ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާތައް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް މުއިއްޒުގެ ވައުދެއް!

މުއިއްޒުގެ ކެމްޕެއިނަށް މިދިޔަ މަހު އައްޑުއަށް ކުރެއްވި ދަތުރު ނިންމާލުމަށް ފަހު ނޫސްވެެރިންނާ އެކު އޭނާ ފޮޓޯއެއް ނަންގަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިންނަށް މިނިވަންކަމާއި އެކު މަސައްކަތް ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖައްސަވާނެކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މީޑިއާތަކަށް އޮންނަ ނުފޫޒާއި، އަދި ނޫސްވެރިންނަށް ބިރު ދެއްކުމަށް ސަރުކާރުތަކުގައި ބާރު ފޯރުވާކަމަށް އަބަދުވެސް ތުހުމަތު ކުރެވެ އެވެ. އަދި މިހާރު ވެސް އެންމެ ބޮޑަށް ކުރާ ތުހުމަތުތަކަކީ ސަރުކާރުގެ ކުންފުނިތައް ބޭނުންކޮށްގެން މީޑިއާތަކާއި، ނޫސްވެރިންނަށް ނުފޫޒު ފޯރުވަމުން ގެންދާކަމަށެވެ.

އޭރަކު އޮންނަ ސަރުކާރަކުން ބޭނުންވާ ގޮތަކަށް، މީޑިއާތައް އޮޕަރޭޓު ކުރުމަށް މަސައްކަތް ކުރާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި ވެސް ވަރަށް ގިނައިން ބަހުސް ކުރެވެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ދުވަސްވަރު އަނެއްކާވެސް މި އަޑުތައް ގަދަވެފައި ވަނިކޮށް ރޭ އދ. މަހިބަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާގެ ސިޔާސަތުތަކާއި ސްޕީޗުތައް އާންމުންނާއި ހަމައަށް ގެނެސްދީ ޕޯޑިއަމްތަކުގައި ދައްކަވާ ވާހަކަތައް ރައްޔިތުންނާއި ހަމައަށް ގެނެސްދޭން ނޫސްވެރިން ކުރަމުން ދަނީ ބުރަ މަސައްކަތެއް ކަމަށެވެ. އަދި ކެމްޕެއިން ދަތުރުތަކުގައި ވެސް މީޑިއާތައް ހަރަކާތްތެރިވާއިރު، ނޫސްވެރިންގެ މަސައްކަތް މިވީ ދޮޅު މަހެއްގެ ތެރޭގައި ވަރަށް ގާތުން ފެނިފައިވާކަން މުއިއްޒު ފާހަގަ ކުރެއްވި އެވެ.

ނޫސްވެރިން ނުވަތަ މީޑިއާއަކީ ޑިމޮކްރަސީއެއް ވަރުގަދަވުމުގައި އެންމެ މުހިންމު ރޯލު އަދާކުރާ ބާރުކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ ސަރުކާރެއް ޖަވާބުދާރީ ކުރުވައި އޭރަކު އޮންނަ އިދިކޮޅެއް ޒިންމާދާރު ކުރުވުމަށް ވެސް އެންމެ އިސް ދައުރެއް އަދާ ކުރަނީ މީޑިއާތައް ކަމަށެވެ.

ޑިމޮކްރަސީގެ ހަތަރުވަނަ ބާރުގެ ގޮތުގައި އޮތް މީޑިއާތައް، މިއަދު އޮތީ އަޅުވެތިވެފައިވާ ހާލަތެއްގައިކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން ސަރުކާރުގެ އެކިއެކި ކުންފުނިތަކުން ސްޕޮންސާރ ފައިސާތައް ދޭކަމަށް މުއިއްޒު ވިދާޅުވި އެވެ/

ސަރުކާރުގެ ކުންފުންޏަކުން.. ބައެއް ފަހަރު… މިހާރު ވެއްޖެއްޔާ ރައީސް އޮފީހުން ފައިސާތައް ދޭވާހަކަ މި އަޑުއިވެނީ.. އެގޮތަށް އެކަންވީމާ ސަރުކާރުގެ ބާރާއި ނުފޫޒު ނޫސްވެރިންނާއި ނޫސްވެރިކަމަށް އެބަފޯރާ

މުއިއްޒު ވިދާޅުވީ ނޫސްވެރިންނަށް އެ ދާއިރާގެ ފުރިހަމަ ތައުލީމު ހޯދައި، ރަނގަޅު ތަޖުރިބާއެއް ހޯދޭނެ ގޮތް ބޭނުންވާކަމަށެވެ. އެހެންވެ ޒަމާނީ ތަރައްގީ އާއި ޒަމާނީ ޑިމޮކްރަސީއެއް ހާސިލު ކުރުމަށް ބޭނުންވާނަމަ ދައުލަތުގެ ހާއްސަ ނިޒާމެއްގެ ތެރެއިން މީޑިއާތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް އޮތުން މުހިންމުކަމަށް މުއިއްޒު ވިދާޅުވި އެވެ.

މި މައްސަލަތަކުގެ ހައްލެއްކަމަށް މުއިއްޒު ވިދާޅުވީ ދައުލަތުގެ ބަޖެޓުން ހުރިހާ ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުސޫލުން ގާނޫނަށް ބަދަލު ގެނެސްގެން ދައުލަތުގެ ބަޖެޓުގެ ވަކި އިންސައްތައެއްގެ އެހީ މީޑިއާތަކަށް ފައިދާވާ ގޮތަށް ދޭން ހުށަހެޅުމެވެ.

މުއިއްޒު ވިދާޅުވީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ، ނޫސްވެރިންނަށް މިނިވަންކަމާއި އެކު މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: