ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޅިން އާ ފީޗާސްތަކަކާއިއެކު އައިފޯން 15 ދައްކައިލައިފި!

ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެޕަލް ކޮމްޕެނީއިން މިއަހަރު ނެރެން ހަމަޖައްސާފައިވާ އައިފޯން 15 މުޅިން އާ ފީޗާސްތަކަކާއި އެކު ދައްކާލައިފިއެވެ.

އެމެރިކާގެ ކެލިފޯނިއާގެ އެޕަލް ޕާކްގައި ކުރިއަށްގެންދިޔަ “އެޕަލް އިވެންޓުގައި” ދައްކާލި އައިފޯން-15 އަކީ މިހާތަނަށް އެޕަލް އިން އުފެއްދި އެންމެ ވަރުގަދަ ކެމެރާ ހިމެނޭ ފޯނުކަމަށް އެކުންފުނިން ބުނެފައިވެއެވެ. އަދި މި ބަދަލާ އެކު އައިފޯނު 15 ގެ 48 މެގަޕިކްސެލްގެ ކެމެރާ އަށް ޓެލެފޮޓޯ އަށް ހާއްސަ ފީޗާތައް ވެސް ވަނީ ތައާރަފް ކޮށްފައެވެ.  ޕޯޓްރެއިޓް ފޮޓޯ ނެގުމާއި، އަލި މަޑު ތަންތަނުގައި ރީތި ފޮޓޯ ނެގުމަށް ވެސް މުޅިން ތަފާތު ތަޖުރިބާއެއް ކުރެވޭ ގޮތަށް ފީޗާތައް ވަނީ ހިމަނައިފަ އެވެ.

މިފަހަރު އައިފޯންގައި ޗާޖިން ޕޯޓް ލައިޓްނިން އިން ޔޫއެސްބީ ސީ އަށް ވަނީ ބަދަލުކޮށްފައެވެ. އެހެންކަމުން ޗާޖިން ކޭބަލްގެ އިތުރުން ހެޑްސެޓްގައި ވެސް ބޭނުންކުރާނީ ޔޫއެސްބީ ސީ އެވެ. އައިފޯން ސީ ޕޯޓަށް ބަދަލު ކުރީ ޔޫރަޕިއަން ޔޫނިއަން އިން ނިންމާފައިވާ ނިންމުމެއްގެ ސަބަބުންނެވެ. އައިފޯން 15 ގައި ވަނީ މިހާތަނަށް ރިންގް އޮންކޮށް އޮފް ކުރުމަށް ބޭނުންކުރި ބަޓަންގެ ޑިޒައިން ބަދަލުކޮށް “އެކްޝަން ބަޓަން” އަށް ބަދަލުކޮށްފަ އެވެ. އެ ބަޓަނަށް ފިތާލައިގެން ހުރުމުން އެކި ފަންކްޝަންތައް ނެގޭނެ އެވެ.

އައިފޯން 15ގެ އަގު ފެށެނީ 799 އެމެރިކާ ޑޮލަރުންނެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް -/12320 ރުފިޔާއެވެ. އައިފޯން 15 ޕްލަސްގެ އަގަކީ 899 އެމެރިކާ ޑޮލަރު ކަމަށް ވާއިރު ދިވެހި ރުފިޔާގެ އެއީ -/13860 ރުފިޔާއެވެ. އައިފޯން 14 އާއި އަޅައިބަލާއިރު އައިފޯން 15 ގެ އަގަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެހެންނަމަވެސް އައިފޯން ޕްރޯގެ އަގު ފެށެނީ 999 އެމެރިކާ ޑޮލަރުންނެވެ. އައިފޯން ޕްރޯ މެކްސްގެ އަގު ފެށެނީ 1199 އެމެރިކާ ޑޮލަރުންނެވެ. އެއީ އައިފޯން 14 ޕްރޯ މެކްސްއަށްވުރެ ބޮޑު އަގެކެވެ.

މީގެއިތުރުން އައިފޯނު 15 ބާޒާރަށް ނެރޭއިރު ފިޔާތޮށި، ރީނދޫ، ފެހި، ނޫ އަދި ކަޅުކުލަ ނެރޭނެ ކަމަށް އެޕަލް ކުންފުނިން މައުލޫމާތު ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: