ށ. އަތޮޅު ކައުންސިލް ރައިސް މުހައްމަދު ޝިޔާން ރޭ ޕޕީއެމް/ ޕިއެންސީ ކޯލިޝަނާއި ގުޅިވަޑައިގެންފިއެވެ.
ޝިޔާން އަކީ ކުރިން އެމްޑީޕީ ކައުންސިލަރެކެވެ.
ޕީޕީއެމް/ ޕިއެންސީ ކޯލިޝަނުން ށ. ފުނަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިޔާން ވިދާޅުވީ އެމްޑިޕީ ރޫޅާލެވިއްޖެ ކަމަށާއި، ދެން ބޭނުންވަނީ އެމްޑީޕީ އިރާލަން ކަމަށެވެ.
”ރޫޅާލަން ބޭނުންވާ އެއްޗެހި ރޫޅާ ނިމިއްޖެ ދެން ބޭނުން ވަނީ އިރަން އިރާލަން.“ ޝިޔާން
ޝިޔާން އެމްޑީޕީއަށް ފާޑުވިދާޅުވެ ވާހަކަ ފުޅުދައްކަވަމުން ވިދާޅުވީ 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ދެއްވި ކަމަށާއި، އަދި މަޖުލިސް ވެސް ދެއްވި ކަމަށެވެ. ނަމަވެސް އޭނާ އަށް އޭރު ދެއްވި ވެރިކަމަކީ އެއީ ހަމަ ސީދާ ގަމާރަކަށް ދެވުނު ވެރިކަމެއް ކަމަށް މިއަދު ގަބޫލު ކުރެވޭ ކަމަށެވެ.
ވެރިކަން ނިމެން ކުޑަތަންވުމުން ކައުންސިލްތަކަށް ބާރު ދޭނަމޭ ވިދާޅުވިޔަސް އެކަން ގަބޫލު ނުކުރެވޭ ކަމަށް ވިދާޅުވިއެވެ. ކައުންސިލަތަކަށް ބާރުވެރިކަން ދޭނަމޭ ބުނެ އައި ސަރުކާރުން އެކަންވެސް އެގޮތަށް ކޮށްފައި ނުވާ ކަމަށް ޝިޔާން ވިދާޅުވިއެވެ. އެގޮތުން ގޯތި ރަޖިސްޓްރީ ކުރުންވެސް ކައުންސިލް އަތުން ދަމައިގަތް ކަމަށް ޝިޔާން ވިދާޅުވިއެވެ.
ޝިޔާން ވިދާޅުވީ މުޅި ރާއްޖޭގެ ޗާޓުންވެސް އެމްޑިޕީ ފޮހެލާނެ ކަމަށާއި، އެކުލަ ދެން ނުފެންނާނެ ކަމަށެވެ. އެގޮތުން ށ. އަތޮޅުން ދައްކާނީ އިއްޔެ ފެނުނު މަންޒަރު ނޫންކަމަށާއި، މަންޒަރު ތަފާތުވާނެ ކަމަށެވެ. ކުރިއަށް ދެވޭނީ ބޭނުން ހިފޭ ވެރިޔަކާއި އެކުގައި ކަމަށްވެސް ޝިޔާން ވިދާޅުވިއެވެ.
މީގެއިތުރުން ށ. އަތޮޅުގައި ގާއިމް ކޮށްފައިވާ އެއާޕޯޓް އާއި ގުޅޭގޮތުންވެސް ޝިޔާން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވިދާޅުވި އެއީ އެމްޑިޕީން އެޅި އެއާޕޯޓެއް ކަމަށްވެސް އެބޭފުޅުން ވިދާޅުވި ނަމަވެސް އެއީ ރައިސް ޔާމީންގެ ވެރިކަމުގައި އަޅުއްވައިދެއްވި އެއާޕޯޓެއް ކަމަށެވެ.
”މިއީ ހަގީގަތް. އެ އާޕޯޓްއަކީ ރައީސް ޔާމީން އަޅުއްވައިދެއްވި އެއާޕޯޓެއް. ވަކި މީހަކު މީހަކު ކުރީތީ ހަނދާން ނައްތާ ނުލެވޭނެ. ޝިޔާން.“
ށ ފުނަދޫ އެއާޕޯޓް ހުޅުވާފައިވަނީ 2020 ވަނަ އަހަރުއެވެ. އެއާޕޯޓަކީ ރައިސް ޔާމީންގެ ދައުރުގައި ތަރައްގީ ކުރި އެއާޕޯޓެއް ކަމަށް ވިދާޅުވިއެވެ.

