ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރަހެއް ނާާޅާނަން، ހުރިހާ މަޝްރޫއެއް ވެސް ފުރިހަމަ ވާނެ: މުއިއްޒު

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ލިބިވަޑައިގެންފި ނަމަ ސަރުކާރުގެ ޕްރޮޖެކްޓުތައް ހުއްޓާލައި، ފެށިފައި ހުރި މަސައްކަތްތައް ވެސް ދަތި ކުރާނެކަމަށް ބުނެ ސަރުކާރުގެ މެމްބަރުން ދައްކަމުން ގެންދަވާ ވާހަކަތަކަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިނަށް ށ. ގޮއިދޫއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް އޭނާ ދޭން އޮތް ޔަގީންކަމަކީ ތަރައްގީގެ ކުރިއެރުން ކަމަށެވެ. އަދި މަސައްކަތައް ހުއްޓުވައި އިދިކޮޅުން މަޝްރޫއުތަކަށް ދަތި ކުރާނެކަމަށް ބުނާ ވާހަކަތަކުގައި ހަގީގަތެއް ނެތްކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭނާ ރާއްޖޭގެ ރަށްތައް ތަރައްގީ ގެންނާނީ ރައްޔިތުންގެ މަޝްވަރާތަކާއި އެކު ކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއަހައި، ބޭނުންވާ ގޮތަކަށް މަޝްރޫއު ކުރިޔަށް ގެންގޮސްދެއްވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ ކެމެޕެއިންގެ ޖަލްސާގައި މުއިއްޒު ވަނީ ރާއްޖޭގެ ރަށްތަކަށް ސަރުކާރުންވެފައިވާ އިހުމާލުތައް ފާހަގަކުރައްވައި، އެކަމަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ވައުދުތައް ވެފައި ވަނީ، އެ ތަންފީޒު ކުރާނެ ގޮތެއް ނޭނގި ތިބެކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން ރަށްތަކަށް ތަރައްގީ ގެނައުމުގައި، ބައެއް ރަށްތައް ބާކިކޮށް އެ އަތޮޅުގެ އެހެން ރަށްތަކަށް ސަމާލުކަން ދޭތީ އެއީ ގޯހެއްކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވެފައި ވަނީ އެއީ ތަރައްގީ ގެނައުމުގައި، ތަރުތީބު އޮޅުވާލުންކަމަށް ވާތީ އެވެ. ހުރިހާ ރަށްތަކަށް ވެސް ހަމަހަމަ އުސޫލުން ޕްރޮޖެކްޓުތައް ގެންނައިރު، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އެކަމުގައި ހޯދައި އެއާއި އެއްގޮތަށް އަމަލު ކުރަން ޖެހޭނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ ގިނަ ޝަކުވާތައް ލިބިފައިވާއިރު މުއިއްޒު ވިދާޅުވީ އެ ހުރިހާކަމެއްގެ ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ. އެއީ ރެއާއި ދުވާލު ކުރާ މަސައްކަތުން ނެރޭނެ ނަތީޖާކަމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ތަރައްގީ ގެންނާނެ ގޮތަކީ އެއީކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ރަށްތަކުގެ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭން، މަގާމުތަކުގައި ތިބޭނީ ކަމަށް ގާބިލު، މައްސަލައެއް ދިމާވުމާއި އެކު އެއީ ކޮންމެ ވަގުތަކަށް ވިޔަސް އެކަން ހައްލު ކުރާނެ ބައެއްކަމަށް މުއިއްޒު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: