ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިނގުރައިދޫ މަގު ހެދުމަށް އިއްޔެ ސޮއި ކުރުން؛ މުއިއްޒު ސުވާލު އުފެއްދީ އިހުލާސްތެރިކަމާއި މެދު!

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގެ ދައުރުގެ ފަހުކޮޅު، އިންތިހާބަށް ހަފްތާއަކަށް ވުމުން ރަށްތަކުގެ އެކި މަޝްރޫއުތަކުގައި ސޮއި ކުރުމަކީ އިހުލާސްތެރިކަމެއް ނޫންކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓާއި ދެމެދު ބާކީ 10 ދުވަސް އޮތް އިރު، މުއިއްޒު މިވަގުތު ކެމްޕެއިނަށް ވަޑައިގެން ހުންނެވީ ރ، ބ، ޅ ގެ އަތޮޅުގެ ރަށްތަކަށެވެ. ވަގުތު ނެތުމުގެ ސަބަބުން ހުރިހާ ރަށަކަށް ދަތުރު ކުރުމުގައި ދަތިތަކެއް ހުރި ނަމަވެސް މުއިއްޒު އެދިވަޑައިގަތީ ކޮންމެ ރަށެއްގެ ވެސް ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް އަދި އެ ރައްޔިތުން ބޭނުންވާ ބަދަލުތައް ހިއްސާ ކުރެއްވުމަށެވެ.

ކެމްޕެއިނުގައި މިއަދު ރ. އިނގުރައިދޫއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ މި ސަރުކާރުން ތަރައްގީ ގެނައުމަށް ކުރާ އެއްވެސް މަސައްކަތެއް ނެތް ކަމަށެވެ. އަދި އިހުލާސްތެރިކަމާއި މެދު ސުވާލު އުފެއްދި އެވެ. މި ރަށުގެ މަގު ހެދުމަށް އިއްޔެ ސޮއިކޮށްފައިވާތީ އެކަމަށް ފާޑުކިއުން އަމާޒުކޮށް މުއިއްޒު ވިދާޅުވީ ރަށަކަށް އެންމެ ބޭނުންޖެހިފައިވާ ކަންކަން ސަރުކާރަކަށް ރޭކާލާން ޖެހޭނީ އިންތިހާބަށް ހަފްތާއަކަށްވުމުން ނޫން ކަމަށެވެ. ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ނުގެނެސް، އިންތިހާބު ބޯމަތިވުމާއި އެކު ގާއިމު ކުރާ ކޮންމެ އެއްބަސްވުމަކީ އިހުލާސްތެރިކަމެއް ނެތްކަމުގެ ހެއްކެއްކަމުގައި މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ތަފާތު ދެ ދައުރެއްގައި ތަރައްގީ ގެނައުމުގައި އަމަލު ކުރާގޮތާއި، އެ ގެނެސްދޭ ގޮތް ރައްޔިތުންނަށް ފެނިފައިވާ ކަމަށެވެ. އެއީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެހެންވީމަ ރައްޔިތުން ގޮތް ނިންމަން މިއޮތީ ދިހަ ދުވަސް، ނުވަތަ ވަނަ ދުވަހު ވޯޓުލުން މިއޮތީ.. ނިންމަން މިއޮތީ ވަރަށް ފަސޭހަ ނިންމުމެއްހެން އަޅުގަނޑަށް ހީވަނީ.. ތަރައްގީ ޔަގީން ނުވާނެ ނިންމުންތޯ، ތަރައްގީ ޔަގީނުން ވެސް ޔަގީންވާނެ ނިންމުން ތޯ ނިންމަވާނީ

ރައްޔިތުންނަށް ތަކުރާރުކޮށް ދޭން އޮތް ޔަގީންކަމަކީ މުއިއްޒު ވިދާޅުވީ، ތަރައްގީ ކަށަވަރުކޮށްދީ ވެފައިވާ ވައުދުތައް ފުރިހަމަކޮށްދޭނެކެމެވެ. އަދި އެ އުންމީދުތައް ހާސިލުކޮށްދިނުމުގައި ދުވަހަކު ވެސް ފަސްނުޖެހި ކުރިޔަށް ދާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

އަތޮޅުތަކަށް ކުރެއްވި ދަތުރުގެ ތެރެއިން، ވަރަށް ހޫނު މަރުހަބާއަކާއި ތާއީދެއް ފެނިގެން ދިޔަ ރ. އަތޮޅަށް ވަރަށް ބޮޑު އުންމީދެއް އެބައޮތްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ މެޖޯރިޓީ ރައްޔިތުން ދޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ.

ޖަލްސާގައި މުއިއްޒު ވިދާޅުވީ، ކޮންމެ ރަށެއްގައި ވެސް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް އެންމެ ފުރަތަމަ ސިޔާސަތު ކަމަށެވެ.

އާދެ ދެންމެ އަޅުގަނޑަށް މައުލޫމާތު މި ލިބުނީ އިއްޔެގަ ސޮއިކޮށްފިޔޯ މި ރަށުގައި މަގު ހަދަން.. އަދި މި ދައުރުގައި ބާކީ އެބައޮތް ދެތިން މަސް.. ނޮވެމްބަރު މަހާއި ހަމައަށް ވެސް ސޮއި ކުރެވޭނެ.. އެހެން ނަމަވެސް މި ދަންނަވަން އުޅޭ ވާހަކައަކީ އިހުލާސްތެރިކަމެއް އޮންނަން ޖެހޭނޭ.. މަގު ހަދަން ޖެހޭކަން، މަގު ހަލާކުވެފައި އޮތްކަން އެނގެން ޖެހޭނީ ދައުރު ނިމެން ކައިރިވީމައެއް ނޫން.. އެނގޭނެ ކޮން ރަށެއްގަ ކޮންކަމެއްކަން ކުރަން އޮތި، އަޅުގަނޑުމެން ކަން ކުރަނީ އެހެންނެއް ނޫން، އަޅުގަނޑުމެން އަންނަނީ ޕްލޭނެއް ހިފައިގެން

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އިނގުރައިދޫގެ މަގު ހެދުމުގެ މަޝްރޫއުގައި ސޮއި ކުރިވަގތު ވެސް މުއިއްޒު އުޅުއްވީ އެ އަތޮޅުގެ ކެމްޕެއިނުގަ އެވެ. 600 ދުވަހުން ނިންމާލާ ގޮތަށް ހަވާލު ކުރި މި މަޝްރޫއުގެ އަގަކީ 56 މިލިއަން ރުފިޔާ އެވެ. މި މަޝްރޫއުގެ ދަށުން 1.9 ކިލޯ މިޓަރުގެ މަގުގައި ތާރު އެޅުމާއި، މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމް ކުރުމުގެ އިތުރުން މަގުތަކުގައި ބައްތި ޖެހުމަށް ވަނީ ހަމަޖެހިފަ އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އިދިކޮޅުން ރައްޔިތުންނާއި ހަމައަށް އަންނަނީ ވަރުގަދަ ޕްލޭނަކާއި އެކު އެވެ. އެ ޕްލޭންގައި ކޮންމެ ރަށަކަށް ވެސް އެންމެ ބޭނުން ޖެހިފައިވާ ކަންތައްތަކަކީ ކޮބައިތޯ ދެނެގަނެ އެކަމުގެ ދިރާސާތައް ހަދައި، ހައްލު ކަރުދާހަކަށް ގެންނަކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެ ޕްލޭން އެކުލަވާލަނީ އިގްތިސާދު އޮތް ހާލަތު ބަލައި، މަޝްރޫއަކަށް ފަހު ލިބޭނެ އާމްދަނީ ވެސް ހޯދައިގެންކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ހަރަދުތައް ކުރާނެ ގޮތް ވެސް ބަލާކަމަށް ވިދާޅުވި އެވެ.

މަގުތައް ހެދުމާއި، ބަނދަރު ހެދުން، ތައުލީމީ ނިޒާމު ހަރުދަނާ ކުރުންފަދަ އެތައް މަޝްރޫއުއެއް ކުރިޔަށް ގެންދާނީ މުއިއްޒު ވިދާޅުވި ގޮތުގައި ދައުރުގެ ކުރީކޮޅު އެވެ. އަދި އާބާދީއަކަށް ބެލުމެއް ނެތި، އެއް ހަމައަކުން ހުރިހާ ރަށެއްގެ ވެސް މަސައްކަތް ކުރިޔަށް ގެންދާނެކަމަށް ވިދާޅުވި އެވެ.

މުުއިއްޒު ވަނީ އިނގުރައިދޫގެ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަމަށް ހައްލު ގެނެސް، ބިން ހިއްކުމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލައި، ރޯ ހައުސް އާއި ފްލެޓު އެޅުމުގެ ޔަގީންކަން ދެއްވާކަމަށް ވިދާޅުވެފަ އެވެ.

ރ. އަތޮޅަކީ ފަތުރުވެރިކަމަށް ހާއްސަ ރަށެއްކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ، އަމާޒަކަށް ވާނީ އަތޮޅުގައި އެންމެ މަދުވެގެން ވެސް 10 ވަރަކަށް ރިސޯޓު ހެދުން ކަމަށެވެ. އަދި އެ ހުރިހާ ވަސީލަތަކާއި އެކު ދެން މި ސަރަހައްދަށް އިތުރު ރިސޯޓެއް ބޭނުންވާކަން ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: