ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނދަށް އުޅަނދެއް ފޮނުވުމަށް ފަހު އިރުގެ ދިރާސާއަށްވެސް އިންޑިއާއިން އުޅަނދެއް ފޮނުވައިފި!

އަދިއްތިޔަ އެލް ވަން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަނދަށް ޖައްވީ އުޅަނދެއް ފޮނުވުމުގައި ކާމިޔާބުވުމާއިއެކު އިރާއި ގުޅޭ ގޮތުން ދިރާސާތައް ކުރުމަށް އިންޑިއާއިން އުޅަނދެއް ފޮނުވައިފިއެވެ.

މީޑިއާ ރިޕޯޓުތަކުގައިވާގޮތުން، އިރާއި ގުޅޭގޮތުން ދިރާސާތައް ކުރުމަށް އިންޑިއާއިން އުޅަނދެއް ފޮނުވާފައިވަނީ ފުރަތަމަ ފަހަރަށެވެ. މިއީ އެ ގައުމަށް ޖައްވީ މަސައްކަތްތަކުގެ ތެރެއިން ވޭތުވެދިޔަ މަސްދުވަހުގެ ތެރޭގައި ލިބުނު ކާމިޔާބީގެ މައްޗަށް އިތުރުކުރުމެއްކަމަށްވެސް ބުނެފައިވެއެވެ. އިންޑިއާއިން މި މަސައްކަތަށް ލޯންޗުކޮށްފައިވާ އުޅަނދަށް ދީފައިވާ ނަމަކި އަދިއްތިޔަ އެލް ވަން އެވެ. އެ އުޅަނދު ލޯންޗުކޮށްފައިވަނީ ބޭ އޮފް ބެންގަލް ގާތުގައި އޮންނަ ސްރީހަރިކޯޓާ ކިޔާ ކުޑަ ރަށެއްގައި ގާއިމުކޮށްފައިވާ ވަސީލަތްތައް މެދުވެރިކޮށެވެ.

ރިޕޯތުތަކުގައިވާގޮތުން، ލޯންޗުކޮށްފައިވާ އުޅަނދު ގޮސް ވަކި ހިސާބެއްގައި ހުއްޓުމަށްފަހު އިރު ވަށައި ދައުރުކުރަމުންދާނެއެވެ. މި ކަން ކޮށްފައިވަނީ އިންޑިއާ އަށް ހަނދަށް އުޅަނދެއް ފޮނުވުމުގައި ތާރީހީ ކާމިޔާބީ އެއް ހާސިލުކުރެވިފައިވަނިކޮށެވެ. އެ ގައުމަކީ އެ މަސައްކަތްތައް ކާމިޔާބުކުރެވުނު ހަތަރު ގައުމުން އެއް ގައުމެވެ.

މީޑިއާތަކުން ބުނާގޮތުން، އަލަށް ލޯންޗުކޮށްފައިވާ އަދިއްތިޔަ އެލް ވަން ގޮސް މި ދުނިޔެ އަދި އިރާއި ދެމެދު ޖާގައެއްގައި ހުއްޓޭނެކަމަށް ބެލެވެއެވެ. އަދި އެކަމުގެ ސަބަބުން އިރާއި ގުޅޭގޮތުން ދިރާސާތައް ކުރުމަށް މަގުފަހިވެގެންދާނެކަމަށާއި ވީހާވެސް މަދުން ހަކަތަ ބޭނުންކޮށްގެން އެކަން ކުރެވޭނެކަމަށް ލަފާކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: