ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޝިއާއަށް ބައިއަތު ހިފުމަށް ވެގްނާރ ގުރޫޕަށް އަމުރުކޮށްފި!

ވެގްނާ ގުރޫޕުގެ މަރުވެފައިވާ އިސްވެރިޔާ ޔިވްގެނީ އަދި ރަޝީއާގެ ރައީސް ޕުޓިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫކްރެއިން ހަނގުރާމައިގައި އެ ގައުމަށް ވާގިވެރިވުމަށްފަހު ދެކޮޅުވެރިވި އަސްކަރީ ޖަމާއަތެއްކަމަށްވާ ވެގްނާރ ގުރޫޕުގެ އިސްވެރިޔާ ޔިވްގެނީ ޕްރިގޯޒިން މަރުވެފައިވުމާއިއެކު، އެ ޖަމާއަތުން ރަޝިއާ އާއި ގުޅުމަށް ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިން އަންގަވައިފިއެވެ.

ބައިނައްލަގުވާމީ މީޑިއާތަކުން ބުނާގޮތުން، ރަޝިއާ އާއި ގުޅުމަށް އެއްބަސްވުންތަކެއް ގާއިމުކުރުމަށް ޕުޓިން ގޮވާލެއްވީ އެ ޖަމާއަތުގެ އިސްވެރިޔާ ޕްރިގޯޒިން ދަތުރުކުރަމުންދިޔަ މަތިންދާ ބޯޓު ވެއްޓި އޭނާ މަރުވެފައިވާކަމަށް ރިޕޯޓުތައް ކުރެވިފައިވުމާއިއެކުއެވެ. ރަޝިއާއިންވަނީ ޕްރިގޯޒިންގެ މަރާއި އެ ގައުމާއި ގުޅުމެއް އޮތްކަމަށް އެމެރިކާއިން ކުރަމުންދާ ތުހުމަތުތައް ދޮގުކޮށްފައެވެ. އެގޮތުން އެ ގައުމުގެ އޯޑަރެއްގެ މައްޗަށް ޕްރިގޯޒިން މަރާލެވިފައިވާ ވާހަކަތަކަކީ ބުހުތާނު ދޮގެއްކަމަށް ރަޝިއާއިން ބުނެފައިވާކަމަށާއި އެހެންނަމަވެސް އޭނާ މަރުވެފައިވާކަން ކަށަވަރުކުރެވޭނީ ޓެސްޓުތަކެއްގެ ނަތީޖާއަށް ފަހުކަމަށް ބުނާކަމަށް ރިޕޯޓުތަކުގައިވެއެވެ.

ޕުޓިންވަނީ އެ ވާހަކަތަކާއި ގުޅުވައި ވެގްނާރ ޖަމާއަތުގެ ސިފައިން އެ ގައުމާއި ގުޅުމަށް އަމުރެއް ނެރިފައިކަމަށާއި މި ނިންމުމަކީ އެ ޖަމާއަތާއި އެހެނިހެން އެފަދަ އަސްކަރީ ޖަމާއަތްތައްވެސް ރަޝިއާގެ ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމުގެ ގޮތުން ނިންމާފައިވާ ނިންމެއްކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. ރަޝިއާއިން އޮންލައިންކޮށްވެސް ޝާއިއުކޮށްފައިވާ އަމަރުގެ ދަށުން، އެ ގައުމުގެ އަސްކަރިއްޔާގެ ފަރާތުން ޔޫކްރެއިންގައި ހިންގަމުންދާ ހާއްސަ އޮޕަރޭޝަންގައި ބައިވެރިވާ އެންމެހާ މީހުންވެސް ރަސްމީގޮތުން ރަޝިއާއަށް ބައިއަތު ހިފަން ޖެހެއެވެ. އަދި އިސްކޮށް ތިބޭ މީހުންގެ އިރުޝާދުތަކަށް ފަސްނުޖެހި އަމަލުކުރަންޖެހޭނެކަމަށް ވެސް ބުނެފައިވެއެވެ. ރަޝިއާގެ ނޫސްތަކުން ބުނާގޮތުން، އެ އަމުރަކީ އެ ގައުމުގެ ސަލާމަތީ ބާރުތަކުގެ .ދީނީ އަދި އަހުލާގީ އަސާސްތައް ބިނާކުރުމުގެ ގޮތުން އެޅިފައިވާ ފިޔަވަޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: