ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްގީގެ ބިންގާ އެޅިއްޖެ، ދެންއޮތީ ”އަސްލު“ ތަރައްގީ ގެނެސްދިނުން: ރައީސް

ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދައުރުގައި އަސާސީ ހިދުމަތްތަށް ފޯރުކޮށްދެއްވާ ދެން އަންނަ ދައުރެއްގައި ”އަސްލު“ ތަރައްގީ ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވިއެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް ކުރައްވާ ދަތުރުފުޅުގައި ޅ.އޮޅުވެލިފުއްޓަށް ކުރެއްވި ދަތުރުގައި ރައީސް ވިދާޅުވީ ހަމަޖެހިގެން ދިރިއުޅެވޭނެ ގޮތަށް ރަށްތައް އޮތީ ރައީސްގެ ދައުރުގައި ކަމަށެވެ. އެމަނިކުފާނު މިދައުރުގައި އަޅައިދެއްވާފަ މި ވަނީ ހަމައެކަނި ބިންގާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެރަށަކީ ދޫކޮށްލައި، އެކަހެރި ކޮށްފައިވާ ރަށެއް ކަމަށެވެ. އެމަނިކުފާނުގެ ސިޔާސީ ހަޔާތުގެ 5 ދައުރުގައިވެސް ކުރިން ވެސް މަސައްކަތްޕުޅު ކުރައްވަމުން ވަޑައިގަތީ އެރަށަށް ރަނގަޅު ގޮތްތަށް ހޯދައިދޭން ކަމަށް ރާއީސް ވިދާޅުވިއެވެ.

އެރަށުގެ ރައްޔިތުން އޭރު ދައްކަމުން ދިޔަ ވާހަކައަކީ އޭރުގެ ސަރުކާރުގެ ތަފާތުކުރުންތަށް ގިނަ ވާހަކަ ކަން ރައީސް ވިދާޅުވިއެވެ. އަސާސީ ހިދުމަތް ތަކުން އެއްކިބާކުރެވި، ބަނދަރުގެ ދަތިކާމާއި، ސިއްހީ ހިދުމަތަތަށް ނެތުމާއި އަދި އެރަށުން ރަނގަޅު ތައުލީމުވެސް ލިބެން އޭރު ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ 5 އަހަރު ތެރޭގައި ރާއްޖެއަށް އިންގިލާބީ ބޮޑު ބަދަލުތަކެއް ގެނެސްދެއްވާފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.

ގައުމެއްގެ ތަރައްގީގެ މޭވާ އަކީ އެގައުމެއްގައި އަމާން ކަމާއެކު އުފާވެރި ދިރިއުޅުމެއް އުޅުން ކަމުގައި ރައީސް ވިދާޅުވިއެވެ. އެހެން އެކަން ނުވާނަމަ އެއީ ތަރައްގީވެފައި އޮތް ގައުމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖެއަށް ވުރެ ފުދުންތެރި ގައުމުތަށް ހުރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ނަމަވެސް އެގައުމުތަކުގެ ރައްޔިތުން ބިކަހާލުގައި އުޅެމުން ދާކަމެވެ. ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި ރައްޖެއަކީ ވެސް ފުދުންތެރި ގައުމެއްކަމަށް ވިދާޅުވިއެވެ. ދައުލަތަށް ފައިސާ އޭރުވެސް ލިބުން ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ކުރީގެ ސަރުކާރުން ގެންގުޅުއްވި ސިޔާސަތުގެ ސަބަބުން ތަރައްގީ އަންނަންޖެހޭ ބާރުމިނުގައި ތަރައްގީ ނާންނަ ކަމަސް ވިދާޅުވިއެވެ.

އޮޅުވެލިފުށީގައި އޭޓީއެމް އަކާއި، އެރަށުގެ މިސްކިތެއް ގާއިމްކޮށްދެއްވާނެ ކަމަށާއި، ބޮޑު ފިނޮޅު ޓޫރިޒަމް އަށް ކަނޑައަޅައި، އަދި ރަށް ކައިރީގައި ޕިކްނިކް އައިލެންޑެއް ގާއިމްކޮށްދެއްވާނެ ކަމަށްވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: