އިސްދޫ ކަލައިދޫ ދަނބިދޫގެ ރައްޔިތުންނަށް ހާއްސަކޮށް ދެއްކެވި ވާހަކައިގައި ބާރު ސްޕީޑުގައި މަޝްރޫއުތައް ކުރިއަށް ގެންދަވާނެކަމުގެ ޔަގީން ޕީޕީއެމް، ޕީއެންސީ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ކަލައިދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި މުހަތަބު ކުރައްވާ ވާހަކަދައްކަވަމުް މުއިއްޒު ފުރަތަމަ ޝުކުރު އަދަކުރެއްވީ ކަލައިދޫގެ ރައްޔިތުން ކީ ހޫނު މަރުހަބާއަށެވެ. މުއިއްޒު ވިދާޅުވީ ސަރަަހައްދީ ތަރައްގީ ހޯދައިދިނުމުގައި ކުރިއަށްދާނެކަމަށެވެ. ސަރުކާރުން ހަވާލުކޮށްފައިވާ ކައުސްވޭގެ މަސައްކަތްތަކާއި އެހެން މަސައްކަތްތައްވެސް ކުރިއަށް ނުގޮސް އެބަހުރިކަމަށް ފާހަގަކުރައްވާ މުއިއްޒު ވައުދުވެވަޑައިގެންނެވީ މިފަދަ ކަންކަން އަވަސްކޮށްދިނުމަށެވެ.

އިގްތިސާދީ ކުރިއެރުން ހޯދުމަށް މަގު ހެދުމަކީ މުހިންމުކަމެއްކަމަށް ފާހަގަކޮށް، ކަލައިދޫގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މުޅި އަތޮޅަށް ބަހާލައިގެން، ފަތުރުވެރިކަން ކުރިއަރުވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ރިސޯޓުތައް އިތުރުކޮށްދެއްވުމަށްވެސް ވައުދުވެވަޑައިގެންނެވިއެވެ.

އޭގެ އިތުރުން އޭޓީއެމްއެއް އަޅައިދެއްވާ، މިސްކިތެއް ގާއިމްކޮށްދެއްވުމަށްވެސް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ،
ފަތުރުވެރިކަން ކުރިއެރުވުމަށް އެއާޕޯޓުތައް އިތުރުކުރުން މުހިންމުކަމަށް ފާހަގަކޮށް، ކަންދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަދާ ތަރައްގީކޮށްދެއްވުމަށްވެސް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ. ލ އަތޮޅުގައި އިތުރު އެއް އެއާޕޯޓު އަޅައިދެއްވާނެކަމަށާއި، ނަމަވެސް އެއީ ސީދާ ކޮން ރަށެއްގައިކަން އަދި ނިންމާފައި ނުވާކަމަށް މުއިއްޒު ވިދާޅުވިއެވެ.
އިސްދޫ ކަލައިދޫ ދަނބިދޫގެ ރައްޔިތުންނަށް ހާއްސަކޮށް ދެއްކެވި ވާހަައަށްފަހު މުއިއްޒު ވިދާޅުވީ ލ އަތޮޅުގެ ތާއީދާއިއެކު އިންތިހާބު ކާމިޔާބު ކުރައްވާނެކަމަށެވެ.

