މިއަހަރު އޮންނަ ރިޔާސީ އިންތިހާބަށް ކުރައްވަމުން ގެންދަވާ ކެމްޕެއިންގެ ތެރެއިން ޑރ މުއިއްޒު އއ މަތިވެރިއަށް ވަޑައިގަތުމުން ހަމަނުޖެހުން ހިންގައިފިއެވެ.
އިންްތިހާބަށް 4 ދުވަހަށް ވެފައިވާއިރު، ޑރ މުއިއްޒު މިއަދު ދަތުރު ކުރައްވަމުން ދަނީ އއ އަތޮޅުގެ ރަށްތަކަށެވެ. އެގޮތުން މިއަދުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވަޑައިގެންނެވީ މަތިވެރިއަށެވެ. މަތިވެރިން މުއިއްޒަށް ހޫނު މަރުހަބާއެއް ދެންނެވުމަށްޓަކަިއ، ސަފު އަތުރާލާފައިވާއިރު، ރައްޔިތުން އެއް އަޑަކުން ގޮވަމުންދިޔައީ މުއިއްޒު މިއަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެކަމަށެވެ.

މަރުހަބާ ދެންނެވުން ނިމުމަކާއި ގާތްވެފައިވަނިކޮށް، ކުއްލިއަކަށް އެ ސަރަހައްދުގައި ހުރި ވާދަވެރި އެހެން ފަރާތަކުން ވަނީ މަރުހަބާ ކިޔުމަށް ރައްޔިތުން އެއްވެ ތިބި ސަރަހައްދަށް ވެދެގަތުމަށް މަސައްކަތްކޮށްފައެވެ. ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ނަމަވެސް ފުލުހުން ވަނީ އެކަން ހުއްޓުވާފައެވެ.

ކެމްޕެއިންގައި މުއިއްޒު ވަޑައިގެން ބައެއް ރަށްރަށުގައި، އެމަނިކުފާނާއި ދެކޮޅަށް އިހުތިޖާޖު ކޮށްފައިވެއެވެ. ނަމަވެސް މިކަންކަމަށް މުއިއްޒު ރައްދުދެއްވާ ވާހަކަދައްކަވާފައިނުވާކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން މިއަދު މިއީ ރަށްތަކަށް އިދިކޮޅުން ކުރެއްވުމަށް ހަމަޖެހިފައިވާ ކެމްޕެއިން ދަތުރުތައް ކުރައްވާނެ އެންމެ ފަހު ދުވަސްކަން ފާހަގަކުރެވެއެވެ.

