ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިންނަވަރުދާއިރާގެ މެންބަރު ޖީހާންގެ ތައުރީފު ރައީސްއަށް!

ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތާރީހް ލިޔާނަމަ ލިޔެވެން އޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ މައްޗަށް ކަމަށް ވިދާޅުވެ ހިންވަރުދާއިރާގެ މެންބަރު ޖީހާން މުހައްމަދު ރައީސް އަށް ތައުރީފު ކުރައްވައިފިއެވެ.

މިމަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ކުރަށްވާ ދަތުރުފުޅުގައި އަމިއްލަފުޅު ރަށަށް ރައީސް ވަނީ ވަޑައިގަންނަވާފައެވެ. ޅ. ހިންވަރުގައި ބެއްވި ޖާލްސާގައި ޖީހާން ވިދާޅުވީ އޭނާ މަޖިލީހުގައު ހޭދަކުރެއްވި ކޮންކެ ދުވަހެއް، ކޮންމެ ސަފްހާއެއް އަދި ކޮންމެ ބާބެއް ރައީސް އަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ޖީހާން ވިދާޅުވީ އެކަމުގައިވާ ހިތާމަޔާއި އަދި އުފާތަށް އަޑުއައްސަވަން ހުންނަވާ ބޭފުޅަކީ ރައީސް ކަމުގައެވެ.

ހިންނަވަރު ދާއިރާގެ މެންބަރި ޖީހާން ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރަން އެނގިވަޑައިގެންނެވި ވެރިއެއް ރައީސް ސާލިހް ފިޔަވާ ނެތްކަމަށެވެ. އޭނާ ވިދާޅުވީ އަނިޔާވެރި ވެރިކަމެއް ދެކެފައިވާކަމަށާއި، އަނިޔާވެރި ދައުރެއް ދެކެފައިވާކަމަށާއި، ވަގެއްގެ ދައުރެއް އަދި ބަޣާވާތުގެ ދައުރެއްވެސް ދެކެފައިވާކަމަށެވެ. އަމިއްލަ އެދުމާއިހެދި އެހެން މީހުންގެ އަޑުއަހަން ނޭންގޭތީ އެމްޑީޕީއަށް ލުބުނު ވެރިކަން ވެއްޓިގެން ދިޔަ ދައުރެއްވެސް ދެކެފައިވާއިރު މިހާރު ދެކެމުން އެދަނީ އޯގާތެރި ވެރިއެއްގެ ދައުރެއް ކަން ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ ދެކެމުން އެއަންނަނީ ފަހުރުވެރި އޯގާތެރި ހިންނަވަރުގެ ވެރިކަމެއް ކަމަށެވެ. ތާރީހް ލިޔާ މީހުންނަށް އެންމެ ގިނަ ސަފްހާ ލިޔެވޭނީ ރައީސް ގެ ދައުރުގެ މައްޗަށް ކަމަސްވެސް އޭނާ ވިދާޅުވިއެވެ. ރައީސް ކޮށްދެއްވާފައިވާ ގިނަ ކަންކަން ފާހަގަކުރައްވާ ޖީހާން ވިދާޅުވީ ދިވެހިރާއްޖޭގައި އެންމެ ގިނަ ބަނދަރާއި، ނަރުދަމާއާއި، ހިލޭ ތައުލީމުގެ ހިދުމަތާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭ އިނާޔަތް ތަކާއި، އެންމެ ގިނަ މީހުންނަށް ތެރަޕީ ދިނުމާއި، އެންމެ ގިން އެއާޕޯޓާއި، ފެރީގެ ދަތުރާއި، ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް ރައީސް ވަނީ ކޮވިޑްގައި ގެނެސްދެއްވާފައި ކަމަށާއި އަދި ލޯނު ދީގެން ރައްޔިތުން ފައިމައްޗަށް ކޮޅަށް ނެންގެވިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: