ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

59 ރަށެއްގައި ޕީޕީއެމްއަށް މެޖޯރިޓީ އޮތްއިރު ބާކީ ހުރިހާ ރަށެއް ވަނީ އެމްޑީޕީއާއި އެކު: ރައީސް

ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ 187 ރަށެއްގެ ތެރެއިން 59 ރަށެއްގެ މެޖޯރިޓީ ޕީޕީއެމްއަށް އޮތްއިރު ބާކީ ހުރިހާ ރަށެއްގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

2023 ގެ ރިޔާސި އިންތިހާބަށް ކުރައްވާ ދަތުރުގައި ލ. ފޮނަދޫގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޔާމީންގެ ސަރުކާރުގައި ކެމްޕެއިން ކުރުމަށް ފުރުސަތު އެ ސަރުކާރުން ނުދެއްވާކަމަށްށެވެ. އެ ސަރުކާރުން އޭރު ރައީސްއަށް ގިނަ އުނދަގޫތަކެއް ކުރިމަތިކުރުވި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެ އުނދަގުލާއެކު ކެމްޕެއިނަށް ވަޑައިގެން ވެވަޑައިގެންފަވާ ވައުދުތަށް މިއަދު ތަންފީޒުކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅަވީ ޔާމިންގެ ސަރުކާރާއި ހިލާފަށް އެމަނިކުފާނުގެ ވެރިކަމުގައި ބަސް ބުނުމުގެ މިނިވަންކަންދެއްވާ، ސިޔާސީ ހަރަކާތްތަށް ހިންގޭނެ ޖާގަދެއްވާފއިވާކަމާއި އަދި ސަރުކާރުން ކަންކުރަމުންދާ ގޮތަށްވެސް ބަސް ބުނުމުގެ މިނިވަން ކަން ދެއްވާފައިވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އިދިކޮޅުގެ ވިސްނުމާއި އެމްޑީޕީގެ ވިސްނުން ވަަރަށް ބޮޑުތަނުން ތަފާތު ކަމަށެވެ. އަދި އިދިކޮޅުގެ ވިސްނުން ހުންނަ ގޮތް އެނގިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކޮންމެ ބައެއްގެ މެޖޯރޮޓީ ރަށު ކައުންސިލްތަކުގައި އޮތްނަމަވެސް ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމަށެވެ. ތަރައްގީއަކީ ވަކި ޕާޓީއަކަށް ބަލައިގެން ގެނެސްދޭން ޖެހޭ އެއްޗެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ލ އަތޮޅަކީ ފަތުރުވެރިކަމަށް އެންމެ ފައްކާވެފައިވާ އަތޮޅު ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ގަން ފޮނަދޫ އަށް ފަތުރުވެރިން ގެނައުމަށްޓަކައި ގިނަ މަސައްކަތް ތަކެއް ކޮށްދެއްވާނެ ކަމަށެވެ. އޭގެ ތެރެއިން ގަމުގެ އެއާޕޯޓު އިންޓަރނޭޝަނަލް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަަދި ފޮނަދޫގައި ރީޖަނަލް މުބާރާތްތަށް ބޭއްވޭ ވަރަށް އެރަށުގައި ސްޕޯޓސް ކޮމްޕްލެކްސް އެއް ގާއިމް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. ފަތުރުވެރިން އެ އަތޮޅަށް ގެނެސްދެއްވުމަށް ކުރަންހުރި މަސައްކަތްތަށް ނިމުމުން ސްޕޯޓްސް ޓޫރިޒަމް އަދި މެޑިކަލް ޓޫއަރިޒަމް އަށް ޖާގަދެވިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ފޮނިދޫއަސް ރައީސް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި އެރަށަށް ޔުނިވަސިޓީގެ ފެކަލްޓީތަށް ބަދަލުކޮށްދެއްވުމާއި، ރަށުގައި ސަރުކާރުގެ ގިނަ އޮފީސްތަށް ހުރުމާއެކު ހުރިހާ އޮފީހެއް އެއްފުރާޅެއްގެ ދަށަސް ގެނެސްދެއްވާ އޮފީސް ކޮމްޕްލެކްސް އެއް އަޅައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ސްކޫލަށް ބޭނުންވެފައިވާ ވަސީލަތްތަށް ފޯރުކޮށްދެއްވާނެ ކަމަށާއި، ރަށުގެ ބާކީ ތާރު ނާޅާ ހުރި ހުރިހާ މަގެއް ތާރުއެޅައިދެއްވާނެ ކަމަށާއި، ފޮނަދޫގެ ސިއްހީ މަރުކަޒު މިނި ހޮސްޕިޓަލް އަކަށް ބަދަލުކޮށްދެއްވާނެ ކަމަށާއި، ރަށުގެ ބަނދަރު ޒަމާނީ ފެންވަރަށް ބަދަލުކޮށްދެއްވާނެ ކަމަށާއި، ބަރާސިލް އަވަށުގައި މޫދަށް އެރޭނެ ސަރަހައްދެއް ގާއިމްކޮށް އަދި ޒުވާނުން ބޭނުންވާ ގޮތަށް އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެއްގާއިމްކޮށްދެއްވާނެ ކަމަށް ރައީސްވައުދުވެވަޑައިގެންފައި ވެއެވެ.

ވަރަށް ގަދަ
3%ވަރަށް ގަދަ 23%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 3%ވަރަށް ދެރަ 66%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: