ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސަށް ކާމިޔާބު ލިބުން ނާދިރުކަމަށް ބުނެ ނަޝީދު އެމްޑީޕީއަށް ގޮވާލީ އުފެދެން އުޅޭ ރިޔާސަތުގެ ބާރުތަކަށް ވިސްނުމަށް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ލިބުން ދުރުކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގާތް ދެ ރަހުމަތްތެރިންގެ ގޮތުގައި ތިއްބެވި ރައީސް ސޯލިހާއި، ރައީސް ނަޝީދު ދެމެދު ސިޔާސީ ގޮތުން މައްސަލަތައް ޖެހި ދެބޭފުޅުންގެ ދެމެދު ވަރަށް ބޮޑަށް ބަހުގެ ހަމަލާތައް ރައްދު ކުރި އެވެ. ގުޅުން ގޯސްވެ ރައީސް ނަޝީދު، ރައީސް ސޯލިހަށް ކުރެވި ތާއީދު އަނބުރާ ގެންދެވުމަށް ފަހު އެމްޑީޕީ ދުކުރައްވައި ޑިމޮކްރެޓްސް ޕާޓީ އުފައްދަވައި ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ވެސް ނެރުއްވި އެވެ. 15،000 ވޯޓާއި އެކު އިންތިހާބުގައި ހަތް އިންސައްތަ ލިބި ތިންވަނައަށް ދިއުމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީއާއި އެކު ކުރިޔަށް ދިއުމުގެ ވިސްނުން ނެތް ކަމަށެވެ.

ރައީސް ސޯލިހާއި އެކު އެމްޑީޕީއަށް ކުރިއެރުމެއް، އަދި މުސްތަގުބަލެއް ނެތްކަމަށް ދައްކަވާ ވާހަކަ ތަކުރާރުކޮށް މިއަދު ރައީސް ނަޝީދު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި އެމަނިކުފާނަށް ކާމިޔާބު ލިބުން ވަރަށް ނާދިރު ކަމަށެވެ. އެހެންވެ ރައީސް ނަޝީދު އެމްޑީޕީއަށް ގޮވާލީ ރިޔާސަތުގެ ބާރުތަކާއި ގުޅޭގޮތުން ވިސްނުމަށެވެ.

އިންތިހާބުގެ ދެވަނަ ބުރު ގާތްވެފައި ވަނިކޮށް ރައީސް ނަޝީދު ވަނީ އަނެއްކާވެސް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަން ފައްޓަވާފަ އެވެ. އެގޮތުން ޑިމޮކްރެޓްސްގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި އައްޑޫ ހުޅުދޫ ދައިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ މި މަހުގެ 25 ގެ ކުރިން ނިޒާމުގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭކަމަށް ގޮވާލާފަ އެވެ. އަދި އެކަމާ ގުޅޭ ގަރާރެއް ވެސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ވަނީ ހުށަހަޅުއްވާފަ އެވެ.

ރާއްޖޭގެ ގާނޫނުތައް ރަނގަޅު ގޮތުގައި ތަންފީޒު ނުކުރެވެނީ، ރިޔާސީ ނިޒާމުގެ ސަބަބުންކަމަށް ވިދާޅުވެ ރައީސް ނަޝީދު އަބަދުވެސް ވަކާލާތު ކުރައްވަމުން އައީ ބަރުލަމާނީ އެއް ގެނައުމަށެވެ. ވެރިކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ނެތްކަމަށް ވިދާޅުވަމުން ގެންދަވާ ރައީސް ނަޝީދު ބޭނުންފުޅު ވަނީ ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނެވިއްޖެ ހާލަތެއްގައި ގައުމުގެ ބޮޑުވަޒީރަށް ވުމަށެވެ. އަދި އެ ނިޒާމު ރާއްޖެއަށް ގެނެވިއްޖެ ނަމަ ބޮޑުވަޒީރުކަން ބޭނުންވާ އެހެން ބައެއް ބޭފުޅުން ވެސް ޑިމޮކްރެޓްސްގައި އެބަތިއްބެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: