ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒުގެ ވެރިކަމެއްގައި ރަމަޟާން މަހުގެ ފަހު 10 ސަރުކާރު ބަންދު ވާނެ!

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ މަހުގެ 09 ގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު 10 އެއް ސަރުކާރު އެއްކޮށް ބަންދުވާނެކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގެ ވޯޓާއި ދެމެދު ބާކީ ނުވަ ދުވަސް އޮތް އިރު، ކެމްޕެއިން ހަރަކާތްތަކަށް މުއިއްޒު މިވަގުތު ހުންނެވީ ބ. އަތޮޅުގަ އެވެ. މި ދަތުރުފުޅުގެ ތެރެއިން ކޮންމެ ރަށަކަށް ވަޑައިގެން ވެސް މުއިއްޒު ރައްޔިތުންނަށް ދެއްވާފައި ވަނީ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭނެކަމުގެ ޔަގީންކަމެވެ. އަދި ބޭނުންވާ ތަރައްގީ ގެނައުމުގެ ވައުދާއި އެކު އެދިވަޑައިގަތީ ރައްޔިތުން އިތުބާރުކޮށް މިދިޔަ ވެރިކަމުން މިސާލު ނެންގެވުމަށެވެ.

މިރޭ އޮތް ބ. އޭދަފުށި ޖަލްސާގައި މުއިއްޒު ވަނީ، ޖުމްލަ ގޮތެއްގައި މެނިފެސްޓޯގައި ހިމަނާފައިވާ ސިޔާސަތުތަކުގެ ތަފްސީލުތައް ދެއްވާފަ އެވެ. އެގޮތުން މުއިއްޒު ވިދާޅުވީ ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ތިބި ބައެއްކަމަށާއި ދިވެހިންގެ ހުރިހާ ކަމެއް ވެސް ބިނާވެގެން ވަނީ އިސްލާމް ދީނުގެ ސިޔާސަތުތަކުގެ މައްޗަށް ކަމަށެވެ. ހާއްސަކޮށް ބަރަކާތްތެރި ރަމަޟާން މަހުގައި ދީނީ އަޅުކަމަށް ހާއްސަ އިސްކަމެއްދޭކަން ފާހަގަ ކުރި އެވެ.

އަޟްހާ އީދު ފާހަގަ ކުރުމަށް، މާލޭގެ މަގުތައް ޒީނަތްތެރި ކުރުމާއި އެކު ތަކުބީރުގެ އަޑުން މުޅި މާޅެ ގުގުމާލުމުން އެކަން އެތައް ރައްޔިތުންނެއް ބަލައިގަތްކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ އެފަދަ ކަންކަން ތަކުރާރުވުމަށް ރައްޔިތުން ބޭނުންވާ ކަމަށެވެ. ސްޕީކަރުތަކުން ތަކުބީރުގެ އަޑު އިވުން ވެގެން ދިޔައީ ގިނަ ބަޔަކަށް އޭގެ ހިތްހަމަޖެހުން ގެނުވިކަމަކަށް ކަމުގައި ވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ބައެއް ފަހަރު ދީނާއި ގުޅުން ހުރި، ރައްޔިތުންގެ ހިތްހަމަޖެހޭ ކަންކަމާއި އެކު އެކަމަށް އުނދަގޫވެ ހިތްހަމަނުޖެހޭ ބަޔަކު ވެސް ތިބެދާނެ ކަމަށެވެ. އެކަމަކު ފަސް ޖެހުމެއް ނެތްކަމަށާއި، ވެރިކަން ލިބިވަޑައިގެންފި ނަމަ ރަމަޟާން މަހުގެ ފަހު 10 އެއީ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ހަމަޖައްސަވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ސަރުކާރެއްގައި، ގަސްދު ކުރަނީ ރަމަޟާން މަހުގެ ފަހު 10 އެއް އެއީ ސަރުކާރު އެއްކޮށް ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅުމަށް

މި ބަދަލާއި އެކު މުއިއްޒު ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ރޭ އަޅުކަމަށް ވަގުތު ދެވޭނެ އެވެ. އަދި އެ ދުވަސްތަކުގައި އުމްރާ އަޅުކަމަށް ދާން ބޭނުންވާ ރައްޔިތުންނަށް ވެސް ފަސޭހަތައް ލިބިގެންދާނެކަމަށް ފާހަގަކުރި އެވެ.

މީގެއިތުރުން މި ދުވަސްތަކުގައި ސްކޫލު ކިޔެވުންތައް ބަންދުވާނެކަމަށާއި، އެކަމަކު އަށަކުން މަތީގެ ކްލާސްތަކުގެ ދަރިވަރުންނަށް ވަކި ނިޒާމެއްގެ ތެރެއިން ތައުލީމު ފުރިހަމަ ކުރެވޭނެ ގޮތް ކަނޑައެޅިދާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: