ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރިހާ ކެންޑިޑޭޓުން ވޯޓުލައިފި

ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގަންނަވާ ކެންޑިޑޭޓުން: ފޮޓޯ/ ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ވޯޓު އަޅުއްވައިފިއެވެ.

ވޯޓުލުމުގެ މަސައްކަތްތައް މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 16:00 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާއިރު، ކެންޑިޑޭޓުންވަނީ ހެނދުނާއި މެންދުރުގެ ވަގުތުތަކުގައި ވޯޓު އެޅުއްވުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާފައެވެ. މި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަކީ މިނިވަން ކެންޑިޑޭޓު އުމަރު ނަސީރު، މިނިވަން ކެންޑިޑޭޓު ހަސަން ޒަމީލު، އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސާލިހު، ޕީއެންސީގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާޙިމް، މިނިވަން ކެންޑިޑޭޓު ފާރިސް މައުމޫން އަދި ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ އިތުރުން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމްއެވެ.

އިލެކްޝަންސްއިންވަނީ މިހާތަނަށް އިންތިހާބީ ކަންކަން ކުރިއަށްދާ ގޮތާއިމެދު މައުލޫމާތު ދެއްވާފައެވެ. އެގޮތުން އެއްވެސް މައްސަލައެއް ދިމާވެފައިވާކަން ފާހަގަކުރެވިފައިނުވާކަމަށް ހަބީބު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: