ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ކެންޑިޑޭޓް ފިޔަވާ ހުރިހާ ކެންޑިޑޭޓުންގެ ކަންބޮޑުވުމަކީ ދިވެހިރާއްޖޭގެ މިނިވަންކަން: ޝިޔާމް

ފޮޓޯ: ޕީީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސި ކެންޑިޑޭޓް އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ފިޔަވާ އިންތިހާބުގެ ހުރިހާ ކެންޑިޑޭޓުންގެ ކަންބޮޑުވުމަކީ ދިވެހިރާއްޖޭގެ މިނިވަންކަން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރިޔާސި އިންތިހާބުގެ ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިންގައި އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވީ ހުރިހާ ކެންޑިޑޭޓުންގެވެސް އޮންނެވި އެންމެ ބޮޑު ކަންބޮޑުވުމަކީ މިނިވަން ކަމަށް އޮތް ގޮންޖެހުންކަމަށެވެ. ޝިޔާމް ވިދާޅުވީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ވާހަކައަކީ އެބޭފުޅުން ހަރުއަޑުން ވިދާޅުވާކަމަށެވެ. އަދި އެ ހުރިހާ ކެންޑިޑޭޓުންގެ ވެރިކަމުގައިވެސް ރާއްޖޭގައި ބޭރުގެ ސިފައިން ތިބިތިބުން ނިމުމަކަށް ގެންނަވާނެ ކަމަށް ވިދާޅުވިކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައްޔިތުން ތަހުޒީބު ދިރިއުޅުމެއް ހޯދާދޭނެ ކަމަށް ވޯޓު ދިނުމުން 5 އަހަރުގެ ވެރިކަމެއް ކޮށް ނިމުން އިރުވެސް އެކަން ކޮށް ނުދެއްވާކަމަށް ޝިޔާމް ވިދާޅުވިއެވެ. ސިޔާމު ވިދާޅުވީ 38 އިންސައްތަ ވޯޓުދެއްވާ ރައްޔިތުން އެބުނަނީ ވަރަށް ގިނަ ވާހަކަ ކަމަށެވެ. ޝިޔާމް ވިދާޅުވީ ރަނގަޅަށް ކިރުތައްޓާ ދޮންކެޔޮވައް ވެސް ނުދެވުންއިރު ބޮޑެތި މަޝްރޫއުތަކުގެ ވާހަކަ ނުދެއްކޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ކުރެއްވެވީ ވައްކަން ކަމަށެވެ. ދިވެހި ދައުލަތުގެ މާލިޔަތް އަދި ރައްޔިތުންގެ ފައިސާއިން ބޮޑެތި ޕްރޮޖެޗްޓުތަށް ނިންމައިފައިވާ ކަމުގައި ވިދާޅުވިނަމަވެސް އެކަންކަން ނުނިމި ހުރިކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކުދިކުދި ރަށް ރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫއު ފައްޓަވާފައި 11 މިލިއަން ރުފިޔާއަށް އެޕްރޮޖެކްޓު ރައްޓެހިންނަށް އެޑްވާންސްއާއި އެކު ހަވާލުކޮށް، އެކަން ނުނިންމުމުން ދެން ހުންނަވާ ރައްޓެއްސަކަށް ހަމައެ މަޝްރޫއު ދެއްވަވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެގޮތަށް ކަންކަން ކުރައްވާ އެންމެ ޕްރޮޖެކްޓަކަށް 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ވާކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ ދިވެހި ދައުލަތަށް އަދި ދިވެހި ރައްޔިތުންނަށް ނިކަމެތިކަން އިހުސާސް ކުރަން ޖެހުނީ އެ ސަބަބާއި ހުރެ ކަމަށެވެ. ކުރީގެ ރައީސް ޔާމިންގެ ޒާމަތުގައި ދައުލަތުގައި އެތައް މިލިއަނެއްހާ ރުފިޔާ ހުރި ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ރިޒާވްގައި ބިލިއަނެއްހާ ޑޮލަރު ހުރިކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް މިހާރު އެއްވެސް އެއްޗެއް ނެތް ކަމަށް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގައި 38 އިންސައްތަ ލިބިވަޑައިގެންނެވެމުން ރައީސް ސާލިހް ކުއްވެރި ކުރެއްވީ ރައްޔިތުން ކަމަށެވެ.

މީގެއިތުރުން ޝިޔާމް ވިދާޅުވީ މިއަދު ރާއްޖޭގެ ވެރިކަން ކުރައްވަނީ ކެމްޕެއިން ކުރައްވާނެ ގޮތްވެސް ކިޔާދެއްވަން އެނގެވަޑައިނުގަންނަވާ ބޭފުޅެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: