ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ ދުވަސް ފާހަގަކުރާއިރު، މިނިވަންކަމާއި އިގްތިސާދު އޮތީ އެހެން ބައެއްގެ އަތްމަތީ: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިން މިއަދު ގައުމީ ދުވަސް ފާހަގަކުރާއިރު، ގައުމުގެ މިނިވަންކަމާއި އިގްތިސާދު އޮތީ އެހް ބައެއްގެ އަތްމަތީގައިކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މީގެ އެއް ހަފްތާ ކުރިން ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކޮށް ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުނު ނަމަވެސް ނާޒިމް ނިންމެވީ ދެވަނަ ބުރަކަށް ދިޔަ އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރުމަށެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ނާޒިމް މާޒީ އެއްފަރާތްކޮށް ޕީޕީއެމާއި އެކު ދެވަނަ ފަހަރަށް މަސައްކަތް ކުރުމަށް ނިންމި ސަބަބެއްކަމަށް ވިދާޅުވީ ގައުމުގެ މުސްތަގުބަލު އެ ދުވަސްތަކަށް ވުރެ މުހިންމުވުމެވެ. އަދި މީގެ އަހަރުތަކެއް ކުރިން ހިނގި ކަމެއްގެ ވާހަކަ ދައްކައި، ބަހުގެ ހަމަލާތައް ރައްދު ކުރުމުގެ ބަދަލުގައި ގައުމުގެ މިނިވަންކަމާއި، އިސްތިގުލާލު އަލުން ދިވެހިންނަށް މާ މުހިންމުކަމަށް ނާޒިމް ވިދާޅުވި އެވެ.

ކެމްޕެއިނަށް މުއިއްޒު ކުރައްވާ ދަތުރުފުޅުގައި އެމްއެންޕީން ވެސް ބައިވެރިވެ އެވެ. އަދި މިއަދު އއ، އދ، އަދި ށ އަތޮޅުގެ ކުރިން ވަޑައިނުގެންނެވުނު ރައްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހއ. މާރަންދޫގެ ޖަލްސާގައި ނާޒިމް ވިދާޅުވީ މިއަދަކީ ދިވެހިންގެ ފަހުރުވެރި ގައުމީ ދުވަސް ކަމަށެވެ. ގައުމިއްޔަތުގެ ވިންދު ޖަހާ އެތައް ރައްޔިތެއްގެ ކަންބޮޑުވުންތައް ހުރީ ލޮޅުންތަކެއް ތަކުރާރުކޮށް އަންނަ ގައުމުގެ މިނިވަންކަމާއި އިގްތިސާދާއި މެދުކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ދިވެހި ރައްޔިތުން މިއަދު ހިތަށް ގެންނަން ވީ ދިވެހި ގައުމު ހެޔޮ ގޮތުގައި ކުރިޔަށް ގެންދިއުމުގެ ފުރުސަތު އެބައޮތް ތޯ އެވެ. ބައެއްގެ ނުފޫޒެއް ނެތި އުސޫލުތައް ތަންފީޒު ކުރުމުގެ ފުރުސަތު އެބައޮތޯ ރައްޔިތުން ވިސްނުމަށް ގޮވާލައި ނާޒިމް ވިދާޅުވީ ދިވެހި ރާއްޖޭގެ އިގްތިސާދާއި މިނިވަންކަން އޮތީ އެހެން ބައެއްގެ އަތްމަތީގައި ކަމަށެވެ.

އެހެންކަމުން އިންތިހާބާއި ދެމެދު ބާކީ މިއޮތް 14 ދުވަހުގެ ތެރޭގައު ގައުމުގެ އޮޑި ހަވާލު ކުރާނެ ގައުމިއްޔަތުގެ ރޫހު ހުރި ލީޑަރެއް ހޮވުމަށް ނާޒިމް ގޮވާލެއްވި އެވެ. އަދި ވިދާޅުވީ އެންމެން އެކުގައި ނިކުމެ ދިވެހިންގެ ކެންޑިޑޭޓަށް ވޯޓު ދިނުމަށް އެދޭ ކަމަށެވެ.

ނާޒިމް ވިދާޅުވީ ތަރައްގީގެ މަގަށް ވިސްނުމަށް އެދޭ ކަމަށެވެ. އޭގެ ސަބަބަކީ ތަރައްގީ ގެނެވޭނީ، އެ ވިސްނުން ހުރި ސިޔާސަތުތަކާއި ޕްލޭނެއް އޮތް ބަޔަކަށްކަމަށްވީތީ ކަމަށާއި ހާއްސަކޮށް އިހުލާސްތެރި މަސައްކަތެއް ކުރުމުގެ ނިޔަތް އޮތް ނަމަ ކާމިޔާބު ކުރެވޭނެކަމަށް ނާޒިމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: