ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައުންޑް އޮފް ފްރީޑަމްގެ ޕްރަޑިއުސަރު މެކްސިކޯގެ ރައީސްކަމަށް ވާދަކުރަނީ!

އެޑުވާރޑޯ ވެރަސްޓަގީ އަދި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ބޮކްސް އޮފީސްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ފިލްމެއްކަމަށްވާ “ސައުންޑް އޮފް ފްރީޑަމް” ގެ ޕްރޮޑިއުސަރު މެކްސިކޯގެ ރައީސްކަމަށް ވާދަކުރުމަށް ފޯމު ހުށައަޅައިފިއެވެ.

މެކްސިކޯގެ ރައީސްކަމަށް ކުރިމަތިލާފައިވާ އެޑުވާރޑޯ ވެރަސްޓަގީއަކީ ކުޑަކުންނަށް ކުރެވޭ ގޯނާތަކާއި ގުޅޭގޮތުން ފިލްމެއް ޕްރަޑިއުސްކޮށް ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ޕްރޮޑިއުސަރެކެވެ. އޭނާގެ ފިލްމު ސައުންޑް އޮފް ފްރީޑަމްއަކީ ދުނިޔޭގައި ޝައިތާނީ ޖަމާއަތަކުން ކުޑަކުދިންގެ ހަށިވިއްކުމުގެ ބައިނައްލަގުވާމީ ވަގުފާރިއެއް ހިންގާކަމަށް ގަބޫލުކުރާ ގުރޫޕެއްކަމަށްވާ ކިއު- އެނޮންގެ މެމްބަރުންގެ ތެރޭގައި ފާހަގަކުރެވޭ މިންވަރަކަށް މަގުބޫލު ފިލްމެކެވެ.

ވެރަސްޓަގީ އޭނާގެ ކެންޑިޑަސީ ހުށައެޅީ އެކަމަށް ކަނޑައެޅިފައިވާ މުއްދަތާއި ވަގުތު ހަމަވުމަށް މަދު ވަގުތުކޮށްޅަކަށް ވެފައިވަނިކޮށްކަމަށާއި އެނާ ވާދަކުރާނީ މިނިވަން ކެންޑިޑޭޓެއްގެ ހައިސިއްޔަތުންކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. 49 އަހަރުގެ ވެރަސްޓަގީއަކީ މެކްސިކޯގެ ރައްޔިތުންގެ ތެރޭގައި އާންމު މޫނެކެވެ. އެގޮތުން ލަވަކިއުންތެރިއެއްގެ ގޮތުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާއިރު، އެކްޓަރެއްގެ ގޮތުގައިވެސް އެތައް އަހަރެއް ހޭދަކޮށްފައިވެއެވެ. އަދި ފަހަކަށް އައިސް އޭނާވަނީ ކޮންސަރވޭޓިވް ސިޔާސީ ވިސްނުމެއް ގެންގުޅެންފަށާއިކަމަށާއި އެބޯރްޝަނާއި ދެކޮޅަށް ވަކާލާތުކުރުން ފަދަ އަމަލުތައް ފާހަގަކުރެވޭކަމަށް މީޑިއާތަކުން ބުނެއެވެ.

މެކްސިކޯގެ މީޑިއާތަކުން ބުނާގޮތުން، އޭނާ ވެރިކަމަށް ވާދަކުރާނެކަމުގެ އިޝާރާތްތައް ދެމުންދާތާ އެތައް މަސްދުވަހެއް ވެއްޖެއެވެ. އެގޮތުން މެކްސިކޯގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ތާއީދުކުރާ މީހުންނަށް ގޮވާލާފައިވާއިރު، އޭނާވަނީ ޕްރޮޑިއުސްކުރި ފިލްމުގެ ކާމިޔާބީގެ ފުރިހަމަ ބޭނުން ހިފާފައިކަމަށްވެސް ބުނެފައިވެއެވެ.

ވެރަސްޓަގީގެ ސައުންޑް އޮފް ފްރީޑަމްގައި ފެނިގެންދަނީ އެމެރިކާގެ ފެޑަރަލް އެޖެންޓެއް ގޮސް ކުޑަކުދިންގެ ވަގުފާރިއެއް އަތުލައިގަންނަ މަންޒަރެވެ. މި ފިލްމަށް އެމެރިކާގައި 200 މިލިއަނާއި ގާތް ކުރާ އަދަދެއް ޖެހިފައިވާއިރު، މިހާރު ލެޓިން އެމެރިކާ އަދި ޔޫރަޕްގެ ގައުމުތަކަށްވެސް ފިލްމު ރިލީސް ކޮށްފައިވެއެވެ. ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށްފައިވާކަމަށް ދައުވާކުރާ މި ފިލްމުވަނީ އެމެރިކާގެ ކޮންސަރވޭޓިވް ސިޔާސީ ވިސްނުމުގެ ރައްޔިތުންގެ ތެރޭގައި މަގުބޫލުކަން ހޯދާފައެވެ.

އެ ފިލްމަކީ ކިއު އެނޮންގެ މެމްބަރުންގެ ތެރޭގައިވެސް އިންތިހާއަށް މަގުބޫލުކަން ހޯދާފައިވާ ފިލްމެކެވެ. ކިއު އެނޮންގެ މެމްބަރުން ގަބޫލުކުރާގޮތުން އެމެރިކާގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބައެއް މީހުންނަކީ ޝައިތާނަށް އަޅުކަންކުރާ ނަހަމަ ޖިންސީ މުއާމަލާތްތައް ހިންގާ ބައެކެވެ. އަދި ނަހަމަ ވިޔަފާރިތައްވެސް ކުރަމުންދާކަމަށް ގަބޫލުކުރާކަމަށް ރިޕޯޓުތަކުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: