސަން ޗަމީސާއަށް ލިބުނީ 44 އިންސައްތަ ވޯޓެވެ. މި އިންތިހާބަކީ އެ ގައުމުގައި ގިނަ އަހަރުތަކެއްވަންދެން ވެރިކަން ކުރެއްވި ރޮބާރޓް މުގާބޭ އަސްކަރީ ބަގާވާތެއް މެދުވެރިކޮށް މަގާމުން ދުރުކުރިތާ ހަ އަހަރު ދުވަސް ފަހުން ބޭއްވުނު އިންތިހާބެކެވެ.

އެމަރސަން އާއި ވާދަކުރި ނެލްސަންގެ ޕާޓީއިންވަނީ އިންތިހާބުގެ ނަތިޖާތައް ބަލައިނުގަންނަކަމަށް ބުނެފައެވެ. އެގޮތުން އިންތިހާބީ ކަންކަން ކުރެވިގެންދިޔައީ އަވަސް އަރުވާލައިގެންކަމަށާއި، ސައްހަ ކަން ކަށަވަރު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާ ނަތީޖާތަކެއް ބަލައިނުގަންނަކަމަށް ބުނެފައިވެއެވެ.  އަދި ކަންކަން ކުރިއަށްދާ ވަރަކުން އަޅަންވީ ފިޔަވަޅުތައް އާންމުނަށް އަންގަމުންދާނެކަމަށާއި ރައްޔިތުންނަށް ކާމިޔާބީ ހޯދައިދިނުމުގައި ފަސް ނުޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.

އެމަރސަންގެ އެންމެ އިސް އިންތިހާބީ އެޖެންޓު މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން، ސަރުކާރަށް ކުރެވިފައިވާ މަސައްކަތްތަކަކީ މެނިފެސްޓޯކަމަށެވެ. އަދި ޒިމްބާބުއޭގެ ރައްޔިތުން ނިންމާފައިވަނީ ބުއްދިވެރި ނިންމުމެއްކަމަށާއި، އެމެރސަން މުނަންގަގުވާއަށް އިންތިހާބު ކާމިޔާބުކުރެވިފައިވަނީ ސައުތު އެފްރިކަން ޑިވެލޮޕްމެންޓު ކޮމިޓީގައި އިސްކޮށް ހުންނަ ޒަމްބިއާގެ ކުރީގެ ނައިބުރައީސްގެ ފަރާތުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންދަނިކޮށްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

އެ ކޮމިޓީއިން ނެރިފައިވާ ބަޔާނުގައިވާގޮތުން، ޒިމްބާބުއޭގެ ގާނޫނުއަސާސީ އާއި އެއްގޮތްވާގޮތުގެމަތިން އިންތިހާބީ އިންތިޒާމުތައް ހަމަޖެއްސިފައިނުވެއެވެ. އެ ގައުމުގެ އިންތިހާބުގެ ކަންކަން ބެލުމަށް ގޮސްތިބި ބޭރު ގައުމުތަކުގެ އޮބްޒާވަރުންވެސް ވަނީ އެ ކޮމިޓީ އާއި އެއް ފަދައިން ޒިމްބާބުއޭގެ އިންތިހާބީ ކޮމިޝަނަށް ފާޑުކިޔާފައެވެ. އެގޮތުން ވޯތުގެ ކަންކަން ބެލެހެއްޓުމުގައި އެ މުއައްސަސާ ފެއިލްވިކަމުގެ އިތުރުން އެކްޓިވިސްނުން ހައްޔަރުކުރި މައްސަލަތަކާއި ގުޅިގެންވެސް ފާޑުކިޔާފައިވެއެވެ.

ޔޫރަޕިއަން ޔުނިއަނުގެ އޮބްޒާވަރުން ބުނާގޮތުން، އިންތިހާބުގެ ދުވަހު ބޮޑެތި މައްސަލަތަކެއް އުފެދިފައިނުވިނަމަވެސް، އިންތިހާބީ ކޮމިޝަންގެ މިނިވަންކަމާއި ޓްރާންސްޕެރެންސީގެ މައްސަލަތަކާއި ގުޅިގެން އިންތިހާބަށް ގޮންޖެހުންތައް ކުރިމަތިވެފައިވެއެވެ. އަދި އެ މުއައްސަސާއަށްވަނީ އާންމުގެ އިތުބާރު ހޯދުމަށް ލިބުނު ފުރުސަތުތައް ގެއްލިފައިކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: