ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ބުރުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންބަރު ބަދަލެއްނުވޭ: ހަބީބް

ޕޮޓޯ: އީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ 2 ކެންޑިޑޭޓުންގެ ކެންޑިޑޭޓު ނަންބަރަކީ ފުރުތަމަ ބުރުގައި ވާދަ ކުރެއްވި ނަންބަރުކަމަށް އިލެކަޝަންސް ކޮމިޝަންސް (އީސީ) ގެ ނައިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރު 30 ގައި ދެވަނަ ބުރެއް ބާއްވަން ހަމަޖެހިފައިވަނީ އެއްވެސް ކެންޑިޑޭޓަކަށް ފުރަތަމަ ބުރުގައި %50 އަށް ވުރެ މަތިން ލިބިފައިނުވާތީއެވެ. ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓުން ވާދަކުރައްވާފައިވާއިރު ދެވަނަ ބުރަކަށް ގޮސްފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއެވެ. ފުރުތަމަ ބުރުގައި ރައީސް ސާލިހްއަށް %39.02 ލިބިވަޑައިގެންފައިވާއިރު ޑރ. މުއިއްޒުވަނީ %46.16 ކުރިހޯއްދަވާފައެވެ.

މީގެ އިތުރުން އީސީއިން ވަނީ ފުރަތަމަ ބުރުގައި ވޯޓުލީތަން ނޫން އެހެން ތަނަކަށް ދެވަނަ ބުރުގައި ވޯޓު ލުމުގެ ފުރުސަތު ހުޅުވާލެ ކަމަށް އަންގަވާފައެވެ. ފުރަތަމަ ބުރުގެ ވޯޓުލުމުގައި ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް 26 މައްސަލަ އަދި ސިޓީ އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯތަކަށް 25 މައްސަލަ އާއެކު މިއަދު ޖުމުލަ 51 މައްސަލަ ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ހުށަހެޅިފައިވާކަމަށް އީސީއިން ބުނެފައި ވެއެވެ.

ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި، ކެމްޕޭން ކުރުމާގުޅޭ 3 މައްސަލައާއި، އޮބްޒާވަރުންނާ ގުޅޭ މައްސަލައަކާއި، ވޯޓުލުމުގެ ހައްޤާގުޅޭ 10 މައްސަލައާއި، ރަޖިސްޓްރޭޝަނާ ގުޅޭ 8 މައްސަލައާއި، އޮފިޝަލުންނާގުޅޭ 11 މައްސަލައާއި، ވޯޓުގެ ސިއްރުކަމާ ގުޅޭ 14 މައްސަލައާއި، ރިޝްވަތު ދިނުމާ ގުޅޭ 2 މައްސަލަ އަދި އެހެނިހެން 2 މައްސަލަ ހިމެނޭ ކަމަށްވެސް އީސީއިން ބުނެފައި ވެއެވެ. މީގެ ތެރެއިން ވަގުތުން ހައްލުކުރެވެން ހުރި މައްސަލަތައް ވަނީ ހައްލުކޮށް ތަހުގީގު ކޮށްގެން އިތުރަށް ބަލަންޖެހޭ މައްސަލަތައް ތަހުގީގު ކުރައްވަމުން ދާކަމަށް އީސީ އިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: