ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީގެ ނަމުގައި އައިޑީކާޑު ގަތުމަށް ގުޅާ ކަމަށް ބުނެ ސަމާލުވުމަށް ޕީޕީއެމުން އެދިއްޖެ

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންެގެ ބައްދަލުވުމެއްގެ ތެރއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް ޕީއެންސީގެ ނަން ބޭނުންކޮށްގެން އައިޑީކާޑު ގަތުމަށް އެކި ބޭފުޅުންނަށް ގުޅުއްވާ ފައިސާ ހުށަހަޅަމުން ގެންދާތީ އެކަމަށް ސަމާލުވުމަށް އެ ޕާޓީއިން އިލްތިމާސްކޮށްފިއެވެ.

ޕީޕީއެމް ޕީއެންސީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ނަމުގައި އައިޑީކާޑު ގަތުމަށާއި މި ނޫންވެސް އެފަދަ ބައެއް ކަންކަމުގައި އަންނަމުންދާ ކޯލްތަކުގައި ނުވަތަ ބޭފުޅުންނާއި ބައްދަލުކޮށް އެއީ ޕީޕީއެމް ނުވަތަ ޕީއެންސީގެ ފަރާތުން ކަމުގައި ބުނަމުންދާކަމަށް ޚަބަރު ލިބޭތީ، އެފަދަ ކަމެއްގައި ޕީޕީއެމް ޕީއެންސީ ގެ ނަން ބޭނުންކުރިނަމަވެސް އެއްވެސް ފަރާތަކުން އެކަން ޤަބޫލުނުކުރެއްވުން އެދޭކަމަށެވެ.

މީގެއިތުރުން ރީ ރެޖިސްޓްރޭޝަންގެ މަސައްކަތްތަކުގައި އެމީހަކު ވޯޓު ލުމަށް ރަޖިސްޓްރީވެފައިވަނީ ރަނގަޅު ތަނަށްކަން ކަށަވަރުކުރުމާއި، އެމީހަކު ވޯޓުލާންޖެހޭ ވޯޓުފޮށި ހުރިތަން ދެނެގަތުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

ސެޕްޓެމްބަރު 30 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރީރަޖިސްޓްރީ ވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި މުއްދަތުގެ ތެރޭގައި އާދަޔާއި ޚިލާފަށް ގިނަ ޢަދަދެއްގެ ބޭފުޅުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާތީ، ހުށަހަޅާފައިވާ ފޯމު ތަކުގެ ތެރޭގައި ބައެއް ފަރާތްތަކަށް އެނގުމެއް ނެތި އެފަރާތްތަކުގެ ނަމުގައި ފޯމު ހުށަހަޅާ އެފަރާތްތައް ވޯޓުލާތަން ބަދަލު ކުރުމަށް ހުށަހަޅާފައިވާ ކަމުގެ މަޢުލޫމާތުވެސް ވަނީ ލިބިފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން، ހުށަހެޅޭ ފޯމުތަކުގެ ޞައްޙަކަން ކަށަވަރުކުރުމުގެ ހަރުދަނާ ނިޒާމެއްގެ ތެރެއިން އެކަން ކަށަވަރުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީއިން ވަނީ ގޮވާލާފައެވެ.

އެހެންކަމުން ހުރިހާ ރައްޔިތުން ވެސް އެބޭފުޅަކު ރަޖިސްޓްރީވެފައިވާ ފޮށިތައް އިޢުލާނުކޮށް ޝަކުވާއަށް ހުޅުވާލެވޭ މުއްދަތުގައި، ކޮންމެ ބޭފުޅަކުވެސް، އެބޭފުޅަކު ރަޖިސްޓްރީވެފައިވަނީ ރަނގަޅު ފޮށީގައިކަން ޔަގީން ކުރުމުގެ ގޮތުން އެކަން ބަލާ ޗެކުކުރެއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ނަސޭހަތްތެރިވާކަމަށް ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ. މީގެ އިތުރުން ބައެއް ބޭފުޅުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ ފޮށި ހުރިތަން ބަދަލުވެފައިވާކަންވެސް ފާހަގަވާތީ، ކޮންމެ ބޭފުޅަކުވެސް އެބޭފުޅަކު ވޯޓު ލައްވާ ފޮށި ހުރި ތަން ޗެކުކުރެއްވުމަށް އެދިފައިވެއެވެ.

ދެ ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ ރީ ރެޖިސްޓްރޭޝަން ފޯމު ހުށަހަޅައި ސަރުކާރުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ނަތީޖާ އޮޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: