ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަދަ ހޫނުގައި ނިކުމެ މާމެންދޫއިން މުއިއްޒަށް މާފަތީގެ ހޫނު މަރުހަބާއެއް!

މާމެންދޫއިން މުއިއްޒަށް ކީ މަރުހަބާގެ ތެރެއިން. ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ލ މާމެންދޫގެ ރައްޔިތުން ޕީއެންސީގެ  ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ރިޔާސީ އިންތިހާބަށް 5 ދުވަހަށް ވެފައިވާއިރު، މުއިއްޒު މިހާރު ކެމްޕެއިންގައި ދަތުރު ކުރައްވަމުން ދަނީ ލ އަތޮޅުގެ ރަށްތަކަށެވެ. ލ ހިތަދޫއަށް ވަޑައިގަތުމަށްފަހު، ލ މާމެންދުއަށް މުއިއްޒު ވަޑައިގެންނެވިއިރު، އެ ރަށުގެ ރައްޔިތުން ވަނީ މެންދުރުގެ ގަދަ އަވީގައި ނިކުމެ މުއިއްޒަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ބަނދަރުގައި އެތައް ބަޔަކު ސަފުތައް ހަދައިގެން ތިބި އިރު، އެންމެން އެއް އަޑަކުން ގޮވާލަމުން ދިޔައީ މި އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމަށެވެ. ކޮންމެ ރަށަކުން ވެސް މުއިއްޒަށް ކިޔާ މަރުހަބާގައި އެންމެން ވެސް ބުނަމުން ދިޔައީ މި އިންތިހާބު ނަގާނީ އެއްބުރުން ކަމަށެވެ.

މާމެންދޫއިން މުއިއްޒަށް ކީ މަރުހަބާގެ ތެރެއިން. ފޮޓޯ: ޕީޕީއެމް

ކެމްޕެއިން ދަތުރުތަކުގައި މުއިއްޒު އަންނަނީ ސަރުކާރުން އެކި ދާއިރާތަކަށް އިހުމާލުވެފައިވާކަމަށް ފާހަގަކޮށް އެކަން ހައްލުކުރުމަށް ވައުދުވެވަޑައިގަންނަމުންނެވެ. އަދި މިކަންކަން ކުރާނީ ތަރުތީބުވެވިގެންކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކެމްޕެއިންގައި ވަގުތު ނެތުމުން ރާއްޖޭގެ ހުރިހާ ރަށަކަށް ނުދެވުނު ނަމަވެެސް، އޭނާގެ ވެރިކަމެއްގައި އެއްވެސް ރަށެއް ބާކީ ނުކުރައްވާނެކަމަށް މުއިއްޒު އަންނަނީ ވިދާޅުވަމުންނެވެ. އަދި އާބާދީގެ ނިސްބަތަށް ބާލާ ތަފާތުކުރުން ނުގެންގުޅުއްވާނެކަމަށް މުއިއްޒު ވިދާޅުވެފައިވާއިރު، ވަޑައިގަންނަވާ ރަށްތަކަށް މި ސަރުކާރުން ވީ ވައުދުތަކުގެ ތެރެއިން ނުފުއްދާ ހުރި ވައުދުތައް ފުއްދަވައިދެއްވާނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މާމެންދޫއިން މުއިއްޒަށް ކީ މަރުހަބާގެ ތެރެއިން. ފޮޓޯ: ޕީޕީއެމް

މި ސަރުކާރުން ފަށާފައި ހުރި އެއްވެސް މަޝްރޫއުއެއް ހުއްޓާނުލައްވާނެކަމަށް ފާހަގަކޮށް މުއިއްޒު ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގަންނަވަނީ ހުއްޓިފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދެވުމަށްކަމަށެވެ.

ޕީޕީއެމްގެ މެންބަރުން އަންނަނީ މުއިއްޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތަރައްގީގެ ތަސައްވުރު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ފަރާތްތަކަށް ފާހަގަކުރައްވަމުންނެވެ. އެހެންކަމުން މުއިއްޒުގެ ވެރިކަމެއްގައި ތަރައްގީ އައިސްދާނެތޯ ސުވާލު އުފައްދަން ނުޖެހޭކަމަށް ޕީޕީއެމްގެ މެންބަރުން ގަބޫލު ކުރައްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: