ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތައް ހިންގުމުގައި ސަރުކާރުގެ ފުރިހަމަ އެހީ ދޭނަން: މުއިއްޒު

ފޮޓޯ: ޕީޕީއެމް/ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަފުޅު ވެރިކަމުގައި ކައުންސިލްތަށް ހިންގުމުގައި ސަރުކާރުގެ އެހީތެރިކަން ފުރިހަމައަށް ދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުގައި އެތޮޅުގެ ފެރިދޫއަށް ވަޑައިގެން ވިދާޅުވީ މިހާރުގެ ސަރުކާރުން ފުލްޓައިމްކޮށް ކައުންސިލްތަކަށް ހިންގުމާއި އަދި ކައުންސިލްތަކަށް އެހީތެރިކަން ދިނުމެއް ނޯންނަ ކަމަށެވެ. ނަމަވެސް ރައްޔިތުން ގާތުން މަސައްކަތްކުރާ ނިޒާމަކީ ވެރިކަން ކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެއްބައިކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރާއި ގުޅިގެން ލާމަރުކަޒީ ނިޒާމު ހިންގުމުން ބަޖެޓުގެ ފަހިކަމާއި އަދި އަދި އިިދާރި ގޮތުން ކުރަންޖެހޭ ކަންކަންވެސް ފަހިވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ސިޔާސަތަކީ ހަމަހަމަކަމާއި، އަދުލުވެރިކަމާއިއެކު އިންސާފުވެރިކަން ކަމަށް ވިދާޅުވިއެވެ. ވަކި ރަށެއްގެ ރައްޔިތުންނަށް ވީތީ ވަކިގޮތެއް ނުހައްދަވާނެ ކަމަށާއި އެރަށެއްގެ އާބާދީއާއި، ތާރިހާއި އަދި ތަރައްގީގެ ކަންކަމަކީ އެކަންކަމާއި ގުޅިފައިވާ ކަންކަމަށް ވަތީ ވިިސްނުންތެރިކަމާއެކު އެކަންކަން ކުރައްވަން ޖެހެވަޑައިގަންނަވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރަށުގެ ތަރައްގީއަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވީ ވައުދުތަކުގެ ތެރޭގައި ރަށުގެ ޒުވާނުންގެ ތަރައްގިއަށް ޓަކައި އެރަށުގައި ޔޫތު ސެންޓަރެއް ގާއިމްކޮށްދެއްވާނެ ކަަމަށް ވިދާޅުވިއެވެ. ރަށް ރަށުގެ އަސާސީ ކަމެއް ގޮތުގައި ރަށްގިރުން ފާހަގަ ކުރައްވާ އެމަނިކުފާނު ވިދާޅުވީ އެކަމަަށް ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ. އަދި ކައުންސިލްތަށް މެދުވެރިކޮށް ޓޫރިޒަމްއިން ލިބޭ ގްރީން ޓެކްސް ލިބޭގޮތަށް ހައްދަވާ ދެއްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އޭގެން ކުނި މެނޭޖުކުރެވޭ ގޮތް ރަވާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ރަށުގެ ލޭންޑް ޔޫސް ޕްލޭންގެ ތެރޭގައި ޕިކްނިކް އައިލެންޑެއް ހިމަނުއްވާނެކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން އެކިރަށް ރަށުގައި އެކި ފެންވަރުގެ ހޮސްޕޓަލްތަކާއި އަދި ސިއްހީނިޒާމު ގާއިމް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ އެކިރަށްރަށުގައި އަޅަން ޖެހޭނީ އެކި ފެންވަރުގެ ހޮސްޕިޓަލް ތަށް ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: