ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީޔޫގެ އޮބްޒަވޭޝަން މިޝަންއިން މާދަމާ ނޫސްވެރިންނާއި ބައްދަލުކުރާނެ!

އީޔޫގެ ފަރާތުން ރާއްޖޭގެ އިންތިހާބީ ކަންކަން ކުރިއަށް ދާގޮތް ބެލުމަށް ކަނޑައެޅިފައިވާ އިސް ފަރާތް ނާޗޯ ސަންޗޭޒް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އީޔޫގެ އޮބްޒާވަރުން ދިވެހިރާއްޖޭގެ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ މަސައްކަތްތައް ގާތުން ބަލަމުންދާކަމަށް ވަފުދުގެ އިސްކޮށް ހުންނަވާ އޮބްޒާވަރު އަދި ޔުރަޕިއަން ޕާލިމެންޓު މެމްބަރު ނާޗޯ ސަންޗޭޒް އަމޯރް ވިދާޅުވެއްޖެއެވެ.

އީޔޫގެ އޮބްޒަވޭޝަން މިޝަން އިން ކުރިއަށް ގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ނާޗޯ ވިދާޅުވީ، ވޯޓުލުމުގެ މަސައްކަތްތައް ފެށިގެންދިޔަ ގޮތް އަދި ވޯޓުލުން ކުރިއަށް ދާ ގޮތް ބެލުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮބްޒާވަރުން ހަރަކާތްތެރިވަމުންދާކަމަށެވެ. އަދި މިއަދުގެ ހަވީރުގެ ވަގުތުގައި ވޯޓު ގުނުމުގެ މަސައްކަތްތައް ކުރެވިގެންދާއިރު، އެ މަސައްކަތްތައްވެސް ގާތުން ބަލަމުންދާނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކުރަމުންދާ މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހާއި އިންތިހާބީ މަސައްކަތްތައް ކުރިއެރުވުމަށް އެ ޖަމާއަތުން ދެމުންދާ އެއްބާރުލުމުގެ މިސާލެއްކަމަށެވެ.

މި ބައްދަލުވުމުގައި ސަންގު އިންވަނީ ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ފައިސާ ބަހަމުންދާކަމަށް ބުނެ ކުރެވެމުންދާ ތުހުމަތުތަކާއި ދައުރުވަމުންދާ ވީޑިއޯތަކާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. ނާޗޯ ވިދާޅުވީ، އަދި ބަލަންޖެހޭ އެންމެހާ ކަންކަން ބަލައި ފުރިހަމަކުރެވިފައިނުވާކަަމަށެވެ. އޭނާ ވިދާޅުވީ، އެންމެހާ އިޖުރާއަތުތައް ފުރިހަމަވުމާއިއެކު ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސް އިތުރު މައުލޫމާތުތައް ދެއްވާނެކަމަށެވެ. އަދި ދެ މަސްދުވަހެއް ދުވަސްފަހުން ފުރިހަމަ ރިޕޯޓެއް ހިއްސާކުރުމުގެ މަސައްކަތްތައް ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

ނާޗޯވަނީ އީޔޫގެ ވަފުދުގެ މައިގަނޑު މަސައްކަތްތައް ސާފުކޮށްދެއްވާފައެވެ. އެގޮތުން ހަރަކާތްތެރިވަމުންދަނީ ކަން ހިނގަމުންދާ ގޮތް ބައްލަވައި މައުލޫމާތު ހިއްސާކުރެއްވުމަށްކަަމަށެވެ. އަދި ރާއްޖޭގައި ހިނގަމުންދާކަންކަމުގެ ތެރެއަށް ބަސްބުނެ ވަނުމުގެ އެއްވެސް އަމަލެއް ނުހިންގާނެކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: