ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަފާތު ކުރުމެއް ނެތް؛ މުއިއްޒު ދެއްވީ ތަރުތީބުވެފައިވާ ތަރައްގީއެއްގެ ޔަގީންކަން

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރަށްތަކުގެ ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ އެއްވެސް ތަފާތު ކުރުމެއް ނެތި ތަރުތީބު ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ތަރައްގީ ގެނައުންކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ސިޔާސަތަކީ ކުދި ރަށްތަކާއި ބޮޑެތި ރަށްތައް ތަފާތު ކުރުމެއް ނެތި ތަރައްގީ ގެނައުން ނަމަވެސް ބައެއް ފަހަރަށް އާބާދީ ބޮޑެތި ރަށްތަކުގައި އަސާސީ ހިދުމަތްތައް ފުރިހަމަ ގޮތުގައި ތަންފީޒު ނުވެ އޮވުމުގެ ކަންބޮޑުވުން އޮވެ އެވެ.

ރާއްޖޭގެ އާބާދީގެ ނިސްބަތުން ބޮޑެތި ރަށްތައް ހުއްޓައި ވެސް، އެ ރަށްތަކަށް މާބޮޑު ސަމާލުކަމެއް ނުދޭތީ މުއިއްޒު ވަނީ މީގެ ކުރިން ވެސް ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ.

މެނދުރުގެ އެންމެ ހޫނު ވަގުތުގައި ވެސް ބ. ކެންދޫއިން އާންމުން ނިކުމެ ކީ މަރުހަބާއަށް މުއިއްޒު ދެއްވީ ރައްޔިތުންގެ ހުރިހާ އުންމީދެއް ވެސް ފުރިހަމަކޮށްދެއްވާނެކަމުގެ ޔަގީންކަމެވެ.

މުއްޒު ވިދާޅުވީ ރަށްތަކަށް ތަރައްގީ ގެނައުމުގައި އެއްވެސް ތަފާތު ކުރުމެއް އޮވެގެން ނުވާނެކަމަށާއި، ރަށުގެ ކޮންމެ ރައްޔިތަކަށް ވެސް ދޭން ބޭނުންވާ ޔަގީންކަމަކީ ތަރުތީބު ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ.

މީގެއިތުރުން މުއިއްޒު ވިދާޅުވީ ތަރައްގީ ގެނެސްދޭނީ ތަރަގީގެ ފިކުރުގެ މީހުން ކަމަށެވެ. މިއާއިއެކު ވިދާޅުވީ ރައްޔިތުންނަށް ތަރައްގީ ހާސިލްކޮށްދެއްވާނެ ކަމަށެވެ. އެހެން ރަށްތަކަކީވެސް އެއީ އާބާދީގެ ގޮތުން އެކި އަދަދުތަކުގެ މީހުންއުޅެ ރަށްތައް ވިޔަސް ހަމަހަމަ ރައްޔިތުން ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ރައްޔިތުން ކަމަށްވާއިރު، ކޮންމެ ރަށެއްގައި އުޅުންނަމަވެސް އެރަށަކަށް ބޭނުންވާ ކަންތައްތައް ހާސިލްކޮށްދެވެންވާނެކަމަށެވެ.

ތަރައްގީ ގެނެއުމުގައި އަޅުގަނޑުމެންގެ އެއްވެސް ތަފާތު ކުރުމެއް ނެތް

މުއިއްޒު ވިދާޅުވީ ކުރިޔަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ކުރަން އޮތީ ބުރަ މަސައްކަތެއްކަމަށާއި، އުންމީދަކީ އިންތިހާބުގެ ދެވަނަ ބުރަކަށް ނުގޮސް ނިންމާލެވުން ކަމަށެވެ. އަދި އެ ޔަގީންކަން އޮތް ސަބަބަކީ މުއިއްޒު ވިދާޅުވި ގޮތުގައި މިހާތަނަށް ދަތުރު ކުރެއްވި ކޮންމެ ރަށަކުން ވެސް ލިބުނު ތާއީދާއި އެއްބާރުލުމުންނެވެ.

އިންތިހާބަށް ކުޑަތަންވެފައިވާއިރު، މުއިއްޒު ވިދާޅުވީ ހުރިހާ ރަށަކަށް ވަަޑައިގެން ބައްދަލު ކުރެވޭނެހާ ވަގުތެއް ނެތް ކަމަށެވެ. އެކަމަކު ރައްޔިތުންގެ ކަންބޮޑުވުމެއް، ނުވަތަ ޝަކުވާއެއް އޮތްނަމަ، އެކަން ހުށަހެޅުއްވުމުން ހައްލުކޮށް މެނިފެސްޓޯ ވައުދުތަކުގެ ގޮތުގައި ހިމަނުއްވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ތަކުރާރުކޮށް މުއިއްޒު ވިދާޅުވީ ރައްޔިތުންނަކީ ހަމަހަމަ ބައެއް ކަމާއި، ދިވެހި ރާއްޖޭގެ ހުރިހާ ރަށެއްގައި އުޅޭ ހުރިހާ ދިވެހި ރައްޔިތުންނަކީ ވެސް އެ ރައްޔިތުންނަށްޓަކާ ސަރުކާރުން ކަންކަން ފަހިކޮށްދޭން ޖެހޭނެ ބައެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: