ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެން.ޑީ.އެމް.އޭ އިން ފެންހިއްކާ ޕަމްޕު 5 ކައުންސިލަކާއި ހަވާލުކޮށްފި

ފޮޓޯ: އެން.ޑީ.އެމް.އޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށްރަށުގެ ވިލުންވެރިކަން އިތުރުކުމަށް ސަރުކާރުން ދެއްވާ ހާއްސަ އަޙައްމިޔަތުގެ ދަށުން ޑީވޯޓަރިންގ ޕަމްޕު ފޯރުކޮށްދިނުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން އެކުލަވާލެވުނު ޕްރޮޖެޓްގެ ދަށުން ފެންހިއްކާ ޕަމްޕު ހަވާލުކުރުމަށް ހަމަޖެހިފައިވާ ފުރަތަމަ  05 ރަށުގެ ކައުންސިލާއި އެތަކެތި ހަވާލުކޮށްފި.

އެން.ޑީ.އެމް.އޭ އެކުލަވާލި ޑީ- ވޯޓަރިންގ ޕަމްޕް ފޯރުކޮށް ދިނުމުގެ ޕްރޮޖެކްޓްގެ ދަށުން ފެންހިއްކާ ޕަންޕާއި އޭގެ އެސެސަރީސް ހަވާލުކުރި 5 ރަށަކީ ބ. މާޅޮސް، ބ. ކެންދޫ، ބ. ތުޅާދޫ، ޅ.ނައިފަރު އަދި ޅ.ހިންނަވަރެވެ. އަދި މި ރަށްތަކުގެ ކައުންސިލާއި މި ތަކެތި ހަވާލުކޮށްދިނުމަށްޓަކައި އެން.ޑީ.އެމް.އޭ އާއި މިނިސްޓްރީ އޮފް ޑިފެންންސް އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގެ ވަފުދެއް ވަނީ އޮގަސްޓް މަހުގެ 27 އިން 29 އަށް މި ރަށްތަކަށް ޒިޔާރަތްކޮށްފައެވެ.

މި ވަފުދުގައި މިނިސްޓްރީ އޮފް ޑިފެންސްގެ ފަރާތުން ޗީފް ގެސްޓެއްގެ ގޮތުގައި ކައުންސިލްތަކަށް ތަކެތި ހަވާލުކޮށްދެއްވާފައި ވަނީ މިނިސްޓްރީ އޮފް ޑިފެންސް ގެ ނައިބުރައީސް އަލްފާޟިލް ހުސެން ޒާހިރުއެވެ. އެމަނިކުފާނުގެ އަރިހުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އަލްފާޟިލް ޙިސާން ހަސަން އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުލް ރަހީމް ޢަބްދުލް ލަތީފް އާއި އެމް.އެން.ޑީ.އެފް ނޮދަން އޭރިޔާ ކޮމާންޑްގެ އިސްއޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެން.ޑީ.އެމް.އޭ އިން ވަނީ ކާރިސާތަކުގެ ސަބަބުން އާންމު ފަރުދުންގެ ގެދޮރާއި މުދަލަށް ލިބޭ ގެއްލުންތަށް ކުޑަކުރުމަށް ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ގައި ހިމަނައިގެންނެވެ. ފެންބޮޑުވުމުގެ ހާދިސާތައް ތަކުރާރުކޮށް ދިމާވާ އަދި  ބޮޑެތި ގެއްލުންތަކެއް ތަޙައްމަލް ކުރަންޖެހޭ ރަށްތަކުގެ ތެރެއިން އެފަދަ ވަޞީލަތެއް ނެތް 18 ރަށެއް އެކަށައަޅައި އެކަމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކޮށް ދިނުމުގެ ޕްރޮޖެކްޓެއް އެކުލަވާލައި އެކަން އެން.ޑީ.އެމް.އޭ އިން ގެންދަނީ ވިލަރެސް ކުރަމުންނެވެ.

މި ޕްރޮޖެކްޓަކީ ފެންބޮޑުވާ ރަށްރަށުގެ ވިލުންވެރިކަން އިތުރުކުރުމަށް ވަޞީލަތްތައް އެކަމަށް އެންމެ ބޭނުންޖެހިފައިވާ ރަށްތަކަށް އިސްކަންދީގެން ސަރުކާރުން ޤާއިމްކޮށްދިނުމަށް ހިންގޭ މިފަދަ އެންމެ ބޮޑު ޕްރޮޖެކްޓެވެ. މިގޮތުން މިޕްރޮޖެކްޓަށް ދައުލަތަތުން 1,406,149.70ރ ހޭދަކުރައްވާފައިވެއެވެ.

މި ޕްރޮޖެކްޓަގެ ދަށުން ޑީޥޯޓަރިން ޕަމްޕު އަދި އޭގެ އެސެސަރީސް ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ ބާކީ 13 ރަށަށް ބޭނުންވާ ވަޞީލަތްތައް އެރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް އެން.ޑީ.އެމް.އޭ އިން ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: