ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިސާބު ޖެހި ޕްލޭނެއް އެބައޮތް، މިއީ ހުސް ވައުދުތަކެއް ނޫން: މުއިއްޒު

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ތަރައްގީގެ ވާހަކަ ދައްކައި، ރައްޔިތުންނަށް ވައުދުތައް ވަނީ އެކަމުގެ ޕްލޭން އެނގި އެ ހައްލާއި އެކުކަމަށާއި އެއީ ހުސް ވާހަކަތަކެއްގެ ގޮތުގައި ނުދެކުމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ހޯއްދެވި އެއްލަކައަށް ވުރެ ގިނަ ވޯޓާއި އެކު އިދިކޮޅު މިވަގުތު އޮތީ ބޮޑު އުންމީދަކާއި އެކު އެވެ. 47 އިންސައްތަ ވޯޓު ހޯއްދަވައި މުއިއްޒުގެ ކެމްޕެއިން ހަރަކާތްތައް ފަށާފައިވާއިރު، މިވަގުތު މުއިއްޒު ހުންނެވީ ހއ. އަތޮޅުގަ އެވެ. އެގޮތުން ފުރަތަމަ ބުރުގެ ކެމްޕެއިނުގައި ކުރިން ވަޑައިނުގެންނެވި ހުރި ރަށްތަކަށް މުއިއްޒު ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ތިން ދުވަހުގެ މި ދަތުރުގައި މުއިއްޒު ކޮންމެ ދުވަހަކު ވެސް 10 ރަށަކަށް ވަޑައިގަންނަވާނެ އެވެ.

ވިއްސާރަ ދުވަހެއްގައި ފިއްލަދޫގެ ރައްޔިތުން ނިކުމެ ކީ މަރުހަބާއަށް ޝުކުރުއަދާކޮށް މުއިއްޒު މިއަދުވެސް ދެއްވީ އެ އުންމީދުތައް މާޔޫސްވިޔަ ނުދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަމެވެ.

މުއިއްޒު ވިދާޅުވީ އޭނާ ރައްޔިތުންނާއި ހަމައަށް ދަނީ ސިޔާސަތުތަކާއި، މެނިފެސްޓޯއެއް އޮވެ އެ ތަންފީޒު ކުރާނެ ގޮތުގެ ހިސާބު ޖަހައިގެން ކަމަށެވެ. ކޮންމެ ރަށެއްގެ ރައްޔިތުންގެ ވެސް ކަންބޮޑުވުންތަކާއި ޝަކުވާތައް ހުރިއިރު މުއިއްޒު ވިދާޅުވި ގޮތުގައި އެ ހައްލު ގެނެވޭނީ އިހުލާސްތެރި ނިޔަތެއް ވެސް އޮވެގެންނެވެ.

މިވީ ދޮޅު މަހެއްގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންގެ ގާތަށް ގޮސް، ގާތުން ކުރެވުނު މަސައްކަތުގައި ކޮންމެ ރަށެއްގައި ވެސް ސަރުކާރުން މި ފަސް އަހަރުގެ ތެރޭގައިވެފައިވާ އިހުމާލު ފެނުނުކަމަށް މުއިއްޒު ވިދާޅުވި އެވެ. ރާއްޖޭގެ 130 ރަށަށް ގޮސް ރައްޔިތުންގެ ޝަކުވާތައް އަޑުއެހީ އެ ހައްލު ކުރައްވާނެކަމުގެ ފުރިހަމަ އުންމީދާއި އެ ޔަގީންކަން ދޭ ހާލުގައިކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އުންމީދަކީ މި މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައްޔިތުންގެ ބޮޑު ތާއީދަކާއި އެކު ތަރައްގީ ގެނައުމުގެ ފުރުސަތު ލިބިގެން ދިއުންކަމަށް މުއިއްޒު ވިދަޅުވި އެވެ.

މަޝްރޫއުތައް ކުރިޔަށް ދާނީ ތަރުތީބު ކުރެވިގެން.. މިހެން އައިސް ހަމައެކަނި ދައްކާލާ ވާހަކައަކަށް ވުރެ ބޮޑަށް އެ ޕްލޭން ކުރެވިފައި އޮތީ.. އިހުލާސްތެރި މަސައްކަތަކާއި އެކު… އެހެންވީމަ އަޅުގަނޑު އެދެން ދެވަނަ ބުރުގައި ކުރިޔަށް ވުރެ ބޮޑު ތަރުހީބެއް ދެއްވުމަށް

މުއިއްޒު ވިދާޅުވީ ތަރައްގީގެ ވާހަކަ ދައްކައި، ރައްޔިތުންނަށް ވައުދުތައް ވަނީ އެކަމުގެ ޕްލޭން އެނގި އެ ހައްލާއި އެކު ކަމަށެވެ. މިއީ އެއްގޮތަކަށް ވެސް ރަށަކަށް ގޮސް ދައްކާ ހުސް ވާހަކައެއްގެ ގޮތުގައި ނުދެކުމަށް އެދިވަޑައިގެން މުއިއްޒު ވިދާޅުވީ ރައްޔިތުން ގަބޫލުކޮށް ބޭނުންވާ ބަަދަލު ގެނެސްދެއްވާނެ ކަމަށެވެ.

ރާއްޖޭގެ މިނިވަންކަމާއި މެދު ވިސްނުމަށް ގޮވާލައި މުއިއްޒު ވިދާޅުވީ މިއަދު އައު ކުރަންވީ އަޒުމަކީ 30 ގައި އޮންނަ ވޯޓާކީ ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކުމެވެ. އަދި ކުރިޔަށް ދާންވީ ދިވެހި ގައުމުގެ ފާގަތިކަމާއި، ކުރިއެރުމަށް ބަލައިކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: